ދިއްދޫ (ހއ. އަތޮޅު)

ދިވެހިރާއްޖޭގެ ރަށެއް

Dhiddhoo

ޚުލާސާ މައުލޫމާތު
އަތޮޅު Haa Alif Atoll
އޮންނަތަން
އަކަމިން
އާބާދީ 3468
ދިގުމިން 2000m
ފުޅާމިން 350m
މާލެ އާއި ހުރި ދުރުމިން 302.46km
އިދާރީ މައުލޫމާތު
ރަށު ކަތީބު
ރަށު އޮފީސް ފޯން ނަމްބަރު 650019 960+
ރަށު ފެކްސް ނަމްބަރު 650019 960+
For other islands see Dhiddhoo

ދިއްދޫ އަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ބޮޑުތިލަދުންމަތި ދެބައިވީއްސުރެ ހއ. އަތޮޅުގައި ވެރިކަން ކުރަމުން ގެންގޮސްފައިވަނީ ދިއްދޫގައެވެ. ނަމަވެސް 1977 ހިސާބުގައި ވަރަށްކުޑަ ދުވަސްކޮޅަކު ހއ. ހޯރަފުށީގައި އަތޮޅުވެރިކަން ކުރެވުނެވެ. އޭގެފަހުން އަތޮޅުވެރިކަންކުރާ ރަށަކީ ދިއްދޫއެވެ. ދިއްދުއަކީ ލަފާފުރަންފަސޭހަ ބޮޑުފަޅެއް އޮންނަރަށެކެވެ. ރަށުގެ ހުޅަނގުފަރާތުގައި ފަޅުއޮންނާތީ އެފަޅަކީ ހުޅަނގުމޫސުމުގައި ވަރަށްގަދަވާ ފަޅެކެވެ. ސަރުކާރުން ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ދިއްދޫގައިވަނީ 1200 ފޫޓް ދިގުމިނުގެ ފަޅެއްހަދާ ބޮޑުހިލަ ޖަހާދީފައެވެ. ދިއްދޫގެ ތާރީޚަށް ބަލާލާއިރު ދިއްދުގެ ދެކުނުކޮޅުގައި ކުރީޒަމާނުގައި ރުއްގަނޑެއް އޮތެވެ. ބުނެވޭގޮތުގައި މި ރުއްގަޑަކީ އުތީމު މުޙައްމަދު ތަކުރުފާނު ބެލެހެއްޓެވި ރުއްގަޑެކެވެ. ބުނެވޭގޮތުގައި އެރަށުގައި މިހާރު ފެންނަން ހުންނަ ޢީދުމިސްކިތް ބިނާކޮށްފައިހުރީ އުތީމު މަހާރަދުން އައްސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް، ބިނާކުރައްވާފައިވާ މިސްކިތެއްހުރި ތާނގައެވެ. މިމިސްކިތް ބިނާކޮށްފައިވަނީ 15 ޝަޢުބާން 1359ހ. 18 ސެޕްޓެމްބަރ 1940މ. ގައެވެ.

ދިއްދޫއަކީ މާޒީވެދިޔަ ތާރީޚްގެ ތެރޭގައި ވަރަށް އާދަޔާޚިލާފު ގޮތަކަށް މުޅިރަށް ފެންވެފައިވާ ރަށެކެވެ. "ރަށްފެންވުން" މިބަސް ދިއްދޫމީހުން ބޭނުންކޮށްއުޅުނީ އެރަށުގައި ހުރި ދެ ގެއެއްފިޔަވައި ހުރިހާ ގެދޮރަކާއި ހަރުގެފަދަ ތަންތަން އަނދާ އަޅިއަށްވެ ދިޔަ ހާދިސާއާ ގުޅިގެންނެވެ. މިކަން ހިނގާފައިވާ ގޮތެއްކަމަށް އޭރުގެ މީހުން ބުނެއުޅޭގޮތަކީ " ދިއްދުއަކީ އެޒަމާނުގައި ( ފަންރިޔާނެގި ޒަމާނުގައި ) ރިޔާވިޔާ ރަށެއްކަމަށެވެ. ރަށުގެ ހުޅަނގުފަރާތަކީ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްކަމަށްވާތީ ހުރިހާ ހަރުގެއެއް ހުންނަނީ އެފަރާތުގައެވެ. އަދި އެޒަމާނުގައި ގެދޮރު ހެދިފައިހުންނަނީ ފަނުންކަމަށްވާތީ މުޅިރަށުގައި އޮންނަނީ ފަންގިގެތަކާއި ފަންގިން ހަދާފައިވާ ފުޅަށްގަޑުތަކާއި ހަރުގަތެކެވެ. ކޮންމެއަކަސް ރަށުގެ ހުޅަނގުފަރާތު އުތުރުކޮޅުގައި ރިޔާވިޔަން މީހުންތިބެނީ ހަރުގެތަކާ ކައިރީގައެވެ. ދިއްދުއަކީ އެޒަމާނުގައި ބޭރުދަތުރުކުރާ ބައްތެލިފަހަރު ގެންގުޅުނު ރަށެކެވެ. އެއްފަހަރަކު މިގޮތަށް ބޭރުދަތުރު ދިޔަ ބައްތެއްޔަކުން މުދާ ބޭލުމުގެ ތެރޭގައި ބައެއްސާމާނު ތެމުނެވެ. ތެމުނު އެއްޗެހީގެރޭގައި އަލިފާން ފޮށިތަކެއްވެސް ތެމުނެވެ. މި އަލިފާންފޮށިތައް ހިއްކަންވެގެން ބަހައްޓާފައިހުއްޓާ އެހިސާބުގައި ކުޅެންއުޅުނު ނުވަތަ މޫދަށްއެރި އުޅުނު ކުދިބަޔަކު ތެރޭން ކުއްޖަކު އަލިފާންފޮށިން ދަނޑިއެއްނަގައި އަލިފާން ރޯކުރުމަށްފަހު އެކުއްޖާގެ އަތަށް ހޫނުވުމާއެކު އެދަނޑި އެއްލާލެވުނީ އެއްކަލަ ރިޔާވިޔަން އެއްކޮށްފައިވާ ފަންތަކުގެ ތެރެއަށެވެ. އެސާހިތަކުން އެ ފަންތަކުގައި ރޯވެއްޖެއެވެ. ދުވަހަކީ ރަގަޅަށް ވައިޖެހޭ އަވިގަދަ ދުވަހެކެވެ. އެހެންކަމުން ހިކފައިހުރި ފަންތަކުގައި ހިފުމާއެކު ލަހެއްނުވެ ޖެހިގެންހުރި ހަރުގޭގައި އަލިފާން ހިފައިފިއެވެ. އެދުވަހަކީ ރައްޔިތުންގެ ތެރެއިން ހުރިހާމީހުންވެސް މަހަށްދިޔަ ދުވަހަކަށްވާތީ ރަށުގައި މީހުން ވަރަށް މަދުކަމަށްވެއެވެ. އެހެންކަމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެ ގިނައަދެއްގެ ބަޔަކު ނެތުމާއެކު ހަރުގެތަކުގައި ރޯވަމުން ރަށުތެރެއަށް އަލިފާން ފެތުރިގެންދިޔައީ ވަރަށް އަވަހަށެވެ. އަދި ގޭގޭގައި ހުރި ހިފާގެންގުޅޭ ސާމާނާއި މުދާތަށް އެވަގުތު ގޭގައިއުޅުނު މީހުންވެގެން އަތިރިމައްޗަށް ( ވައިމައްޗަށް ) ނެރުނުކަމަށް ބުނެއެވެ. އެދުވަހު ރަށުގެ ރައްޔިތުންގެ ތެރެއިން މަހަށްދިޔަ މީހުން ރަށަށްއައީ ރަށުން ވަރަށްގަދަޔަށް ދުންއަރާތަން ފެނުމުން ރަށުގައި ކޮންމެވެސް ކަމެއްވެއްޖެކަން އެގިގެންނެވެ. އެމީހުން ރަށަށް އައިއިރު މުޅިރަށްވަނީ އަނދާ އަޅިއަށްވެފައެވެ. ދެން ހުރިހާ އޮޑިދޯނިފަހަރުގެ މީހުންވެގެން ފެންޖަހާ އަލިފާން ނިއްވާލީއެވެ." މިއީ މިހާދިސާ ހިނގިގޮތްކަމަށް ކިޔާއުޅޭގޮތެވެ.

މިހާދިސާގައި އެރަށުގައި ނާދާހުރީ އެންމެ ދެގެއެއްކަމަށް ބުނެއުޅެއެވެ. އެއީ ދިއްދޫ އަލިހާޖީ ދެގެއެކެވެ. މި ދެގެ ހުންނަނީ ރަށުގެ ދެކުނުން އެންމެ އިރުމަތީގައި ކަމަށްވެފައި އޭރުވެސް މިދެގެ ހުރީ އީޓު ޖަހާފައިކަމަށްވާތީ މިހިސާބަށް އަލިފާނުގެ އަސަރު ކޮށްފައިވާލެއް ކުޑަކަމަށްވުމަކީ އެކަށިގެންވާ ކަމެކެވެ. މި ހާދިސާގައި ބިރުން ފިލަންވެގެން ގެއެއްގެ ބޮޑުއަށި ތަންދޮށަށް ވަން ދެކުއްޖަކު ފިހިގެން މަރުވިކަމަށް ވެއެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް