ޖުލައި
ޖުލައި މަހަކީ މީލާދީ ކަލަންޑަރުގެ ހަތްވަނަ މަހެވެ.
ޙާދިސާތައްEdit
- ޖުލައި 1 - 1573 - ދިވެހިރާއްޖެ:- ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވުން.
- ޖުލައި 3 - 1979 - ދިވެހިރާއްޖެ:- ސައިންސް އެޑިއުކޭޝަން ސެންޓަރ މިހާރު ގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ހުޅުވުން
- ޖުލައި 4 - 1884 - ދިވެހިރާއްޖެ : އިބްރާހީމް ދޮށިމޭނާ ކިލެގެފާނުއާއި ބޮޑުބަނޑޭރިކަން ހަވާލުކުރެއްވުން
- ޖުލައި 5 - 1934 -ދިވެހިރާއްޖެ:- ފުރަތަމަ ގާނޫނު އަސާސީއަށް ގެނައި އިޞްލާހުތައް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ތަޞްދީގު ކުރެއްވުން
- ޖުލައި 6 - 1981 - ދިވެހިރާއްޖެ:- ކިޔަވާކުދިންގެ ފުރަތަމަ ސެމިނަރ އިފްތިތާހް ކުރުން
- ޖުލައި 7 - 1973 – ދިވެހިރާއްޖެ:- ގްރީކްގެ 26 ޔޮޓް ދިވެހި ދިދައިގެ ދަށުގައި ރެޖިސްޓްރީކޮށް އަދި 32 ޔޮޓް އެކަމަށް އެދިފައިވާ ކަމަށް ޝާއިޢުކުރުން
- ޖުލައި 8 - 1967 - ދިވެހިރާއްޖެ:- 84 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ހަތަރުވަނަ ގާނޫނު އަސާސީ ދެވަނަ ފަހަރަށް އިސްލާހު ގެނައުން
- ޖުލައި 10 - 2008 - ދިވެހިރާއްޖެ:- ފިނޭންސް މިނިސްޓަރ ގެ މަގާމް ހުންނެވި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމް އިސްތިއުފާދެއްވުން
- ޖުލައި 12 - 1945 - ދިވެހިރާއްޖެ:- ނާދީ ތަމައްދުން، އަދި ދައުލަތުގެ ލައިބްރަރީ ހުޅުވުން. މިއީ ރާއްޖޭގައި އުފެދުނު ފުރަތަމަ ކްލަބް އަދި ފުރަތަމަ ލައިބްރަރީ އެވެ.
- ޖުލައި 13 - 1955 - ދިވެހިރާއްޖެ:- ސަރުކާރާއި ރައްޔިތުން ޙިއްޞާވާގޮތަށް ދިވެހިންގެ މަސައްކަތްތެރި ވިޔަފާރީގެ ގުޅުން ނުވަތަ މޯލްޑިވިއަން އިންޑަސްޓްރިއަލް ޓްރޭޑް އެސްޓެބިލިޝްމަންޓް ގެ ނަމުގައި ޖަމްޢިއްޔާ އެއް އުފެއްދުން
- ޖުލައި 13 - 1980 - ދިވެހިރާއްޖެ:- މުލީއާގޭގައި ގުރުއާން ކިޔެވުމާއި ދީނީ މައުޟޫއަށް ވާހަކަދެއްކުމުގެ ޕްރޮގްރާމެއް ހިންގަން ފެށުން
- ޖުލައި 15 - 1946 - ދިވެހިރާއްޖެ:- އަމީނިއްޔާ ސުކޫލް، އަދި މަޖީދިއްޔާ ސްކޫލް ގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އުފެއްދުން
- ޖުލައި 15 - 1968 - ދިވެހިރާއްޖެ:- 84 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ހަތަރުވަނަ ގާނޫނު އަސާސީ އުވާލުން
- ޖުލައި 15 - 2009 - ދިވެހިރާއްޖެ:- އެމް ޑީ ޕީ އާއި ޑީ އާރު ޕީ ގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހައްލުނުކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓާލުން
- ޖުލައި 19 - 1890 - ދިވެހިރާއްޖެ:- ރާއްޖެއަށް ގެންނަ ތަކެތިން މައުމޫލް ނެގުމާއި، ރާއްޖެއަށް ބޭރަށްދާ ބައެއް ތަކެތީން ޑިއުޓީ ނަންގަވަން ފުރަތަމަ ފެއްޓެވުން
- ޖުލައި 20 - 1893 -ދިވެހިރާއްޖެ:- ހަނގު ބޭކަލުން ހުކުރުން ފައިބައިގެން އެއްވެލައްވައި އެދިލެއްވުމުގެ މަތީން ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ބަދަލުގައި ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ) ނުވަތަ ހާޖީ އިމާދުއްދީން ރަސްކަމަށް އިސްކުރެވުނެވެ. އަދި މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު ގެ ބަދަލުގައި ބޮޑުވަޒީރުކަން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަށް ދެއްވިއެވެ.
