ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ)

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) އަކީ 1892 އިން 1893 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ)ނުވަތަ އާގަނޑުވަރު މަނިއްޕުޅު ގެ ބައްޕާ ފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު އެވެ. މަންމާފުޅަކީ ބޮޑުގަލުގޭ ދީދީ އެވެ.

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) އަކީ ދީނީ ތަޢުލީމް އުގެނިވަޑައިގަތުމަށް ޚާއްޞަ ފަރުވާތެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. ކުޅި ޖެއްސެވުމާއި ބޭރު ބަސް ދަސްކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރެއްވި އެވެ. ފަންނާނީ މަސައްކަތްޕުޅުތައް ދަސްކުރެއްވި އެވެ.

ކުރިން ހުންނެވީ:
ސުލްޠާން އިބްރާހީމް ނުރައްދީން
ދިވެހިރާއްޖޭގެ ރަދުން
1892 - 1893
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006