ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު

ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު އަކީ މީލާދީން 1692 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1103 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1103 ވަނަ އަހަރުއެވެ.

ނަސަބު އުނިއިތުރު ގެންނަވާ

އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ސިރީ ހިކާޅަ މިލާދީއްތަ މަހާރަދުންނަކީ އައްސައްޔިދު އަބުދުއް ރައްޒާގު ޙުސައިން އައްޝާފިޢު އަލްޤާދިރީ މިކަލޭގެފާނުންގެ ދަރިކަލެކެވެ.މިރަދުންނަކީ ޙަމާތުގެ އަހުލުވެރި އެކެވެ. ޢިލްމު އުގެނިވަޑައިގަތީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ.

ރަސްކަމަށް އިސްވުން އުނިއިތުރު ގެންނަވާ

އައްސުލްތާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް ގެ އެދިވަޑައިގަތުމުގެ މަތީން މިކަލޭގެފާނު މާލެ ވަޑައިގަތްތަނާ ރަދުން އަވަހާރަވީމާ ދިވެހި ތަޚްތަށް އިސްވެ ވަޑައިގަތީ އެވެ. ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ފުރަތަމަ މާލެ ވަޑައިގަތީ އިސްކަންދަރު ރަސްގެފާނު ގެ ރަސްކަމުގެ ފަހުކޮޅު ގައެވެ. އެދުވަސްވަރު މާލޭގެ ވަރަށް ގިނަ މީހުންނަށް އޭނާ ކިޔަވައިދެއްވާ އުޅުއްވިއެވެ. އޭނާގެ ދަރިވަރުންގެ ތެރެއިން އެންމެ ތަގްވާ ބޮޑު އެކަކީ އައްސުލްޠާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް އެވެ.

ޝަޚްޞިއްޔަތު އުނިއިތުރު ގެންނަވާ

ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވަނީ ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު އަކީ ވިސްނުންތެރި، ޠާހިރު، ޢިލްމުވެރި ބޭފުޅެއްކަމަށެވެ. ޝަރީޢަތުގެ ޠަރަޙަތައް ގާއިމްކުރެއްވި، މީސްތަކުންގެ މެދުގައި އިންޞާފު ހިންގެވި، ވެރިއެއް ކަމުގައެވެ. އިންޞާފު ހިންގެވުމުގައި މުއްސަންޖެއް، ފަޤީރެއް، މޮޅުމީހެއް، ދެރަމީހެއް، ތަފާތެއް ނުކުރައްވައެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ވެސް ގަނޑުވަރުތެރޭގައި ވައުޡު ވިދާޅުވެ، ދީނީ އިރުޝާދު، ބައެއް މީސްތަކުންނަށް ދެއްވާ ހެއްދެވިއެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

އެރަދުންގެ އެންމެ ބޮޑު ގަޞްދުފުޅެއް ކަމުގައިވަނީ ހުކުރު މިސްކިތް ބޮޑުކުރެއްވުމެވެ. ނަމަވެސް އެކަންވެވަޑައިނުގެން އުޅުއްވަނިކޮށް، ރަމަޟާން މަހުގެ ތެރޭގައި، ހުންފުޅުއައިސް، ބޭރަށްހިންގުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން، ހިޖުރައިން 1103 ވަނަ އަހަރުގެ ޝައްވާލު މަހުގެ 25 ވަނަ ދުވަހު ފުރައުއްތަ ވެއްޖެއެވެ. ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ފަސްދާނު ލެވިފައިވަނީ މެދު ޒިޔާރަތުގެ ތެރޭގައި އަބުލްބަރަކާތުލް ބަރުބަރީގެ ފާނުންގެ މަހާނަ ފުޅުގެ ކައިރީގައެވެ. އަވަހާރަވުމާއި ވަރަށް ކައިރިވެފާ ވަނިކޮށް، އެރަދުން އައްސުލްޠާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް ކައިވެނި ބައްލަވައިގެން އުޅުއްވި، މަރިޔަމް ކަނބާއާއި ކައިވެނި ބައްލަވައިގަތެވެ. މިރަދުން ރަސްކަން ކުރެއްވީ 4 މަހާ 25 ދުވަސް ވަންދެނެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ފަތްތޫރަ - މެއި 1980 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު (ހަތަރުވަނަ)