ދިވެހިރާއްޖޭގެ ޕްރޮވިންސްތައް
ދިވެހިރާއްޖޭގައި ހިމެނެނީ ޖުމްލަ 7 ޕްރޮވިންސް އެވެ. ދިވެހިރާއްޖެ ތަފާތު 7 ޕްރޮވިންސަކަށް ބަހާލެވުނީ 11 ނޮވެމްބަރު 2008 ގައި އެމްޑީޕީ އިއްތިހާދުން ދިވެހި ސަރުކާރު ހިންގެވުމާއި ހަވާލުވުމަށްފަހު ގައެވެ. އެގޮތުން އުފެދުނު ޕްރޮވިންސްތައް ތިރީގައި މިވަނީ އެވެ.
މަތި އުތުރު ޕްރޮވިންސް
އުނިއިތުރު ގެންނަވާމަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މުޙައްމަދު ޙުނައިފް އެވެ. މިޕްރޮވިންސްގައި ހިމެނޭ އަތޮޅު ތަކަކީ
- ތިލަދުންމަތީ އުތުރުބުރި ނުވަތަ ހއ.އަތޮޅު
- ތިލަދުންމަތީ ދެކުނުބުރި ނުވަތަ ހދ.އަތޮޅު
- މިލަދުންމަޑުލު އުތުރުބުރި ނުވަތަ ށ.އަތޮޅު
އުތުރު ޕްރޮވިންސް
އުނިއިތުރު ގެންނަވާއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މ.ނޫހިރި ތިލްމީޒާ ޙުސައިން އެވެ.
- މިލަދުންމަޑުލު ދެކުނުބުރި ނުވަތަ ނ.އަތޮޅު
- މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ.އަތޮޅު
- މާޅޮސްމަޑުލު ދެކުނުބުރި ނުވަތަ ބ.އަތޮޅު
- ފާދިއްޕޮޅު ނުވަތަ ޅ.އަތޮޅު
މެދު އުތުރު ޕްރޮވިންސް
އުނިއިތުރު ގެންނަވާ- މެދު އުތުރު ޕްރޮވިންސްގެ ވެރިކަންކުރާ ރަށަކީ ކ. މާފުށީ،
- މެދު އުތުރު ޕްރިވިންސްގެ ސްޓޭޓް މިނިސްޓަރަކީ މ.ވެލިދޫގޭ މުޙައްމަދު ނަޢީމް އެވެ.
- މާލެ އަތޮޅު ނުވަތަ ކ.އަތޮޅު
- އަރިއަތޮޅު އުތުރުބުރި ނުވަތަ އއ.އަތޮޅު
- އަރިއަތޮޅު ދެކުނުބުރި ނުވަތަ އދ.އަތޮޅު
- ފެލިދެ އަތޮޅު ނުވަތަ ވ.އަތޮޅު
މެދު ޕްރޮވިންސް
އުނިއިތުރު ގެންނަވާމެދު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ ދ.ކުޑަހުވަދޫ ބޮޑުގޭ ފާރޫޣް މުޙައްމަދު ޙަސަން އެވެ.
- މުލަކަތޮޅު ނުވަތަ މ.އަތޮޅު
- ނިލަންދެއަތޮޅު އުތުރުބުރި ނުވަތަ ފ.އަތޮޅު
- ނިލަންދެއަތޮޅު ދެކުނުބުރި ނުވަތަ ދ.އަތޮޅު
މެދު ދެކުނު ޕްރޮވިންސް
އުނިއިތުރު ގެންނަވާމެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ އަހުމަދު މުޖުތަބާ އެވެ.
- ކޮޅުމަޑުލު ނުވަތަ ތ.އަތޮޅު
- ހައްދުންމަތި ނުވަތަ ލ.އަތޮޅު
މަތި ދެކުނު ޕްރޮވިންސް
އުނިއިތުރު ގެންނަވާމަތި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މއ.ތިނަދޫގޭ ޢުމަރު ޖަމާލް އެވެ.
- ހުވަދުއަތޮޅު އުތުރުބުރި ނުވަތަ ގއ.އަތޮޅު
- ހުވަދުއަތޮޅު ދެކުނުބުރި ނުވަތަ ގދ.އަތޮޅު
ދެކުނު ޕްރޮވިންސް
އުނިއިތުރު ގެންނަވާދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މުޙައްމަދު ނަޞީރު އެވެ.
- ފުވައްމުލައް (ޏ. އަތޮޅު)
- އައްޑުއަތޮޅު ނުވަތަ ސ.އަތޮޅު
ދިވެހިރާއްޖޭގެ ޕްރޮވިންސްތައް |
---|
މަތި އުތުރު ޕްރޮވިންސް އުތުރު ޕްރޮވިންސް މެދު އުތުރު ޕްރޮވިންސް މެދު ޕްރޮވިންސް މެދު ދެކުނު ޕްރޮވިންސް މަތި ދެކުނު ޕްރޮވިންސް ދެކުނު ޕްރޮވިންސް |