އިހަވަންދޫ (ހއ. އަތޮޅު)

އިހަވަންދޫ އަކީ އިހަވަންދިއްޕޮޅުގެ ވެރިކަން ކުރާ ރަށެވެ. އަދި ހއ އަތޮޅުގެ ދެވަނައެވެ.

ހ.އ.އިހަވަންދޫ ހ.އ.އިހަވަންދޫ

ޚުލާސާ މައުލޫމާތު
އަތޮޅު ތިލަދުންމަތީ އުތުރުބުރި-(ހ.އ)
އޮންނަތަން ހ.އ.އިހަވަންދޫ ލޮންގިޓިއުޑް،އިރުން "33'55°72 އަދި ލެޓިޓިއުޑް،އުތުރުން "17'57°06
އަކަމިން
އާބާދީ 4557
ދިގުމިން 860m
ފުޅާމިން 880m
މާލެ އާއި ހުރި ދުރުމިން 312.83 km
އިދާރީ މައުލޫމާތު
ރަށު ކަތީބު {{{island_chief}}}
ރަށު އޮފީސް ފޯން ނަމްބަރު +960 6500013
ރަށު ފެކްސް ނަމްބަރު +960 6500013


ހ.އ.އިހަވަންދޫއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލެ އާ 312.83 ދުރުގައި ހައްދުންމަތީ އުތުރުބުރީގައި އޮންނަ ރަށެކެވެ.މިރަށުގެ ބޮޑުމިނުގައި 101ހެކްޓަރު (ދިގުމިނުގައި 1.52ކިލޯމީޓަރު އަދި ފުޅާމިނުގައި 860މީޓަރު) ހުރެއެވެ.

ރަށުގެ ޖުމްލަ އާބާދީ އަކީ 4557.

މިރަށުގައި އާމްދަނީ ހޯދުމަށް ކުރެވޭ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.މަސްވެރިކަންކުރުމަށް މިރަށުގައި 40 މަސްދޯނި ވާއިރު އޭގެތެރެއިން މަދު ދޯންޏެއްނޫނީ ހުރިހާ ދޯނޏަކީވެސް 75 ފޫޓާއި 80 ފޫޓާ ދެމެދުގެ ބޮޑެތި ފައިބަރު ދޯނިފަހަރެވެ.މަސްވެރިކަން ރަނގަޅުވެއްޖެނަމަ ރަށުގެ ކޮންމެ މަސްވެރިއަކަށްވެސް 8000 ނުވަތަ ނުވަހާސްރުވިޔާ ހަފްތާއަކަށް ލިބެއެވެ.ރަށުގެ މައިގަނޑު ވިޔަފާރިތައް ފަށާފައިވަނީވެސް އަދި ރައްޔިތުން އިސްނަގައިގެން އިމާރާތްކޮށްފައިވާ ގިނަ އިމާރާތްތަކަކީވެސް މިމަސައްކަތުން ލިބޭ އާމްދަނީއިން ކޮށްފައިވާ ކަންތަކެވެ.އަދި ފައިބަރު ދޯނިފަހަރު ބަނުމުގައި ވެސް ލޯނު ނަގައިގެން ކުރަނީ ދޯނީގެ 50އިންސައްތަމަސައްކަތެވެ.

ރަށުގައި 11 ވަދުދޯންޏާއި، އަތޮޅުތެރެއަށާއި މާލެއަށް ދަތުރުކުރާ 1 ސަތަރި ދޯނި އަދި 3 ބައްތެލި ވެއެވެ.މިރަށުގައި އަ މިއްލަފަރާތްތަކުން ހިންގާ 34 ފިހާރައާއި 3ސައިހޮޓާ ހުރެއެވެ.އަދި ފެހުމުގެ މަސައްކަތްކުރާ 14 ތަނަކާއި 6 ވަޑާންގެއާއި 2ވޯކުޝޮޕު ހުރެއެވެ.

މިރަށުގައި 'އިހަވަންދޫ މަދަރުސާ'ގެ ނަމުގައި ސަރުކާރުން ހިންގާ ސުކޫލެއް ހުރެއެވެ.މިތަނުގައި ގުރޭޑު 12ގެ ފެންވަރަށް ތައުލީމު ހާސިލް ކުރެވެއެވެ. މިތަނަކީ އިހަވަންދޫ ރައްޔިތުން ކުރިން ހިންގަމުން އައިސްފައިވާތަނެކެވެ.ރައްޔިތުން ސަރުކާރާ މިތަން ހަވާލުކުރި އިރުވެސް މިތަނުގައި ގުރޭޑު 11 ގެ ފެންވަރަށް ތައުލީމުހާސިލް ކުރެވެއެވެ. އިހަވަންދޫ މަދަރުސާގައި ލައިބްރަރީއަކާއި ފިޒިކްސް އަދި ސައިންސް ލެބޯޓްރީއެއްގެ އިތުރުން ކޮމްޕިޔުޓަރ ލެބެއްގެ ޚިދުމަތް ލިބެންހުރެ އެވެ. އިންޓަރނެޓްގެ ޚިދުމަތް މުދައްރިސުންނަށާއި ދަރިވަރުންނަށް ދަނީ ލިބެމުންނެވެ. މިރަށުގައި އަމިއްލަ ޖަމިއްޔާއަކުން 'ވަފާ ޕްރީ ސްކޫލް' ގެ ނަމުގައި ހިންގާ (ޔޫކޭޖީ އާ ހަމައަށް ކިޔަވާދޭ) ޕްރީ ސްކޫލެއް ހުރެއެވެ. އަދި ގުރޭޑް ބާރައާ ހަމައަށް ކިޔަވާދޭ 3 ޓިއުޝަން ސެންޓަރުވެސް ހުރެއެވެ.

މިރަށުގައި ސަރުކާރުން ހިންގާ އެއް ސިއްހީ މަރުކަޒުހުރެއެވެ.ރަށުގައި ހުންނަނީ އެއް ޑޮކްޓަރާއި ދިވެހި ބޭސްކުރާ އެކަކެވެ.މީގެ އިތުރުން ހެލްތުވޯކަރަކާއި ނަރުހެއް އަދި ފެމިލީ ހެލްތުވޯކަރަކާއި 3 ފޫޅުމައިން ތިބެއެވެ.ރަށުގައި ހުންނަނީ ޖުމްލަ 2 ބޭސްފިހާރައެވެ.މިދެތަނަކީވެސް އަމިއްލަ ފަރާތްތަކުން ރަށުގައި ހިންގާ ތަންތަނެވެ.ޔުނިސެފްގެ އެހީގައި ،މިރަށުގައި 30 ޖެނުއަރީ 1993 ގައި ބިންގާއަޅާ 23 މެއި 1995 ގައި ހުޅުވާފައިވާ އަންހެނުންގެ މަރުކަޒެއް ހުރެއެވެ.ރައްޔިތުން އިސްނަގައިގެން ބިނާކުރި މިމަރުކަޒަކީ ސިއްހީ ހިދުމަތުގެ ފެންވަރު ދަށް މިރަށުގައި ސާފުތާހިރު މާހައުލެއްގައި ވިހެއުމުގެ ފުރުޞަތު ހޯދައިދިނުމަށް ބިނާކުރެވިފައިވާތަނެކެވެ.

ރަށުގައި މޫދަށް ގުޅާފައި ހުންނަ ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފަވެއެވެ.ރަށަށް ކަރަންޓުދެނީ އިހަވަންދޫ ފެނަކަ ބުރާންޗުންނެވެ..އެ އިންޖީނުގެއިން ރަށަށް 24 ގަޑިއިރު ދެމުން ގެންދެއެވެ..ރަށުގެ718 ގޭގައި މީހުން ދިރިއުޅެމުންދާއިރު މީގެތެރެއިން އިމާރާތްކޮށްނިމި ފުރިހަމަވެފައިވަނީ710 ގެއެވެ.އަދި 718 ގޭގައި ފާހާނާ ތަށި ބެހައްޓާފައިވާއިރު، 718 ގެއެއްގައި ފެންމޯޓަރުވެސް ހުރެއެވެ.ރަށުގެ ވަޅުފެން މީރުނަމަވެސް ވާރޭފެން ރައްކާކުރާ އާއްމު 32 ތާންގާއި އަމިއްލަ 913ތާންގި ހުރެއެވެ.

މިރަށުގައި އިހަވަންދިއްޕޮޅު ހޮސްޕިޓަލް ހުރެއެވެ.

މިރަށަކީ ދިވެހިރާއްޖޭގެ 9 ވަނައަށް އެއްމެ އާބާދީ ބޮޑު ރަށެވެ.

ސުނާމީގައި ލިބުނު ގެއްލުން

އުނިއިތުރު ގެންނަވާ

މިރަށަށް 26 ޑިސެމްބަރު 2004ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގެ އަސަރު ކޮށްފައިވެއެވެ.މިގޮތުން ރަށުގެ ހުޅަނގު އުތުރު ކަންމަތިން އަރައިގެން 50 ފޫޓު އެތެރެއަށް ރާށުއަރާ ރަށުގެ ދަނބުވާ ކިޔާ ސަރަހައްދުގައި 200 ފޫޓަށް ލޮނުގަނޑުފެތުރިފައިވެއެވެ.މިތަނުގައި 1 ފޫޓު ފުންމިނުގައި ފެންހެދިފައިވިއެވެ.އަދި ޖުމްލަގޮތެއްގައި ބުނާނަމަ މުޅިރަށުގެ ތިންބައިކުޅައެއްބައިގާ ފެންބޮޑުވެފައިވިއެވެ.އަދި ރާޅު އަރާ ފައިބައިގެން ދިޔުމުގެ ތެރޭގައި ރަށުގެ ވާޓަރުގެ 960 ފޫޓު ދަށުން ފަސްގަނޑު ބަނދަރުތެރެއަށް ދަމައިގަތުމުގެ ސަބަބުން ވާޓަރުވަނީ ކަނޑައިގެން ގޮސްފައެވެ.އަދި މިހާދިސާގައި 2 ދޯންޏަށް ގެއްލުންވެފައިވެއެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް