ފުރަމޭގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް
ފުރަމޭގެ އެންޒައިމްތަކުގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް
އުނިއިތުރު ގެންނަވާ- ލޭގައި ޓްރާންސް އަމައިނޭސް ނުވަތަ (އިނގިރޭސި ބަހުން: Transaminase) ތަކުގެ މިންވަރު ހުރިނެތްގޮތް ބެލުން: އަސްޕަރްޓޭޓް ޓްރާންސްއަމައިނޭސް ނުވަތަ (އިނގިރޭސި ބަހުން: Aspartate transaminase) ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 40-8 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ. އަލަނީން ޓްރާންސްއަމައިނޭސްނުވަތަ (އިނގިރޭސި ބަހުން: Alanine transaminase) ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 30-5 ޔުނިޓާއި ދެމެދުގެ މިންވަރެކެވެ.
ބަޔާން ކުރެވުނު ދެވައްތަރުގެ އެންޒައިމް ފުރަމޭ، ހިތް ، އަދި ކަށި މަސް ގައި ހުރެއެވެ. އެހެން ކަމުން މިބުނި ޓިޝޫތަކަށް ގެއްލުން ލިބުމުން ނުވަތަ އެޓިޝޫތަކުގެ ބަލިތަކުގެ ސަބަބުން މިއެންޒައިމްތަކުގެ މިންވަރު ލޭގައި އިތުރުވެގެން ދެއެވެ. މިސާލަކަށް މަޔޯކާޑިއަލް އިންފާރކްޝަން އަދި ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި ލޭގައި މިއެންޒައިމްތަކުގެ މިންވަރު އިތުރުވެގެން ދެއެވެ.
- ލޭގައި އަލްކަލައިން ފޮސްފަޓޭސް ނުވަތަ (އިނގިރޭސި ބަހުން: Alkaline phosphatse) ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްކަލައިން ފޮސްފަޓޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 39-13 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ.
ބަޔާން ކުރެވުނު އެންޒައިމް ފުރަމޭ، ކަށި، ކުޑަ ގޮހޮރު، އަދި މާބަނޑުން ފައިބާ މަސް ގައި ހުރެއެވެ. ފުރަމޭގެ ބަލިތަކާއި ގުޅިގެން ލޭގައި އަލްކަލައިން ފޮސްފަޓޭސް ގެ މިންވަރު އިތުރުވެގެން ދެއެވެ.
- ލޭގައި ގާމާ ގުލޫޓަމައިލް ޓްރާންސްޕެޕްޓައިޑޭސްނުވަތަ (އިނގިރޭސި ބަހުން: Gamma glutamyl transpeptidase) ގެ މިންވަރު ހުރިނެތްގޮތް ބެލުން: ގާމާ ގުލޫޓަމައިލް ޓްރާންސްޕެޕްޓައިޑޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 50-10 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ.
މިއެންޒައިމްގެ މިންވަރު ލޭގައި ފުރަމޭގެ ބައެއް ބަލިތަކާއި ގުޅިގެން އިތުރުވެގެން ދެއެވެ. ޚާއްޞަކޮށް ބަނގުރާ ބުއިމުން ކުރިމަތިވާ ފުރަމޭގެ ބަލިތަކުގައި މިއެންޒައިމްގެ މިންވަރު ލޭގައި އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ.
ޕްލާޒްމާ ޕްރޮޓީންގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް
އުނިއިތުރު ގެންނަވާ- ލޭގައި އަލްބިޔޫމިން ނުވަތަ (އިނގިރޭސި ބަހުން: Albumin) ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްބިޔޫމިން އުފައްދަނީ ހަމައެކަނި ފުރަމޭ އިންނެވެ. ލޭގައި ކޮންމެ ޑެސިލިޓަރެއްގައި 5-3.5 ގްރާމްގެ އަލްބިޔޫމިން ހުރެއެވެ. އެވްރެޖް ގޮތެއްގައި މިއަދަދު އުޅެނީ 4.2 ގްރާމްގައެވެ.
- އަލްބިޔޫމިން / ގްލޯބިޔުލިން ގެ ނިސްބަތް ބެލުން: މިނިސްބަތް އާންމުކޮށް ހުންނަނީ 2:1 ގައެވެ.
