ސުލްޠާން މުޙައްމަދުއަކީ މީލާދީން 1420 ން 1421 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 823 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 823 ވަނަ އަހަރުއެވެ. މިރަދުންނަށް ދަންނަ މުޙައްމަދު ކިޔައި އުޅެއެވެ. ދިވެހި ތާރީޚްގައި މިރަދުން މަޝްހޫރުވެފައިވަނީ ދަންނަ މުޙައްމަދު ރަސްގެފާނު ގެ ނަމުންނެވެ.

އައްސުލްޠާން މުޙައްމަދު ސިރީ ރާދަ ބަވަނަ މަހާރަދުންނަކީ ހުޅުލޭ ޢައްބާސްގެ ދަރިކަލުން ޔޫސުފް ހަނދޭގިރީންގެ ބޭފުޅެކެވެ. މިރަދުންނަކީ ފިޤުހުވެރި މާތް ދަންނަ ބޭކަލެކެވެ. މާލޭގައި ކުރިން ހުރި މަޝްހޫރު ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް ބިނާކުރެއްވީ މިރަދުންނެވެ. އަދި ކަނބާފާނު ގަނޑުވަރު ބިނާކުރެއްވީ ވެސް މިރަދުން ކަމުގައި ބުނެވެއެވެ. މިރަދުން ޝަހީދުވުމަށްފަހު މިސްކިތުގެ ކައިރީގައި ފަސްދާނުލެވި ޒިޔާރަތް ކުރެވުނެވެ. މިރަދުން ރަސްކަން ކުރައްވާތާ 11 މަސްވީ ފަހުން ސުލްޠާން ޔޫސުފު (ދެވަނަ) ، ރަސްކަން އަތުލައިގެންނެވީ އެވެ. މިކަން ހިނގީ ހިޖުރައިން 823 ވަނަ އަހަރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ޢުޘްމާނު (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޔޫސުފު (ދެވަނަ)