ސުލްޠާން ދިހެއި ކަލަމިންޖާ އަކީ މީލާދީން 1198 ން 1214 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 595 ން 610 އަށެވެ. ރަސްކަމަށް އިސްވެވަޑައި ގަތީ ސުލްޠާން ދިނެއި ކަލަމިންޖާ އަވަހާރަވުމުންނެވެ. އެއީ ހިޖުރައިން 595 ވަނަ އަހަރުގައެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ދަގަތާ އަބާރަނަ މަހާރަދުންނެވެ. މިރަދުންނަކީ ފަތަހިރިޔާ މާވާކިލެގެގެ ހަގު ދަރިކަލެކެވެ. އެހެންކަމުން މިރަދުންނަކީ ސުލްޠާން ދިނެއި ކަލަމިންޖާގެ ކޮއްކޯފުޅެކެވެ. މި ރަދުން 15 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 610 ވަނަ އަހަރުގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ދިނެއި ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ވަޑީ ކަލަމިންޖާ