ބަލްގޭރިއާ
ބަލްގޭރިޔާއަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Bulgaria Република България | |
---|---|
މޮޓޯ: Съединението прави силата (Bulgarian) "Saedinenieto pravi silata" (transliteration) "Unity makes strength"1 | |
ވެރިރަށް and largest city | Sofia |
ރަސްމީ ބަސްތައް | Bulgarian |
ނަސްލު ގުރޫޕުތައް | 85% Bulgarians, 9.4% Turkish, 4.7% Roma, 0.9% other groups[1] |
ޑިމޮނިމް | Bulgarian |
ސަރުކާރު | Parliamentary democracy |
Georgi Parvanov | |
Boyko Borisov | |
Tsetska Tsacheva | |
681[2] | |
681–1018 | |
1185–1396 (1422) | |
1396 (1422) | |
3 March 1878 | |
6 September 1885 | |
22 September 1908 from Ottoman Empire | |
• Recognized | 06 April 1909 |
ސަރަޙައްދު | |
• Total | 110,993.6 km2 (42,854.9 sq mi) (104th) |
• Water (%) | 0.3 |
އާބާދީ | |
• 2009 estimate | 7,606,000[3] (98th) |
• 2001 census | 7,932,984 |
• Density | 68.5/km2 (177.4/sq mi) (124th) |
ޖީޑީޕީ (ޕީޕީޕީ) | 2009 estimate |
• ޖުމްލަ | $89.002 billion[4] (63rd) |
• ބޮލަކަށް ޖެހެނީ | $11,760[4] (65th) |
ޖީޑީޕީ (nominal) | 2009 estimate |
• ޖުމްލަ | $44.777 billion[4] (75th) |
• ބޮލަކަށް ޖެހެނީ | $5,916[4] (69th) |
ޖިނީ (2003) | 29.2 low |
އެޗްޑީއައި (2009) | 0.840 Error: Invalid HDI value (61st) |
ފައިސާ | Lev3 (BGN) |
ޓައިމް ޒޯން | ޔޫޓީސީ+2 (EET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 (EEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 359 |
އައިއެސްއޯ 3166 ކޯޑް | BG |
އިންޓަރނެޓް ޓީއެލްޑީ | .bg4 |
|
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާބަލްގޭރިޔާގެ ރަސްމީ ބަހަކީ ބަލްގޭރިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބަލްގޭރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސޯފިޔާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 95 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 110993.6 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bg. އެވެ. ކޯލިން ކޯޑަކީ +359 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެވްއެވެ.
ނަން
އުނިއިތުރު ގެންނަވާބަލްގޭރިޔާއަށް ރަސްމީކޮށް ކިޔާ ނަމަކީ ރިޕަބްލިކް އޮފް ބަލްގޭރިޔާއެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާބަލްގޭރިޔާގެ އުތުރުގައި އޮތީ ރުމޭނިޔާއެވެ. ހުޅަނގުގައި އޮތީ ސާބިޔާ އާއި ރިޕަބްލިކް އޮފް މެސެޑޯނިޔާއެވެ. ދެކުނުގައި އޮތީ ޔޫނާނާއި ތުރުކީއެވެ. އިރުމަތީގައި އޮތީ ކަޅު ކަނޑެވެ.
