ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު

(މިސްރާބުކުރެވުނީ List of Sultans of the Maldives އިން)

މިއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވި ރަސްރަސްކަލުންގެ ލިސްޓެކެވެ. އެ ރަސްރަސްކަލުންގެ ފުރިހަމަ ލަޤަބުފުޅަކީ "އެއްގަމާއި ކަނޑުގެވެރި، ބާރަ ހާސް ރަށަށް ޙުކުމް ކުރައްވާ ދިވެހިރާއްޖޭގެ ރަސްގެފާނެވެ."

އިރު ދަރިކޮޅު ނުވަތަ އާދީއްތަ ވަންހަ

އުނިއިތުރު ގެންނަވާ
ނަން ފެށުނު އަހަރު ނިމުނު އަހަރު ނޯޓް
ރާޖާ ސޫރުދަސަރުނަ އާދީއްތަ ނޭނގޭ ނޭނގޭ އިނޑިޔާގެ ކަލިންގާ ދަރިކޮޅުގެ ރަސްގެފާނު ސްރީ ބްރަހްމާދިތްޔާ ގެ ދަރި
ރާނީ ދަމަހާރު ނޭނގޭ ނޭނގޭ އިރު ދަރިކޮޅުގެ އެންމެ ފަހުން ވެރިކަން ކުރީ ދަމަހާރު އެވެ. ނަމަވެސް ސޫރުދަސަރުނަ އާއި ދަމަހާރު އާ ދެމެދު މި ދަރިކޮޅުން ވެރިކަން ކުރީ ކިތައް ރަސްކަލުން ކަމެއް ކަނޑައަޅާ އެނގޭކަށް ނެތެވެ. މި ދަރިކޮޅުގެ ރަސްކަމުގެ ތާރީހް ލިޔެވިފައިވާ ލޯމާފާނު ވަނީ ގެއްލިފައެވެ. ރާނީ ދަމަހާރު ކައިވެނި ކުރެއްވީ ސްރީ ބާލަދިތްޔަ އާ އެވެ. އޭނާ އަކީ ހޯމަ ދަރިކޮޅުގެ ރާޖާ އެކެވެ.

ހަނދު ދަރިކޮޅު ނުވަތަ ހޯމަ ވަންހައިގެ ފުރަތަމަ ކޮޅު

އުނިއިތުރު ގެންނަވާ
ނަން ފެށުނު އަހަރު ނިމުނު އަހަރު ނޯޓް
ރާޖާ ބާލާދީތްޔަ ގާތްގަނޑަކަށް 990 ނޭނގޭ މީނާ ނިސްބަތްވަނީ އިންޑިޔާގެ ކަލިންގާ ރަސްކަމަށެވެ. އަދި ދީވާ މަހަލް (ދިވެހި ރާއްޖެ) ގެ ރަސްކަމަށް އައުމަށްޓަކައި އިރު ދަރިކޮޅުގެ ރާނީ، ދަމަހާރު އާ ކައިވެނި ކުރެއްވި އެވެ. މި ރަސްގެފާނުގެ ރަސްކަމުގެ ވަރަށް ކުރީކޮޅު ރާޖާ ދާދާގެ މީހުން ރާއްޖޭގެ އުތުރުގެ އަތޮޅުތައް އަތުލިއެވެ. މި ރާޖާގެ ރަސްކަން ފެށުނީ މީލާދީން 900ގައި ކަމަށް ލަފާކޮށްފައި ވިޔަސް، ސީނު ކަރައިގެ ޓޭންގް ދަރިކޮޅުގެ ލިޔުންތަކުގައި ވާގޮތުން، ދިވެހިން މ658 އަދި މ662 ގައި ސީނަށް ޒިޔާރަތް ކޮށް ރާޖާ ބާލާދީތްޔަގެ ފަރާތުން ވެދުން ފޮނުވިއެވެ.
ރާޖާ ލޯކާ ބާރަނާ ނޭނގޭ ނޭނގޭ ހަނދު ދަރިކޮޅުގެ ރަސްކަލެއް
ރާޖާ މަހާ ސުންދުރަ ނޭނގޭ ނޭނގޭ ރާޖާ ލޯކާ ބާރަނާގެ ދަރި. މި ރާޖާގެ އަންހެން ދަރި ކަލުން، ކަމަނާ ނުވަތަ ރެހެންދި އިސްމީދޫ (މިހާރު އައްޑު އަތޮޅު މީދޫ) އަށް އަރުވާލެވުނެވެ. އަދި އރު ދަރިކޮޅުގެ ތާރީހް ލިޔެފައިވާ ލޯމާފާނު، މާޕަނަންސަ، މި ކަމަނާ ގެންދިޔަ އެވެ. މި ލޯމާފާނު ވަނީ ވަޅުލާފައެވެ. އެހެންކަމުން އިރު ދަރިކޮޅުގެ ގިނަ މައުލޫމާތު ފެންނާކަށް ނެތެވެ.
ރާޖާ ބަވަނަ އާނަންދަ ނޭނގޭ ނޭނގޭ ރާޖާ ލޯކާ ބާރަނާގެ ދަރިކަލުން އަދި ރާޖާ މަހާ ސުންދުރަގެ ކޮއްކޮ. މިއީ ކޮއިމަލާ ރަދުންގެ ބައްޕާފުޅެވެ.

