ވ. އަތޮޅު ވ. އަތޮޅު

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: ވ. އަތޮޅު
އަތޮޅުގެ ނަން: ފެލިދެ އަތޮޅު
އޮތްތަން: 3° 41' N and 3° 13' N
އިނގިރޭސި ކޯޑު: J
އަކުރު: V (ވ)
ވެރިރަށް: ފެލިދޫ
އާބާދީ: 2144
ރަށްތަކުގެ ޢަދަދު: 19
މިޙުން އުޅޭ ރަށްތައް: 5
އަތޮޅުވެރިޔާ: އަލީ ރަޝީދު އަބްދުއްރަހްމާން
މީހުން އުޅޭ ރަށްތައް
ފެލިދޫ ފުލިދޫ ކެޔޮދޫ ރަކީދޫ ތިނަދޫ
ފަޅު ރަށްތައް


ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

ފެލިދެ އަތޮޅަކީ ދިވެހިރާއްޖޭގައި އޮތް އެންމެ އާބާދީ ކުޑަ އަތޮޅެވެ.

ވެރިރަށް މާލޭގެ އުތުރުން 40 މޭލު ދުރުގައި އޮންނަ މިއަތޮޅަކީ ޖިއޮގްރަފީ ގޮތުން ދެއަތޮޅުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެކެވެ. މައިގަޑު ފެލިދެ އަތޮޅާއި ކުކުޅުބިސް ބުރެއްގެ ބައްޓަމަށް އޮންނަ ކުޑަ އަތޮޅެއް އެކުލެވިގެންވާ މި އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ގިނަ ރީތި ފަރުތަކެއް އެކުލެވިގެންވާ އަތޮޅެކެވެ.ފަތުރުވެރީންގެ މެދުގައި މިއަތޮޅު ތަޢާރަފުވެ، ފަތުރުވެރީންގެ ހިތްތަކުން ޒަމާނުއްސުރެ މި ކުޑަކުޑަ އަތޮޅަށް ޖާގަ ލިބިފައިވަނީވެސް ފީނުމުގެ މަންޒިލެއްގެ ގޮތުގައި ލިބިފައިވާ މަޤްބޫލުކަމެއްގެ ބޮޑުކަމުންނެވެ. މިއަތޮޅަށް ފަތުރުވެރިކަން އައިސްފާވަނީ 1975 ވަނަ އަހަރުގެ ތެރޭގައެވެ. މުޅިއެކު 19 ރަށުގެ މައްޗަށް އެކުލެވިގެންވާ މި އަތޮޅުގައި ފަތުރުވެރި 2 ރަށް އޮވެއެވެ. އެއީ، އަލިމަތާ އަދި ދިއްގިރި އެވެ. މީހުން ދިރިއުޅެނީ މުޅިއެކު 5 ރަށެއްގައެވެ. އަތޮޅުގެ ވެރިކަންކުރާ ރަށަކީ ފެލިދޫ އެވެ.

އިތުރުފާލަންތައް

އުނިއިތުރު ގެންނަވާ

ފެލިދެ އަތޮޅުގެ މައި ވެބްސައިޓް


ދިވެހިރާއްޖޭ ގެ އަތޮޅުތައް

ހއ. އަތޮޅު   ހދ. އަތޮޅު   ށ. އަތޮޅު   ނ. އަތޮޅު   ރ. އަތޮޅު   ބ. އަތޮޅު   ޅ. އަތޮޅު   ކ. އަތޮޅު   އއ. އަތޮޅު   އދ. އަތޮޅު   ވ. އަތޮޅު   މ. އަތޮޅު   ފ. އަތޮޅު   ދ. އަތޮޅު   ތ. އަތޮޅު   ލ. އަތޮޅު   ގއ. އަތޮޅު   ގދ. އަތޮޅު   ޏ. އަތޮޅު   ސ. އަތޮޅު