މިލަދުންމަޑުލު އުތުރުބުރި
ޚުލާޞާ މަޢުލޫމާތު | |
އިދާރީ ނަން: | Shaviyani Atoll |
އަތޮޅުގެ ނަން: | Miladhunmadulu |
އޮތްތަން: | 6°30' N and 5°58' N |
އިނގިރޭސި ކޯޑު: | C |
އަކުރު: | Sh (ށ) |
ވެރިރަށް: | FUNADHOO |
އާބާދީ: | 14502 |
ރަށްތަކުގެ ޢަދަދު: | 51 |
މިޙުން އުޅޭ ރަށްތައް: | 14 |
އަތޮޅުވެރިޔާ: | Mohamed Mahir |
މީހުން އުޅޭ ރަށްތައް | |
ބިލެއްފަހި ފީވައް ފޭދޫ ފޯކައިދޫ ފުނަދޫ ގޮއިދޫ ކަނޑިތީމު ކޮމަންޑޫ ޅައިމަގު މާއުނގޫދޫ މަރޮށި މިލަންދޫ ނަރުދޫ ނޫމަރާ | |
ފަޅު ރަށްތައް | |
|
މިލަދުންމަޑުލު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އުތުރަށް ނިސްބަތްވާ އަތޮޅެކެވެ. މި އަތޮޅަކީ އުތުރުން ފެށިގެން 3 ވަނަ އަތޮޅެވެ.
ޖިއޮގްރަފީ
އުނިއިތުރު ގެންނަވާމިލަދުންމަޑުލު އުތުރުބުރިއަކީ މިލަދުންމަޑުލު ދެކުނުބުރިއާއި ތިލަދުންމަތީ ދެކުނުބުރިއާއި ދެމދު އޮންނަ އަތޮޅެކެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ ނ. އަތޮޅު މިލަދުއަށެވެ. އުތުރުން މިއަތޮޅާއި ގުޅެނީ ހދ. އަތޮޅާއިއެވެ. ދެކުނުން ގުޅެނީ ނ. އަތޮޅާއި އެވެ. އަތޮޅުގެ އެންމެ ދިގު ގޮތުގައި ހުރީ 37މޭލެވެ. މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ ސީ. އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 51އެވެ. އޭގެތެރޭން މީހުން އުޅެނީ 14 އަށުގައެވެ.
މިއަތޮޅުގެ ވެރިކުރަނީ ފުނަދޫގައެވެ. ފުނަދުއަށް އަތޮޅުގެ ވެރިކަން ބަދަލުކުރެވުނީ 1968 ވަނަ އަހަރުގައެވެ. އޭގެކުރިން މިއަތޮޅުގެ ވެރިކަން ކުރީ ޅައިމަގުގައެވެ.
މިއަތޮޅުގެ ގިނަ ރަށްތަކަކީ ވަރށް ކުދި ރަށްތަކެކެކެވެ. އަތޮޅުގައި އެންމެ ހެޓަރެއްވެސް ހަމަނުވާ 9ރަށް އެބައޮތެވެ. އެއީ އަތޮޅު ރަށްރށުގެ 18 އިންސައްތައެވެ. މިއަތޮޅުގެ މީހުން އުޅޭ ރައްތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑުރަށަކީ މިލަންދޫއެވެ. އެރަށުގެ ބޮޑުމިނަކީ 125.50 ހެކްޓަރެވެ. އަތޮޅުގައި މީހުން އުޅޭ އެންމެ ކުޑަރަށަކީ ކޮމަންޑުއެވެ. އެރަށުގެ ބޮޑުމިނަކީ 5.96 ހެކްޓަރެވެ.
އާބާދީ
އުނިއިތުރު ގެންނަވާ2008ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މިއަތޮޅގެ އާބާދީއަކީ 16,542 އެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާށ،އަތޮޅުގެ އާމްދަނީ ހޯދުމަށް އެންމެ ގިނަބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމުގެ ތެރޭގައި ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާއި، އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރެއެވެ. މަސްވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ރަށަކީ ކޮމަންޑުއެވެ. ދަނޑުވެރިކަން އެންމެ ރަނގަޅި ފީވަކާއި ގޮއިދޫގައެވެ. މިއަތޮޅުގެ ބިލަތްފައްސަކީ އިލޮށްޓާއި ރުކުފަތިން ތަކެތިހެދުމގައި މުޅިރާއްޖެއިންވެސް މަޝްހޫރު ރަށެކެވެ.
އިތުރުފާލަންތައް
އުނިއިތުރު ގެންނަވާ