ތާރީޚު
އުނިއިތުރު ގެންނަވާބަލްގޭރިޔާގެ ތާރީޚަށް ބަލާއިރުގައި ޢީސާއީ މީލާދުގެ 6 ނުވަތަ 3 ސާސްކަފު ކުރީގެ ސަގާފަތްތަކުގެ އާސާރުތައް ފެންނަން އެބަހުއްޓެވެ. ޢީސާއީ މީލާދުގެ ކުރިން 500 ވަނަ އަހަރާ ހިސާބުގައި މި ސަރަޙައްދުގައި ވަކިވަކީން އުޅުނު ޤަބީލާތައް ވަނީ ރަސްގެފާނު ތެރެސްގެ ވެރިކަމުގައި އެއްބައިވަންތަ ކުރެވިފައެވެ. ޢީސާއީ މީލާދުގެ 188 އަހަރު ކުރީން ރޫމީން މި ސަރަޙައްދަށް ޙަމަލާދިނެވެ. އަދި މި ގޮތުން މި ދެމެދުގައި ކުރެވުނު ހަނގުރާމަތައް މީލާދުގެ 45 ވަނަ އަހަރާ ޖެހެންދެން ދެމިގެން ދިޔައެވެ. މީލާދީން 4 ވަނަ ޤަރުނު އައި އިރު މި ސަރަޙައްދުގެ މީހުން ފާހަގަވެފައި އޮތީ ކުރީގެ ޤަދީމީ ޕެގަން އާދަތައް ކޮންމެވެސް ވަރަކަށް ދަމަހައްޓަމުން އައި ރޫމީންގެ ގޮތުގައެވެ. މީލާދީން 632 ހާ ތާނގައި މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބަލްގާރުންގެ ބަޔަކު ޚާން ކުބްރަ^ްގެ ޒަޢާމަތުގެ ދަށުގައި ގްރޭޓް ބަލްގޭރިޔާގެ ގޮތުގައި މިނިވަން ދައުލަތެއް ޤާއިމުކުރިއެވެ. މީލާދީން 680 ވަނަ އަހަރުން 893 ވަނަ އަހަރަށް ދެމިގެން ދިޔަ ބަލްގޭރިޔަން އެމްޕަޔަރގެ ވެރިރަށަކީ ލިސްކާއެވެ. މީލާދީން 864 ގައި ބޮރިސް 1 ދަ ބެޕްޓިސްޓް ގެ ޤިޔާދަތުގެ ދަށުގައި ބަލްގޭރިޔާގެ މީހުން ވަނީ އީސްޓަން އޮތޮޑޮކްސް ކްރިސްޓިޔަނިޓީ ޤަބޫލުކޮށްފައެވެ. ބަލްގޭރިޔާގެ ތާރީޚަށް ބަލާއިރު އެ ޤައުމުގެ މީހުންނަކީ ވަރަށް ވެސް ހަނގުރާމަވެރި ޤައުމެކެވެ. އަދި ވަރަށް ގިނަ ހަނގުރާމަތަކެއް ގައި އެމީހުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މީލާދީން 1393 ވަނަ އަހަރު ތުރުކީގައި އޮތް އުސްމާނީ ދައުލަތުން ވަނީ ބަލްގޭރިޔާގެ ދެވަނަ އެމްޕަޔަރގެ ވެރިރަށް ކަމުގައިވާ ތަރްނޯވޯ ހިފާފައެވެ. 1396 ގައި ވިދިންގެ ޒާރްޑަމް ވެއްޓިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މުޅި ބަލްގޭރިޔާ އުސްމާނީންގެ ބާރުގެ ދަށަށް ދިޔައެވެ. އުސްމާނީންގެ ދަށުގައި އޮވެގެން އަމިއްލަ ވެރިކަމެެއް ކުރުމުގެ ފުރުޞަތު ބަލްގޭރިޔާއަށް ލިބިގެން ދިޔައީ 3 މާރިޗު 1878 ގައެވެ. ބަލްގޭރިޔާގެ ސަރަޙައްދުތައް އެއްބައިވެފައިވަނީ 6 ސެޕްޓެންބަރު 1885 ގައެވެ. އުސްމާނީންގެ ކިބައިން ބަލްގޭރިޔާއަށް މިނިވަންކަން ލިބިފައިވަނީ 22 ސެޕްޓެންބަރު 1908 ގައެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި ޤަބޫލުކުރެވެން ފެށީ 06 އެޕްރީލު 1909 އަކުން ފެށިގެންނެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާބަލްގޭރިޔާގެ އާބާދީގެ 85% އަކީ ބަލްގޭރިޔަނުންނެވެ. 9.4% އަކީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. 4.7% އަކީ ރޯމާ ޖިޕްސީންނެވެ. 0.9% އަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާސަގާފަތަށް ބަލާއިރުގައި ބަލްގޭރިޔާއަކީ އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމުގައި އޮތް ޤައުމެއް ކަމަށް ވެފައި ބަލްކަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެއް ކަމުން ނުހުރެ ނުދާނޭ ސިފަތަކެއް ބަލްގޭރިޔާގެ ސަގާފަތުން ފެނެއެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާބަލްގޭރިޔާއަކީ އިންޑަސްޓްރިއަލައިޒްވެފައިވާ ޤައުމެކެވެ. މި ޤައުމުގެ އިޤްތިޞާދަކީ ފްރީ މާކެޓް އިކޮނޮމީއެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 11760 ޑޮލަރެވެ.
- ↑ Census 2001, Population by Districts and Ethnic Groups as of 01.03.2001
- ↑ "Bulgaria (07/08)". State.gov. Retrieved 2009-01-02.
- ↑ Cite error: Invalid
<ref>
tag; no text was provided for refs namednsi2
- ↑ 4.0 4.1 4.2 4.3 "Bulgaria". International Monetary Fund. Retrieved 2009-10-01.