މެއި 12
މެއި 12 އަކީ މީލާދީ ކަލަންޑަރުގެ 132 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 133 ވަނަ ދުވަހެވެ.
ޙާދިސާތައް
އުނިއިތުރު ގެންނަވާ- 1942 - ދިވެހިރާއްޖެ:- އަންހެނުން އަޅަމުން އައި، ބޯވަޅު އެޅި ލިބާސް، ފޭލި އަދި ރުމާގެ ބަދަލުގައި އެހެން ހެދުމެއް އެޅުމުގެ ހުއްދަ ދައުލަތުން ދެއްވި. އޭގެ ނަތީޖާއެއްގެ ގޮތުން ނަންބަރު ހެދުން އުފެދިގެން ދިޔަ.
- 1981 - ދިވެހިރާއްޖެ:- ލިޔަން ކިޔަން ނުދަންނަ މިޙުންނަށް ސަރުކާރުގެ ވަޒީފާ ނުދޭގޮތަށް ހަމަޖެއްސުން
- 2011 - ދިވެހިރާއްޖެ:- ރާއްޖޭގެ މަޝްހޫރު ރޭޑިއޯ ޗެނަލެއް ކަމަށްވާ ކެޕިޓަލް ރޭޑިއޯ 95.6 އެފްއެމް ގެ ފްރީކުއެންސީއިން 93.6 އެފްއެމް ގެ ފްރީކުއެންސީއަށް ބަދަލުވެ، އާ މެނޭޖްމެންޓަކާއެކު އަލުން ފަށައި ގަތުން