ސުލްޠާން ޔޫސުފު (ތިންވަނަ) އަކީ މީލާދީން 1491 ން 1493 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 897 ން 898 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 897 ވަނަ އަހަރުއެވެ.

އައްސުލްޠާން ޔޫސުފު (ތިންވަނަ) ސިރީ ވީރު އާނަންދަ މަހާ ރަދުންނަކީ ޢުމަރު ރަސްގެފާނު ނުވަތަ ސުލްޠާން ޢުމަރު (ދެވަނަ) ގެ ދަރިކަލެކެވެ. މިރަދުން 2 މަހާއި 15 ދުވަސް ވަންދެން ރަސްކަން ކުރެއްވިތަނާ އަވަހާރަވެއްޖެ އެވެ. މިކަން ހިނގީ ހިޖުރައިން 898 ވަނަ އަހަރު އެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ

ކުރިން ހުންނެވީ:
ސުލްޠާން ކަޅު މުޙައްމަދު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަލީ (ހަތަރުވަނަ)