ނޮވެމްބަރު
ނޮވެމްބަރު މަހަކީ މީލާދީ ކަލަންޑަރުގެ އެގާރަވަނަ މަހެވެ.
- 2 ނޮވެންބަރު - 1963 – ދިވެހިރާއްޖެ:- ކިލެގެ ބުރުޒު، އަދި ބޮޑުކިބާ ކުޅިބަލާގެ ނަގަން ފެށުން
- 3 ނޮވެންބަރު - 1988 - ދިވެހިރާއްޖެ:- ދިވެހީންގެ ބަޔަކާއި ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ޙަމަލާދިނުން
- 5 ނޮވެންބަރު - 1965 – ދިވެހިރާއްޖެ:- ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރިހަމަ މެންބަރަކަށް ރާއްޖެވުން
- 5 ނޮވެންބަރު - 1980 - ދިވެހިރާއްޖެ:- ކަޅުވަކަރު މިސްކިތް ސަރުކާރާއި ހަވާލުކުރުމުން އަލުން ރާވައި ބެހެއްޓުމަށްފަހު ހުޅުވުން
- 11 ނޮވެންބަރު - 2008 -ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާ އަލްފާޟިލް މުޙައްމަދު ނަޝީދު ކުރެއްވުން
- 17 ނޮވެންބަރު - 2013 -ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާ އަލްފާޟިލް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ކުރެއްވުން
- 20 ނޮވެންބަރު - 1926 -ދިވެހިރާއްޖެ:- ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗާޕްޚާނާއެއް އުފައްދައި ހިންގަން ފެށުން
- 20 ނޮވެންބަރު - 1954 - ދިވެހިރާއްޖެ:- ދައުލަތުގެ ބަޖެޓް ރައްޔިތުން މަޖުލިހަށް ހުށަހެޅިގެން ބަޖެޓް ފުރަތަމަ ފަހަރަށް ފާސްކުރުން
- 20 ނޮވެންބަރު - 1978 - ދިވެހިރާއްޖެ:- ކަމާބެހޭ ޢިލްމީ ފާހެއްނެތް މީހުން ގުރުއާންގެ އާޔަތްތައް ތަރުޖަމާކުރުން މަނާކުރެއްވުން
- 22 ނޮވެންބަރު - 2008 -ދިވެހިރާއްޖެ:- ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުން
- 29 ނޮވެންބަރު - 1892 - ދިވެހިރާއްޖެ:- އުމުރުން ފުޅުން 43 އަހަރުގައި ސުލްޠާން އިބްރާހީމް ނުރައްދީން ބަންޑާރައިން އަވަހާރަވެ، އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) ނުވަތަ އާގަނޑުވަރު މަނިއްޕުޅު ރަސްކަމަށް އިސްކުރެއްވުން
- 29 ނޮވެންބަރު - 1962 – ދިވެހިރާއްޖެ:- ރާއްޖެތެރޭގެ އަތޮޅު އޮފީހަކާއި މާލެއާއި ދެމެދު ފުރަތަމަ ފަހަރަށް ރޭޑިޔޯ ޓެލެފޯންގެ ޒަރީޢާއިން ގުޅާލުން. އެއީ ހދ. އަތޮޅެވެ.