މިލަދުންމަޑުލު އުތުރުބުރި

(މިސްރާބުކުރެވުނީ Shaviyani Atoll އިން)

Shaviyani Atoll Shaviyani Atoll

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: Shaviyani Atoll
އަތޮޅުގެ ނަން: Miladhunmadulu
އޮތްތަން: 6°30' N and 5°58' N
އިނގިރޭސި ކޯޑު: C
އަކުރު: Sh (ށ)
ވެރިރަށް: FUNADHOO
އާބާދީ: 14502
ރަށްތަކުގެ ޢަދަދު: 51
މިޙުން އުޅޭ ރަށްތައް: 14
އަތޮޅުވެރިޔާ: Mohamed Mahir
މީހުން އުޅޭ ރަށްތައް
ބިލެއްފަހި ފީވައް ފޭދޫ ފޯކައިދޫ ފުނަދޫ ގޮއިދޫ ކަނޑިތީމު ކޮމަންޑޫ ޅައިމަގު މާއުނގޫދޫ މަރޮށި މިލަންދޫ ނަރުދޫ ނޫމަރާ
ފަޅު ރަށްތައް


ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

މިލަދުންމަޑުލު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އުތުރަށް ނިސްބަތްވާ އަތޮޅެކެވެ. މި އަތޮޅަކީ އުތުރުން ފެށިގެން 3 ވަނަ އަތޮޅެވެ.

މިލަދުންމަޑުލު އުތުރުބުރިއަކީ މިލަދުންމަޑުލު ދެކުނުބުރިއާއި ތިލަދުންމަތީ ދެކުނުބުރިއާއި ދެމދު އޮންނަ އަތޮޅެކެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ ނ. އަތޮޅު މިލަދުއަށެވެ. އުތުރުން މިއަތޮޅާއި ގުޅެނީ ހދ. އަތޮޅާއިއެވެ. ދެކުނުން ގުޅެނީ ނ. އަތޮޅާއި އެވެ. އަތޮޅުގެ އެންމެ ދިގު ގޮތުގައި ހުރީ 37މޭލެވެ. މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ ސީ. އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 51އެވެ. އޭގެތެރޭން މީހުން އުޅެނީ 14 އަށުގައެވެ.

މިއަތޮޅުގެ ވެރިކުރަނީ ފުނަދޫގައެވެ. ފުނަދުއަށް އަތޮޅުގެ ވެރިކަން ބަދަލުކުރެވުނީ 1968 ވަނަ އަހަރުގައެވެ. އޭގެކުރިން މިއަތޮޅުގެ ވެރިކަން ކުރީ ޅައިމަގުގައެވެ.

މިއަތޮޅުގެ ގިނަ ރަށްތަކަކީ ވަރށް ކުދި ރަށްތަކެކެކެވެ. އަތޮޅުގައި އެންމެ ހެޓަރެއްވެސް ހަމަނުވާ 9ރަށް އެބައޮތެވެ. އެއީ އަތޮޅު ރަށްރށުގެ 18 އިންސައްތައެވެ. މިއަތޮޅުގެ މީހުން އުޅޭ ރައްތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑުރަށަކީ މިލަންދޫއެވެ. އެރަށުގެ ބޮޑުމިނަކީ 125.50 ހެކްޓަރެވެ. އަތޮޅުގައި މީހުން އުޅޭ އެންމެ ކުޑަރަށަކީ ކޮމަންޑުއެވެ. އެރަށުގެ ބޮޑުމިނަކީ 5.96 ހެކްޓަރެވެ.

2008ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މިއަތޮޅގެ އާބާދީއަކީ 16,542 އެވެ.

ށ،އަތޮޅުގެ އާމްދަނީ ހޯދުމަށް އެންމެ ގިނަބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމުގެ ތެރޭގައި ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާއި، އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރެއެވެ. މަސްވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ރަށަކީ ކޮމަންޑުއެވެ. ދަނޑުވެރިކަން އެންމެ ރަނގަޅި ފީވަކާއި ގޮއިދޫގައެވެ. މިއަތޮޅުގެ ބިލަތްފައްސަކީ އިލޮށްޓާއި ރުކުފަތިން ތަކެތިހެދުމގައި މުޅިރާއްޖެއިންވެސް މަޝްހޫރު ރަށެކެވެ.

އިތުރުފާލަންތައް

އުނިއިތުރު ގެންނަވާ

ށ.އަތޮޅު އޮފީހުގެ ވެބްސައިޓް


ދިވެހިރާއްޖޭ ގެ އަތޮޅުތައް

ހއ. އަތޮޅު   ހދ. އަތޮޅު   ށ. އަތޮޅު   ނ. އަތޮޅު   ރ. އަތޮޅު   ބ. އަތޮޅު   ޅ. އަތޮޅު   ކ. އަތޮޅު   އއ. އަތޮޅު   އދ. އަތޮޅު   ވ. އަތޮޅު   މ. އަތޮޅު   ފ. އަތޮޅު   ދ. އަތޮޅު   ތ. އަތޮޅު   ލ. އަތޮޅު   ގއ. އަތޮޅު   ގދ. އަތޮޅު   ޏ. އަތޮޅު   ސ. އަތޮޅު