ކުޅުދުއްފުށި (ހދ. އަތޮޅު)
ކުޅުދުއްފުށި | |
---|---|
ޚުލާސާ މައުލޫމާތު | |
އަތޮޅު | ތިލަދުންމަތީ ދެކުނުބުރި |
އޮންނަތަން | |
އަކަމިން | |
އާބާދީ | 4262އަންހެން ، 4136 ފިރިހެން (2009 ޑިސެމްބަރ 31 ގައި) |
ދިގުމިން | 2500m |
ފުޅާމިން | 800m |
މާލެ އާއި ހުރި ދުރުމިން | 274.15km |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | |
ރަށު އޮފީސް ފޯން ނަމްބަރު | 6521170 960+ |
ރަށު ފެކްސް ނަމްބަރު | 6527552 960+ |
ކުޅުދުއްފުށްޓަކީ ހދ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އަދި ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ މީހުން ގިނަ ރަށެވެ. މާކެޔޮޅުކަމުދިޔުމާއި ބޯޓުދަތުރުކުރުން މިއީ މިރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ގޮތުގައި ފާހަގަކުރެވޭ ދެމަސައްކަތެވެ. މީގެއިތުރުން މިރަށަކީ ރޯނުވެށުމަށް އެންމެ މަޝްހޫރު މީހުން ތިބި ރަށްކަމަށް ފާހަގަ ކުރެވިފައިވާ ރަށެވެ. މިރަށުގެ މީހުން ދިރިއުޅުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުމާއި، ރޭނުމާއި، ސިމެންސީގެ މަސައްކަތާއި، ކަނބުރުވެރިކަން ފާހަގަ ކުރެވެއެވެ.
ޤުދުރަތީ ޙާދިސާތަކުގެ ތެރެއިން 1812 ، 1819 އަދި 1821 މިއަހަރުތަކުގައި އައި ގަދަ ވަޔާއި ވިއްސާރައިގެ ތޫފާން ތަކުގައި މިރަށަށް ވަރަށް ބޮޑަށް ގެއްލުން ލިބުނުކަމަށްވެއެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނު ކަމަށް ތާރީޚް ބުނެއެވެ.
މިރަށަށް ޚާއްޞަ ކަންތައްތަކުގެ ތެރޭގައި މިރަށުގައި ކުޅެވޭ ޘަޤާފީ ކުޅިވަރު ތަކުގެ ތެރެއިން ދަމުހިނގުން (ނުވަތަ މާލިކުޅިވަރު) ފާހަގަ ކޮށްލެވެއެވެ. މިކުޅިވަރު މިހާރު ކުޅެ އުޅެނީ ބޮޑުޢީދު ކަހަލަ މުނާސަބަތު ތަކުގައެވެ. މީގެ އިތުރުން، މިރަށުގައި ތައްޔާރުކުރާ ހާލުފޮޅިއާއި މަސްބޮނޑިއަކީ މިރަށަށް ޚާއްޞަ ކެއުމުގެ ދެބާވަތެކެވެ.