ހޯމަ ދަރިކޮޅު ނުވަތަ ތީމުގޭ ދަރިކޮޅު (1117-1306)

އުނިއިތުރު ގެންނަވާ

ޢުމަރުވީރު ދަރިކޮޅު (1306 - 1388)

އުނިއިތުރު ގެންނަވާ

ހިލާލީ ދަރިކޮޅު (1388-1573)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިލާލީ ދަރިކޮޅު

ހިލާލީ ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. މިއީ އެޗްސީޕީ ބެލްގެ މޮނޮގްރާފް ގައި ބަޔާންކުރައްވާފައި ގޮތެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅު އަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި ބަޔާން ކުރަން ޖެހެއެވެ.

ހިލާލީ ދަރިކޮޅު އަކީ ވެސް ރާއްޖެއިން ބޭރުން އައި ދަރިކޮޅަކުން ރާއްޖޭގައި އުފެދުނު ގޮތްޕެކެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްޠާން ޙަސަން އަލްހިލާލީ އެވެ. މިރަދުން އަކީ ރަސްކަމުގެ ސިލްސިލާގެ 30 (29) ވަނަ ރަދުންނެވެ. ހިލާލީ ދަރިކޮޅު ނިސްބަތްވާ ޙަސަން އަލްހިލާލީ އަކީ މަލާބާރުން އައިސް ކ.ހުޅުލޭ (ކުޑަރަށް ) ގައި ވަޒަންވެރިވެގެން ހުރި ހިލާލީ ދަރިކޮޅު ގެ ހިލާލީ ބަދުރުއްދީން އޭ ކިޔުނު މީހެއްގެ އަންހެންދަރިއެއްގެ މާމަ ދަރިއެކެވެ. ފަހަރު ގައި ހިލާލީ ދަރިކޮޅު އަކީ ޔަމަން ކަރައިން އައި ދަރިކޮޅަކަށް ވެސް ވެދާނެއެވެ. ސަބަބަކީ މިހާރު ވެސް ޔަމަނުގައި އަލްހިލާލީ އޭ ކިޔޭ މަޝްހޫރު ދަރިކޮޅެއް އޮންނާތީ އެވެ. ޔަމަން އާއި ދިވެހިރާއްޖެ އަކީ 14 ވަނަ ގަރުނުގައި ވަރަށް ބޮޑަށް ގުޅިފައި އޮތް ދެގައުމެވެ.

Interregnum 1558 - 1573

އުތީމު ދަރިކޮޅު (1573-1692)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުތީމު ދަރިކޮޅު

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ.

ޙަމަވީ ދަރިކޮޅު 1692

އުނިއިތުރު ގެންނަވާ

އިސްދޫ ދަރިކޮޅު (1692-1704)

އުނިއިތުރު ގެންނަވާ

ދިޔަމިގިލީ ދަރިކޮޅު (1704-1757)

އުނިއިތުރު ގެންނަވާ

Interregnum 1757 - 1759

ހުރާގޭ ދަރިކޮޅު (1757-1766)

އުނިއިތުރު ގެންނަވާ
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުރާގޭ ދަރިކޮޅު

ހުރާގޭ ދަރިކޮޅުގެ އަސްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. މިސްޓަރ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުން ހުރާގޭ ދަރިކޮޅުގެ ބިންގާ އަޅުއްވާފައިވަނީ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނާއި ހަމައިންނެވެ. އޭގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ކުރައްވާފައި ވެއެވެ.

ދިޔަމިގިލީ ދަރިކޮޅު (ދެވަނަފަހަރަށް) (1766-1774)

އުނިއިތުރު ގެންނަވާ

ހުރާ ދަރިކޮޅު (ދެވަނަ ފަހަރަށް) (1773-1952) އަދި (1953-1968)

އުނިއިތުރު ގެންނަވާ
  • ދެވަނަ ފަހަރު ޖުމުހޫރިއްޔާ އިޢުލާންކުރުން - 1968

އިތުރަށް ބެއްލެވުމަށް

އުނިއިތުރު ގެންނަވާ