ސުލްޠާން ކެއިމި ކަލަމިންޖާ އަކީ މީލާދީން 1267 ން 1269 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 666 ން 667 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 666 ވަނަ އަހަރު އެވެ. ސުލްޠާން ކެއިމި ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން އަލީ ކަލަމިންޖާ (ދެވަނަ) އަވަހާރަ ވުމުންނެވެ. ބައެއް ލިޔުންތަކުގައި މިރަދުންގެ ނަންފުޅުގެ ގޮތުގައި ސުލްޠާން ކެއިމި ކަލަމިންޖާ ލިޔެފައިވީ ނަމަވެސް، އަނެއްބައި ލިޔުންތަކުގައި ވަނީ މިރަދުންގެ ނަންފުޅެއް ތާރީޚަކުން އެނގޭކަށް ނެތް ކަމަށެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ މަދީނީ ސުވަރަ މަހާރަދުންނެވެ. އެރަދުންގެ މައިކަނބަލަކީ ވެސް ފަތަހިރިޔާ މާވާ ކިލެގެގެ ދަރިކަނބަލުން އައިދަގެ މާވާކިލެގެ އެވެ. މިރަދުން 9 މަސް ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 667 ވަނަ އަހަރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ޢަލީ (ދެވަނަ) ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު އައުދަ ކަލަމިންޖާ