- ޖުލައި 20 - 1951 - ދިވެހިރާއްޖެ:- ރާއްޖޭގައި ފުރަތަމަ ނުކުންނަށް ފެށި ދީނީ މަޖައްލާ ދީނީ ރޫހް ނުކުންނަށް ފެށުން
- ޖުލައި 23 - 1979 - ދިވެހިރާއްޖެ:- ޑރ މުޙައްމަދު ޒާހިރު ޙުސައިން އަށް އެޑިޔުކޭޝަން މިނިސްޓަރކަން ދެއްވުން
- ޖުލައި 24 - 1978 – ދިވެހިރާއްޖެ:- ދިވެހި ކަނޑުމަސް ސްރީލަންކާ އަށްގަތުން ހުއްޓާލުން
- ޖުލައި 25 - 1933 - ދިވެހިރާއްޖެ:- މާލޭގައި ހުރި ވޯރާ ވިޔަފާރިވެރިންގެ ފިހާރަތައް ބަންދުކުރުން
- ޖުލައި 26 - 1965 – ދިވެހިރާއްޖެ:- ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި މިއަދު 10 ޖެހިއިރުސޮއިކުރުން
- ޖުލައި 26 - 2009 – ދިވެހިރާއްޖެ:- މާފުށީ ޖަލުގެ ގޮޅިތަކެއްގެ ތޭރިތައް ކީހާލައިގެން ގައިދީން ނުކުމެ ހަމަނުޖެހުން ހިންގައި ޖަލުގެ މުއައްޒިފުންނާއި އޮފިސަރުންނަށް ހަމަލާދީ އެކެއްގެ އަތް ބިންދާލުން. ގައިދީން މި ހާދިސާ ހިންގިކަމަށް ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު، އެމީހުންވެސް މިނިވަން ވާން ބޭނުންކަމަށް ބުނެ.
- ޖުލައި 27 - 1979 - ދިވެހިރާއްޖެ:- އާންމު ޚިދުމަތުގެ އިނާމް ދެއްވަން ފެއްޓެވުން
- ޖުލައި 28 - 1978 - ދިވެހިރާއްޖެ:- ރިޔާސީ އިންތިޚާބު ބޭއްވުނު ދުވަސް
- ޖުލައި 29 - 1973 – ދިވެހިރާއްޖެ:- ށ.ކިލިސްފަރު އެއްކޮށް ގިރާ ފަޅަކަށްވުމުން އެއީ ނެތް ރަށެއްކަމަށް އިއުލާންކުރުން
- ޖުލައި 30 - 1964 – ދިވެހިރާއްޖެ : ދިވެހިރާއްޖޭގައި ފުރަތަމަ ބަތް އިންޖީނުލީ މަސްބޯޓް ބޭލުން
- ޖުލައި 31 - 1978 - ދިވެހިރާއްޖެ:- އެމެރިކާގެ ކޮންސިއުލަރ އެޖެންސީ އެއް އަލަށް މާލޭގައި ހުޅުވުން
އުފަންވި މީހުންEdit
- ޖުލައި 20 - 1910 - މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އުފަންވެވަޑައިގަތުން
މަރުވި މީހުންEdit
- ޖުލައި 4 - 2005 - ހެންކް ސްޓްރޭމް : އެމެރިކާގެ ފުޓްބޯޅަ ކޯޗެއް.
- ޖުލައި 4 - 2007 - ބެރިސް އަކަރުސޫ: ތުރުކީގެ ލަވަކިޔުންތެރިއެއް
- ޖުލައި 4 - 2007 - ބިލްޕިންކްނީ : އެމެރިކާގެ ލަވަކިޔުންތެރިއެއް.
- ޖުލައި 8 - 1958 - ދިވެހިރާއްޖެ:- އައްނަބީލް ޢަބުދުލް ޙަމީދުދީދީ ސިލޯނުގެ ޕާނަދުރާގައި އަވަހާރަވުން. މިއީ ދިވެހި ރާއްޖޭގެ ގާނޫނި ހުކޫމަތުގެ ފުރަތަމަ ސަފީރު އެވެ.
- ޖުލައި 31 - 1980 - މުޙައްމަދު ރަފީޢު، ހިންދުސްތާންގެ ލަވަކިޔުންތެރިޔާ. (އ. 1924)
- ޖުލައި 31 - 2016 - ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރު އަބްދުﷲ އަބްދުލް ހަކީމް (ޑރ. އެންޑީ އަބްދުﷲ)
ބަންދު ދުވަސްތަކާއި ފާހަގަ ކުރެވޭ ދުވަހެއްގެ ގޮތުގައިEdit
- ޖުލައި 4 - އެމެރިކާގެ މިނިވަން ދުވަސް
- ޖުލައި 4 - ފިލިޕީނޯ އެމެރިކަން ފްރެންޑްޝިޕް ދުވަސް
- ޖުލައި 26 - ދިވެހިރާއްޖެ - މިނިވަން ދުވަސް