ޖެނުއަރީ 1 އަކީ މީލާދީ ކަލަންޑަރުގެ ފުރަތަމަ ދުވަހެވެ.

ޙާދިސާތައް އުނިއިތުރު ގެންނަވާ

  • 1883 - ދިވެހިރާއްޖެ:- އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ރަސްކަމަށ އިސްވެ ވަޑައިގަތުން
  • 1953 - ދިވެހިރާއްޖެ:- ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ އިޢުލާންކުރުން
  • 1953 - ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ތިންވަނަ ގާނޫނު އަސާސީ އަށް ތަޞްދީގު ކުރެއްވުން! އެގާނޫނު އަސާސީ ތަޞްދީގު ކުރެއްވީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ.
  • 1956 - ސޫދާން:- ސޫދާންގެ މިނިވަންކަން އިއުލާންކުރުން
  • 1958 - ދިވެހިރާއްޖެ:- ސަރުކާރުން ކުރާ ކަންތައްތަކުގެ ތާރީޚް ޖަހާއިރު މީލާދީ ތާރީޚް ޖަހަންފެށިއެވެ. އޭގެ ކުރިން ޖަހަމުން ގެންގޮސްފައިވަނީ ހިޖުރީ ތާރީޚެވެ.
  • 1959 - ކިއުބާ:- ބެޓިސްޓާގެ ސަރުކާރު ފިޑެލް ކާސްޓްރޯ ބެއްލެވުމުގެ ދަށުން ގެނައި އިންގިލާބުގައި ވައްޓާލުން
  • 1978 - ދިވެހިރާއްޖެ:- އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢަށް ބިން ބޭނުންވާތީ ހުޅުލޭގައި އުޅޭ އެންމެން މާލެއަށް ބަދަލުކޮށް ނިމުން
  • 1980 - ދިވެހިރާއްޖެ:- އަސާސީ ތަޢުލީމުގެ މަޝްރޫޢު ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް އިޢުލާންކުރެއްވުން
  • 1997 - ރިޕަބްލިކް އޮފް ޒަޔަރ ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ ގައި ޒަޔަރ ގެ ނަމުގައި ބައިވެރިވުން
  • 1997 - އދ. ގެ ސެކެޓްރީ ޖެނެރަލް އަކަށް ކޯފީ އަނާން ހަމަޖެއްސުން
  • 1998 - ޔޫރަޕްގެ ސެންޓްރަލް ބޭންކް އުފެއްދުން
  • 1999 - ޔޫރޯ ފައިސާގެ ގޮތުގައި ތަޢާރަފްކޮށް ބޭނުންކުރަން ފެށުން
  • 1999 - ޕޮލެންޑް ގައި ކުރިން އޮތް 49 ސަރަހައްދުގެ ބަދަލުގައި 16 ސަރަހައްދަކަށް ބަހާލުން
  • 2001 - ދިވެހިރާއްޖެ:- ނިލަންދޫ (ފ.އަތޮޅު)ގައި ރައްޔިތުންގެ ތެޔޮ ފިހާރައެއް ހުޅުވުން
  • 2002 - ޔޫރަޕްގެ އިއްތިހާދުގެ 12 ގައުމަކުން ޔޫރޯ ރަސްމީ ފައިސާގެ ގޮތުގައި ބޭނުންކުރަން ކަނޑައެޅުން
  • 2002 - ޓައިވާން އިން ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ ގައި ޗައިނީޒް ޓައިޕޭގެ ނަމުގައި ބައިވެރިވުން
  • 2002 - ޕުލޫޓޯ އަކީ ރަސްމީގޮތުން ޕްލެނެޓެއް ނޫން ކަމުގައި ކަނޑައެޅުން
  • 2007 - ރުމޭނިއާ: އަދި ބަލްގޭރިއާ: އިން ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވުން
  • 2007 - ސްލޮވޭނިއާ: އިން ރަސްމީގޮތުން ޔޫރޯ އެމީހުންގެ ރަސްމީ ފައިސާގެ ގޮތުގައި ކަނޑައަޅައި ބޭނުންކުރަން ފެށުން
  • 2007 - ދެކުނު ކޮރެއާ: ބަންކީ މޫން އދ. ސެކެޓްރީ ޖެނެރަލްގެ މަގާމަށް އިސްވެވަޑައިގަތުން.
  • 2007 - ހޮންކޮންގ : އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން
  • 2007 - އިންޑޮނޭޝިޔާ މަތިން ދަތުރުކުރި އެޑަމް އެއަރ ފްލައިޓް ނަންބަރ 547 ، 102 މީހުންނާއެކު ގެއްލުން
  • 2007 - މޯލްޓާ އަދި ސައިޕްރަސް ގައި ރަސްމީ ފައިސާއަކަށް ޔޫރޯ ބޭނުންކުރަން ފެށުން

އުފަންވި މީހުން އުނިއިތުރު ގެންނަވާ

  1. 1982 - މުޙައްމަދު ޝަމްޢޫން - ދިވެހި ޓީވީގެ ޕްރެސެންޓަރ އަދި ޕްރޮގްރާމް ޕްރޮޑިއުސަރ

މަރުވި މީހުން އުނިއިތުރު ގެންނަވާ

ބަންދު ދުވަސްތަކާއި ފާހަގަ ކުރެވޭ ދުވަހެއްގެ ގޮތުގައި އުނިއިތުރު ގެންނަވާ

  • ސޫދާން ގެ މިނިވަން ދުވަސް
  • ހެއިޓީ ގެ މިނިވަން ދުވަސް
  • ޗެކް ރިޕަބްލިކް އުފެދުނު ދުވަސް
  • ސްލޮވޭކިޔާ އުފެދުނު ދުވަސް

އަހަރުގެ މަސްތަކާއި ދުވަސްތައް
ޖެނުއަރީ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ފެބްރުއަރީ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
މާރޗް 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
އެޕްރީލް 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
މެއި 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ޖޫން 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ޖުލައި 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
އޮގަސްޓު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ސެޕްޓެމްބަރު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
އޮކްޓޫބަރު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ނޮވެމްބަރު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ޑިސެމްބަރު     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
 
Wikimedia Commons has media related to: