ސުލްޠާން ޢަލީ ކަލަމިންޖާ (ދެވަނަ)

ސުލްޠާން ޢަލީ ކަލަމިންޖާ (ދެވަނަ) މީލާދީން 1265ން 1267 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 664 ން 666 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 664 ވަނަ އަހަރު އެވެ.ސުލްޠާން ޢަލީ ކަލަމިންޖާ (ދެވަނަ) ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން އައިމަ ކަލަމިންޖާ އަވަހާރަވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ، ސިރީ ސިންގާ އަބާރަނަ މަހާރަދުންނެވެ. މިރަދުންގެ ބައްޕައަކީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ވެންގެހެލީ ކަލޯއެވެ. މައިކަނބަލަކީ ފަތަހިރިޔާ މާވާކިލެގެގެ ދަރިކަނބަލުން އައިދަގެމާވާކިލެގެ އެވެ. މި ރަދުން 1 އަހަރާއި 6 މަސް ވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 666 ވަނަ އަހަރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

.

ކުރިން ހުންނެވީ:
ސުލްޠާން އައިމަ ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ކެއިމި ކަލަމިންޖާ