- ލޭގައި ޕްރޯތްރޮމްބިން ނުވަތަ (އިނގިރޭސި ބަހުން: Prothrombin) ހުރި މިންވަރު ބެލުމާއި، ޕްރޯތްރޮމްބިން ވަގުތު ނުވަތަ (އިނގިރޭސި ބަހުން: Prothrombin time) ބެލުން: ލޭގައި ޕްރޯތްރޮމްބިން ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 15-10 މިލިގްރާމާއި ދެމެދުގެ މިންވަރަކަށެވެ. ޕްރޯތްރޮމްބިން ވަގުތު އާންމު ގޮތެއްގައި ހުންނަނީ 14-12 ސިކުންތާއި ދެމެދުގައެވެ. ޕްރޯތްރޮމްބިން ވަގުތު ފުރަމޭގެ ބަލިތަކުގައި ދިގުވެގެން ދެއެވެ. އަދި ލޭގައި ޕްރޯތްރޮމްބިން ހުންނަ މިންވަރު ފުރަމޭގެ ބަލިތަކުގައި ދަށްވެގެން ދެއެވެ.
- ޕްލާޒްމާ ޕްރޮޓީންގެ އާންމު ގޮތެއްގައި ހުންނަ މިންވަރުތައް
- ޖުމްލަ ޕްލާޒްމާ ޕްރޮޓީން: ކޮންމެ ޑެސިލިޓަރެއްގައި 8.5-6.5 ގްރާމް
- އަލްބިޔޫމިން: ކޮންމެ ޑެސިލިޓަރެއްގައި 5-3.5 ގްރާމް
- ގްލޯބިޔުލިން: ކޮންމެ ޑެސިލިޓަރެއްގައި 3-2 ގްރާމް
- އަލްބިޔޫމިން / ގްލޯބިޔުލިން ގެ ނިސްބަތް: 2:1
- ފުރަމޭގެ ދާއިމީ ނުވަތަ ކްރޯނިކް ބަލިތަކުގައި މިސާލަކަށް ފުރަމޭ ހަލާކުވުން ފަދަ ބަލިތަކުގައި އަލްބިޔޫމިން ގެ މިންވަރު ދަށްވެއެވެ. ގްލޯބިޔުލިން ތަކުގެ މިންވަރު މަތިވެއެވެ. އަދި ޖުމްލަ ޕްލާޒްމާ ޕްރޮޓީންގެ މިންވަރަށް ބަދަލެއް ނާދެއެވެ. އަލްބިޔޫމިން / ގްލޯބިޔުލިން ނިސްބަތް ބައެއް ފަހަރު ދަށްވެ، ބައެއް ފަހަރު މަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ.
- ފުރަމޭގެ ވަގުތީ ނުވަތަ އެކިއުޓް ބަލިތަކުގައި މިސާލަކަށް ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި ގްލޯބިޔުލިން ތަކުގެ މިންވަރު އިތުރުވެގެން ދެއެވެ. އަދި އަލްބިޔޫމިންގެ މިންވަރަށް ބަދަލެއް ނާދެއެވެ.
- ލޭގައި އެމޯނިޔާ ހުރި މިންވަރު ބެލުން: ފުރަމޭ ފޭލްވުން ފަދަ ބަލިތަކުގައި އެމޯނިޔާގެ މިންވަރު ލޭގައި އިތުރުވެ މަތިވެގެންދެއެވެ.
ފުރަމޭއިން އުފައްދާ ބައިލް ޕިގްމެންޓް ތަކަށް ބަރޯސާވާ ޓެސްޓްތައް
އުނިއިތުރު ގެންނަވާ- ލޭގެ ބިލިރޫބިން
އާންމު ގޮތެއްގައި ލޭގައި ބިލިރޫބިންނުވަތަ (އިނގިރޭސި ބަހުން: Bilirubin) ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 1-05 މިލިގްރާމާއި ދެމެދުގެ މިންވަރެއްގައެވެ. ލޭގައި ބިލިރޫބިން މަތިވުން ކުރިމަތިވާ ހުރިހާ ބަލިތަކާއި ރީނދޫވުން ފަދަ ބަލިތަކުގައި މިމިންވަރު އިތުރުވެގެން ދެއެވެ.
- ކުޑަކަމުދާ ތަކެތީގެ ބިލިރޫބިން
އާންމު ގޮތެއްގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން އެއް ނުހުންނާނެއެވެ. ނަމަވެސް ރީނދޫވުމުގެ ބައެއް ވައްތަރުތަކުގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން ހުންނާނެއެވެ.
- ކުޑަކަމުދާ ތަކެތީގައި ޔޫރޯބިލިނޯޖަން
ދުވާލަކު 2.5-05 މިލިގްރާމްގެ ޔޫރޯބިލިނޯޖަންނުވަތަ (އިނގިރޭސި ބަހުން: Urobilinogen) ކުޑަކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ.
- ބޮޑުކަމުދާ ތަކެތީގައި ސްޓާކޯބިލިނޯޖަން
ދުވާލަކު 250-50 މިލިގްރާމްގެ ސްޓާކޯބިލިނޯޖަން ނުވަތަ (އިނގިރޭސި ބަހުން: stercobilinogen) ބޮޑުކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ.
ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް
އުނިއިތުރު ގެންނަވާފެޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް
އުނިއިތުރު ގެންނަވާ- ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 200-150 މިލިގްރާމްގެ ކޮލެސްޓިރޯލްނުވަތަ (އިނގިރޭސި ބަހުން: cholesterol) އެކުލެވިގެން ވެއެވެ. ރީނދޫވުމުގެ ބައެއް ވައްތަރުގައި ކޮލެސްޓިރޯލް ލޭގައި އިތުރުވެގެން ދެއެވެ. ފުރަމޭ ފޭލްވުން ފަދަ ބަލީގައި ކޮލެސްޓިރޯލްގެ މިންވަރު ހުންނަނީ އާދައިގެ މިންވަރަކަށެވެ.
ވިހަ ސާފުކުރުމުގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް
އުނިއިތުރު ގެންނަވާ- ބްރޯމްސަލްފަލީން ނުވަތަ (އިނގިރޭސި ބަހުން: Bromsulphalein) ޓެސްޓް: މިޓެސްޓް ހެދުމަށް ބްރޯމްސަލްފަލީން ޑައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 5 މިލިގްރާމްގެ ނިސްބަތުން އިންޖެކްޝަން ޖަހައިގެން ލޭގެ ތެރެއަށް ފޮނުވާނީއެވެ. އާންމު ގޮތެއްގައި މި މާއްދާގެ 90 އިންސައްތަ 45 މިނިޓްގެ ތެރޭގައި ލެއިން ސާފުކޮށްލާނެއެވެ. ނަމަވެސް ފުރަމޭގެ ބަލިތަކުގައި ލެއިން ސާފުވާ މިންވަރު މަދުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެޑައި ލޭގައި ޖަމާވާނެއެވެ.
- ހައިޕޯޔުރިކް އެސިޑް ނުވަތަ (އިނގިރޭސި ބަހުން: Hippouric acid) ބޭރުވާ މިންވަރު ބަލާ ޓެސްޓް: މިޓެސްޓް ހެދުމަށް ސޯޑިއަމް ބެންޒައޭޓް ނުވަތަ (އިނގިރޭސި ބަހުން: Na benzoate)ގެ ޓެސްޓް ޑޯޒެއް ދޭނީއެވެ. އެއަށްފަހު ކުޑަކަމުދާ ތަކެތީގައި ހައިޕޯޔުރިކް އެސިޑް ހުރި މިންވަރު އެއް ގަޑިއިރު ފަހުން ބަލާނީއެވެ. އާންމުގޮތެއްގައި ވަރަށް ބޮޑަށް މިމާއްދާގެ މިންވަރު ކުޑަކަމުދާ ތަކެތި ގެ ޒަރީޢާއިން ބޭރުވެއެވެ. ނަމަވެސް ފުރަމޭގެ ބަލިތަކުގައި މިމާއްދާ ބޭރުވަނީ ވަރަށް ކުޑަކޮށެވެ.
- އިންޑޯސިޔަނިން ގްރީން ޓެސްޓް:
- 14ސީ- އަމީނޯޕައިރިން ބްރޭތް ޓެސްޓް: