ސުލްޠާން އައިމަ ކަލަމިންޖާ

މީލާދީން 1263 ން 1266 އަށް ދިވެހިރާއްޖޭގެ ރަސްކަން

ސުލްޠާން އައިމަ ކަލަމިންޖާ އަކީ މީލާދީން 1263 ން 1266 އަށް ދިވެހިރާއްޖޭ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 662 ން 664 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 662 ވަނަ އަހަރު އެވެ. ސުލްޠާން އައިމަ ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ހުދެއި ކަލަމިންޖާ އަވަހާރަވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ، ސިރީ ލޯކަ ސުވަރަ މަހާރަދުންނެވެ. މިރަދުންގެ ބައްޕާފުޅުގެ ނަމެއް ތާރީޚަކުން އެނގޭކަށް ނެތެވެ. މައިކަނބަލަކީ، ހިރިރަށު ކަނބައިދިކިލެގެއެވެ. މި ރަދުން 2 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 664 ވަނަ އަހަރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ހުދެއި ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަލީ (ދެވަނަ) ކަލަމިންޖާ