ކުރެންދޫ (ޅ. އަތޮޅު)
މި ރަށަކީ ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.
މި ރަށުގެ ނަމަކީ ކުރެންދޫ ނަމަވެސް، ކޮންމެވެސް ޒަމާނެއްގައި މި ނަމަށް "ލޯ" އިތުރުކޮށް "ލޯކުރެންދޫ" ކިޔަން ފަށައިފައިވެ އެވެ. ކުރެންދޫގެ ނަމަށް މި ނަންއިތުރު އެއްކުރެވުނު ސަބަބަކީ، އެ ރަށުގައި ހުންނަ އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީގެ ޒިޔާރަތުގެ ފުރާޅުގައި ލޯޖަހާފައި ހުންނާތީ ކަމަށް ތާރީޚު ދިރާސާކުރައްވާ މުހިންމު ފަރާތަކުން މަޢުލޫމާތު ދެއްވި އެވެ.[1]
އެވޭލާ ޒަމާނުގައި މިރަށަށްވެސް ކިޔައިއުޅުނީ ކުރެއްދޫ (ކުރެދި ހެދިފައިވާ ރަށް) ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފާދިއްޕޮޅުގައި އެހެން ކުރެއްދުއެއް އޮތުމާ އެކު، ދެރަށް ވަކިކުރުމުގެ ބޭނުމުގައި އެއް ރަށުގެ ނަމަށް ނަންއިތުރެއް "އިތުރު" ކުރަންޖެހުނީ ނޫންބާވައޭ މިއީވެސް އުފެދޭ ސުވާލެކެވެ.[1]
މީހުން
އުނިއިތުރު ގެންނަވާމި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާއިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