ނޮޅިވަރަންފަރު (ހދ. އަތޮޅު)

ދިވެހިރާއްޖޭގެ ރަށެއް

މިއީ ހދ.އަތޮޅުގައި މީހުން އާބާދުވެފައިވާ ރަށް ތަކުގެ ތެރެއިން ރަށެކެވެ. ނޮޅިވަރަންފަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުތެރެއިން އެއްރަށެވެ. ކުރީގެ ތިލަދުންމަތި މިހާރުގެ ހދ. އަތޮޅަށް ނިސްބަތްވާ މި ރަށަކީ ނޮޅިވަރަމާއި ހަނިމާދޫގެ މެދުގައި އޮންނަ ހދ. އަތޮޅުން ދެވަނަޔަށް އެންމެބޮޑު ރަށެވެ.ދިވެހި ރާއްޖޭގައި އިސްލާމީ އަތޮޅިވެރިކަމެއް އެންމެ ފުރަތަމަ ކުރި ރަށަކީ ވެސް ނޮޅިވަރަންފަރެވެ. 400 އަހަރަށް ވުރެން ގިނަ ދުވަހު އަތޮޅުވެރިކަން ކޮއްފައިވެއެވެ. ތާރީޚް ފޮތްތަކުގައި މި ރަށަކީވެސް ރަން އަކުރުން ފަވާލެވިފައިވާ ރަށެކެވެ. އެދުރު ކަލޭފާނު، ޙުސެން ގަދައަހަންމައިދީ ފަދަ ބޭބޭފުޅުންނަކީ މިރަށުގެ ބަޠަލުންނެވެ. މަލަމަތި ހިތްގައިމު، ބޮޑުފަޅަކާއި ރީތިސާފު ދޮންވެލިގޮނޑުދޮށެއް ލިބިފައިވާ މި ރަށުގެ ރީތިކަމަށް އިތުރު ހިތްގައިމުކަމެއް ގެނެސް ދެނީ… އަތިރިމަތީގެސާފުކަމާއި ފިނިމައިޒާންތަކުގެ ފުރިހަމަކަމާއި ސާފުތާހިރުކަމެވެ. ރަށަށް ޒިޔާރާތްކުރާ ފަރުރުވެރިންނާއި ރަށުގެ އަހުލުވެރިން 24 ގަޑިއިރު މި ފިނިމައިޒާން ތަކުން ހިތްހަމަޖެހުން ޙާޞިލްކުރާއިރު މިކަމުގައި އެންމެ ބޮޑުޙިއްސާއެއް އޮތީ ރަށްސާފުކުރުމުގައި ޙަރަކާތް ތެރިވާ އަންހެނުންނެވެ. ރަށުތެރޭގެ ހިތްގައިމުކަންވެސް ގުޅިފާވަނީ ހަމަ މިދެންނެވި ހީވާގި މުރާލި “ފަހުލަވާނުން”ނާއެވެ. ދަނޑުވެރިކަން ކޮށްއުޅޭ މިރަށުގައި މަސްވެރިކަމަކީ ވެސް ކޮންމެވެސްވަރަކަށް ކުރަމުން އންނަކަމެކެވެ. ވިޔަފާރިވެރިން މަދު ނަމަވެސް ވާދަވެރި މާހައުލެއްގައި ވާދަކުރާ މަދުވިޔަފާރި ވެރިން ކޮޅެއްތިބުމުގެ ނަތީޖާ އަކީ ފިހާރަތަކުން ލިބެމުންދާ ޚިދްމަތް ފުރިހަމަވުމެވެ. އާބާދީގައި މިހާރު 1800 އާ ގާތްކުރާ ޢަދަދަކަށް މީހުންދިރިއުޅޭ މިރަށުގައި ގްރޭޑް 10 އަށް ކިޔަވައިދޭން މިއަހަރުމިވަނީ ފަށާފައެވެ. ރަށުއޮފީސް، ޞިއްޙީމަރުކަޒު، އަދި ރަށުކޯޓެއްގެ ފުރިހަމަ ޚިދްމަތްލިބެމުންދާ މިރަށުގެ އަހުލުވެރިން ނަމާދުކުރުމަށްޓަކައި 3 މިސްކިތް ބިނާކުރެވިފައި ވެއެވެ. އާސާރީ ބިނާތަކާ އާސާރީ އެތައް އެތައް ކަންތައްތަކެއް ހުރި މިރަށަކީ މިހާރުވެސް އެތަން ފެންނަން ހުރި މަދު ރަށްތަކުގެތެރޭން އެއްރަށެވެ. މި ގޮތުން ޢުމުރުން ވީކިހާދުވަހެއްކަން ނޭނގޭ ބޮޑު ލާމި ގަސް، ޒިޔާރާތްތައް އަދި އެދުރުކަލޭފާންމިސްކިތް، އަދި މިނޫނަސް އެތައް ކަމެކެވެ. މި ހިތްގައިމު ޗާލު ރަށުގެ މުސްތަޤްބަލް މިހާރަށްވުރެ އުޖާލާކުރުމަށްމަސައްކަތް ކުރުމުގެ ތަޥްފީޤް މާތްﷲ މިރަށުގެ އަހުލުވެރިންނަށް މިންވަރު ކުރައްވާށި……….(އާމީން)

ވެބް ސައިޓް nolhivaranfaru.com


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް