ފޮއްދޫ (ނ. އަތޮޅު)
ޚުލާސާ މައުލޫމާތު | |
އަތޮޅު | މިލަދުންމަޑުލު ދެކުނުބުރި |
އޮންނަތަން | 73� 12' 45" E 05� 44' 31" N |
އަކަމިން | |
އާބާދީ | 488 |
ދިގުމިން | 780މ |
ފުޅާމިން | 430މ |
މާލެ އާއި ހުރި ދުރުމިން | 176.18ކމ |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | އަޙްމަދު އިމްރާޙް |
ރަށު އޮފީސް ފޯން ނަމްބަރު | 6560016 (960+) |
ރަށު ފެކްސް ނަމްބަރު | 6560016 (960+) |
މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. ފޮއްދޫއަކީ އަތޮޅުގެ އެންމެ ހުޅަނގުން އޮންނަރަށެވެ. ފޮއްދޫގެ އާބާދީއަކީ 488 އެވެ. ފޮއްދޫއާއި އެންމެކައިރިއަށް އޮންނަރަށަކީ ހޮޅުދޫއެވެ.
މީހުން
އުނިއިތުރު ގެންނަވާމި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާއިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. ފޮއްދޫގެ މީހުންނަކީ ވަރަށްކެރޭ ހީވާގިބައެކެވެ. ފޮއްދޫގެ ތަރައްޤީއަށްޓަކައި މަސްވެރިކަމާއި، ދަނޑުވެރިކަން، ވަޑާންކުރުމާއި، ގެދޮރު ޢިމާރާތްކުރުން، ރޯނުވެށުމާއި، ފަންގިވިނުން، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޢުމުރުގެ މީހުންދަނީ ޙަރަކާތްތެރިވަމުންނެވެ.