ސުލްޠާން ޙަސަން (ދެވަނަ) އަކީ މީލާދީން 1410 ން 1412 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 813 ން 814 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 813 ވަނަ އަހަރުގައެވެ.

ސުލްޠާން ޙަސަން (ދެވަނަ) ސިރީ ދަންމަރު ބަވަނަ މަހާރަދުން އަކީ މާއިން ރަންނަބަނޑޭރި ކިލެގެ ދަރިކަލެކެވެ. މިރަދުން ރަސްކަން ކުރެއްވީ 9 މަސް ދުވަހުގެ މުއްދަތަށެވެ. އަވަހާރަވި ކަމުގައި ބުނެވެނީ ވެވަކަށް ފެތިގެންނެވެ. އެއީ ދާންމަތީ ވެޔޮކޮޅު އެވެ. މިކަން ހިނގީ ހިޖުރައިން 814 ވަނަ އަހަރުގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ނާޞިރުއްދީނު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢީސާ