ސުލްޠާން އަބޫބަކުރު (ދެވަނަ)

މީލާދީން 1554 ން 1554 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި

ސުލްޠާން އަބޫބަކުރު (ދެވަނަ) އަކީ މީލާދީން 1554 ން 1554 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 962 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 962 ވަނަ އަހަރުއެވެ.

ރަސްކަމުގެ ދުވަސްވަރު އުނިއިތުރު ގެންނަވާ

އައްސުލްޠާން އަބޫބަކުރު (ދެވަނަ) ސިރީ އަސާލީސް ލޯކަ މަހާރަދުންނަކީ އިބްރާހީމް ފާށަނާ ކިލެގެގެ ސަންފާ ދިޔޯއާއި ކައިވެނި ބައްލަވައިގެން، ލިބިވަޑައިގަތް ދަރިކަލެކެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 962 ވަނަ އަހަރުއެވެ. އެއީ ސުލްޠާން ޙަސަން (ނުވަވަނަ) ރަސްކަން ދޫކޮށްލެވިތާ 4 އަހަރު ފަހުންނެވެ.

ސުލްޠާން ޙަސަން (ނުވަވަނަ) ރަސްކަން ދޫކޮށްލެއްވުމަށްފަހު ފާއިތުވި 4 އަހަރު ވެގެންގޮސްފައިވަނީ ދައުލަތުގެ ކަންތައްތަކުގައި އެއްވެސް އިންތިޒާމެއް ނެތް އަހަރުތަކެއްގެ ގޮތުގައެވެ. ސުލްޠާން އަބޫބަކުރު (ދެވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ދައުލަތުގެ ކަންތައްތައް ހިންގުމަށް އިންތިޒާމެއް ގެނެވޭތޯ މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ނުނިމިއުޅުއްވަނިކޮށް ފިތުނަވެރި ބައެއްގެ ރޭވުމުން އޭނާގެ ހަށިކޮޅާއި ފުރާނަ ވަކިކޮށްލައިފި އެވެ. ބުނެވެނީ މިދެންނެވި ބަޔަކާއި ހަނގުރާމަކުރައްވަނިކޮށް ސުލްޠާން އަބޫބަކުރު (ދެވަނަ) ޝަހީދުވެ ވަޑައިގެންނެވީ ކަމުގައެވެ.

ސުލްޠާން އަބޫބަކުރު (ދެވަނަ) ޝަހީދުވެ ވަޑައިގަތީ ހިޖުރައިން 962 ވަނަ އަހަރު އެވެ. ރަސްކަންކުރެއްވީ 4 މަސް ދުވަހުގެ މުއްދަތަށެވެ. ފަސްދާނު ލެވިފައިވަނީ ބޮޑުގަލު މިސްކިތްތެރޭގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ޙަސަން (ނުވަވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަލީ (ހަވަނަ)