ވައިކަރަދޫ (ހދ. އަތޮޅު)

ދިވެހިރާއްޖޭގެ ރަށެއް


ޤުދުރަތީ ގޮތުން ބޮޑު ތިލަދުންމަތި ކަމަށް ބެލެވެނީ ގައްލަންދެއަތޮޅާއި ތިލަދުންމައްޗެވެ. ސަރުކާރު ހިންގުމަށް ފަސޭހައަކަށްޓަކައި 1958 މާޗް 1 ގައި ތިލަދުންމަތި ދެބަޔަށް ބައިކޮށް ހއ. ހދ. އަށް ސަރުކާރުން ހަމަޖައްސާ ފައިވެއެވެ. ތިލަދުންމަތި އެއީ ސަރުކާރުން ވަރަށް ސަމާލުކަންދީ ޚާއްސަގޮތެއްގައި ބަލަމުން އަންނަ އަތޮޅެކެވެ. މީހުންގެ ނިސްބަތުންނާއި މާލީގޮތުންނެވެ. އުތުރު ބަޣާވަތަށްފަހު ސަރުކާރުހިންގަވަން ތިއްބެވި ވެރިން ސިޔާސީގޮތުން ވަރަށް ޖެހިލުންވާ ބަޔަކު އުޅެމުން އަންނަ އަތޮޅެކެވެ. މިބަޣާވާތުގައި ތިލަދުންމަތީގެ ވަރަށް ގިނަބަޔަކު ޝަރީއަތްކޮށް އަރުވާލެވިފައިވެއެވެ. މިބަޣާވާތުގައި ވައިކަރަދޫގެ ބަޔަކު އަމަލީގޮތުން ބައިވެރި ވުމާއި ގުޅިގެން މާލެގެންނަވައި ޝަރީއަތްކޮށް އަރުވާލެވުނު ކަމުގައިވެއެވެ.
ވައިކަރަދޫ ގައި މީހުން އުޅެން ފެށިފައިވާ ތާރީޚެއް ނޭގުނު ކަމުގައި ވިއަސް(ގާތް ގަޑަކައް މީލާދީ ސަނަތުން 1872 ގައި) ބުނެވޭ ގޮތުގައި ކޭލަކުނު ތަޅާލި ވިއްސާރައަށްފަހު ރާއްޖޭގައި މީހުން އުޅެން ފެށިރަށްތައް ވަރަށްގިނައެވެ. އެގޮތުން ވައިކަރަދޫގައި އެންމެ ފުރަތަމަ އުޅުނީ ތުއްކޮއިބޭ ކިއާ މާލޭ މީހެކެވެ. މީނާއަކީ ސަރުކާރުން ސިޔާސީ މަސްއަލައެއްގައި މަކުނުދޫއަށް އަރުވާލާފައި ހުރި މީހެކެވެ. ވައިކަރަދޫ އަށް މީނާ އައިކަމަށް، ތުންތުން މަތީން ދެކެވެމުންދާ ވާހަކަ ތަކުން ދޭހަވަނީ، މަކުނުދޫ ގައި ދިރިއުޅެން ދަތިވެ ކާބޯތަކެތި ލިބެން ނެތުމުންނެވެ. މިތުއްކޮއިބޭ ވައިކަރަދޫއަށް އައީ އަނބި ދަރިންނާއި އެކުގައެވެ. ދެން އެއަށް ފަހު ހުކުރުބޭ ކިއާ މީހެކެވެ. މީނާ އައި ކަމަށް ވަނީ އުތުރުވައިގައި ކުރިބީން ފުރައިގެން ކަދުފައްޗެއް ގައި ދެދޫލީ ފައްޔެއްގައި ޖަހާފައި ކަމަށް ވެއެވެ. މީނާ އަށް ފަހު ރާހަސަންބޭ ކިއާ މީހަކު ދިރި އުޅެން ފެށި ކަމުގައި ވެއެވެ. މީނާ އަކީ ކޮން ރަށަކުން އައި މީހެއް ކަމެއް އެގޭނޭ ގޮތެއް ނުވިއެވެ. އަދި ނޭކުރެންދޫ ގުދުއާދަންބޭގެ ދެމަފިރިން އައިސް ވައިކަރަދޫގައި ވަޒަންވެރިވި ކަމަށް ވެއެވެ. މިގުދު އާދަންބޭގެ ދަރިން ކައިވެނީގެ ގޮތުން ގުޅުނުކަމަށް ވަނީ ހުކުރު ޢާއިލާގެ މީހުންނާއެވެ. މިކަން ހާމަކޮށްދެނީ މިރަށު ކަތީބުކަލޭފާނުވެރިކަން ކުރެއްވި ދުވަސްވަރު ލިޔަންފެށުނު އާއިލީޗާޓް އަކުންނެވެ. މިމީހުންގެ ތެރެއިން ވެރިއެއް ކަމުގައި ބަލައިގަތީ ރާހަސަންބޭ އެވެ. ރާހަސަންބޭ ވެރިކަން ކުރި ކިއްލާ ނުވަތަ ދަރުބާރުގެ މިރަށު ކާޑުގޭ ދެކުނުން މިހާރު އޮންނަ ހުސް ބިމުގައި ވަރަށް ފަހަކާއި ޖެހެން ދެން ފެންނަށް ހުއްޓެވެ. މިތިން އާއިލާ ވައިކަރަދޫގައި ދިރިއުޅެން ފެށީ ވައިކަރަދޫއަކީ ފެންރަނގަޅު، މުޑުވައް ރަނގަޅު، ލަފާފުރުމުގައި ފަސޭހަތަކެއް ހުރި ރަށެއްކަމަށް އެބައިމީހުންނަށް ފެންނާތީއެވެ. ތުއްކޮއިބޭ ވައިކަރަދޫއަށް އައިއިރު ހުރީ މިރިއްސާއި މަގޫ ގަސް ގަހެވެ. މީގެ އިތުރަށް ބޮޑު ދެ ކާނިގަހަކާއި ބޮއިގަހެއް ހުއްޓެވެ. ރުއްގަހާއި ފަލަމަޑީގެ އެއްވެސް ބާވަތެއްގެ ގަހެއް ނެތެވެ. މިހާރު ވައިކަރަދޫން ފެންނަން މިހުރި ގަސްގަހަކީ މިބައިމީހުން ދިރިއުޅެންފެށި ފަހުން އިންދާ ހައްދާފައި ހުރި ގަސްކަމުގައި ބުނެވެއެވެ.
މިބައިމީހުން ދިރިއުޅެމުން އައި އިރު ބޭނުންކުރި މިސްކިތާއި ގަބުރުސްތާނު ހަދާފައި ވަނީ އަވަށާއި މާދުރުގައި އޮންނަ ސަރަހައްދެއްގައެވެ. އަދި ގުންބަރު ކިއާ ސަރަހައްދަކާއި މާމިސްކިތާއި ކުޑަމިސްކިތޭ ކިއާ ސަރަހައްދެއްވެސް އޮވެއެވެ. އަދި މީގެ އިތުރަށް ޓައްގޮވާ މިސްކިތޭ ކިއުނުތަނެއް ހުންނަކަމުގައިވެއެވެ. ވައިކަރަދޫގައި މީހުން ދިރިއުޅެންފެށި މިތަންތައް ހެދިފައި ވަނީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް އެގޭނެގޮތެއް ނެތެވެ. މިހާތަނަށް އައިއިރު އެއްވެސް މީހެއްގެ ފަރާތުން، ވައިކަރަދޫގައި އިސްލާމް ދީން ފިއަވާ އެހެން ދީނެއްގެ ބަޔަކު ދިރިއުޅުނު ކަމުގެ މައުލޫމާތެއް އަޅުގަޑަކަށް ލިބިފައެއް ނުވެއެވެ. އަދި ލިބޭނެގޮތެއްވެސް ނުވިއެވެ.
މީގެ އިތުރުން ވައިކަރަދޫ ހުޅަނގު ދެކުނު ކޮޅުގައި އޮންނަ ނޭކުރެންދޫ ބަލާ އުސްގަޑޭ ކިޔާ ތަނަކީ ކޮންޒަމާނެއްގައި، ކޮންބަޔަކު، ކޮންކަމަކު ހެދިތަނެއްބާ؟ މިސުވާލު ތިމާގެއަމިއްލަ ހިތާއި ކުރާނެމީހުން ނުވަތަ ކުރިމީހުން އަބަދުވެސް މިރާއްޖޭގައި ނުވަތަ ވައިކަރަދޫގައި އުޅުމަކީ އެކަށީގެންވާ ކަމެކެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް މިކަމާއިމެދު ފިކުރުކޮށްލައިފި މީހަކު އެއީ ކޮންމެވެސް ބަޔަކު ވަރަށްބޮޑު ބޭނުމެއްގައި ކޮއްފައި ހުރި މަސައްކަތެއްކަން ހިތަށް ނާރައެއް ނުހުންނާއެވެ. އިރުކޮޅެއް ވާންދެން މިބޮޑު ޢަޖާއިބާއިމެދު ފިކުރުކޮށްލެވޭނެއެވެ. އަދި މިރާއްޖޭގެ ބައެއް ރަށްތަކުގައި ވެސް ފެންނާން އެހެރަބޮޑެތި އުސް ގައުފުނިތަކާއި ވެލިފުނިތަކާއިމެދު އަހާނޭމީހެއް ބަލާނޭ ފޮތްތަކެއްނެތެވެ. މާއިހުންސުރެ އެކެއްގެ ދުލުން އަނެކެއްގެ ކަންފަތަށް އެޅެމުން އައިސްފައިވާ މުސްކުޅި ވާހަކަތަކުގައިވަނީ އެއީ ބޭރި ހެދި ތަންތައް ކަމުގައެވެ. ނުވަތަ ރޫހާނީ ތަންތައް ކަމުގައެވެ.
ނަމަވެސް ކުރިން ދެއްނެވި ބޮއިގަހާއި ގުންބަރު ކިޔާ ދެތަނުން ދޭހަވާ ގޮތުގައި ކޮންމެވެސް އެއް ޒަމާނެއްގައި ބުޑިސްޓުންގެ ބަޔަކު ވައިކަރަދޫ ގައި ދިރިއުޅެފައިވާކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. މިބޮއިގަސް މިހާރުވަނީ ސަރުކާރުން ހިމާޔަތްކޮށްފައެވެ. ބޮއިގަހަކީ ހިންދީންގެ ދީނީ ސަޤާފީ ގަހަކަށްވީއިރު ތުއްކޮއިބޭ ވައިކަރަދޫއަށް އައުމުގެ ކުރިން ވެސް މިގަސް ހުރިކަމަށްވާނަމަ މިގަހުގެ ބޭނުން ކުރިބަޔަކު މިގަސް ބޭނުންކޮށްފައިވާނީ ރާއްޖެ އިސްލާމްވުމުގެ އަހަރުތަކެއް ކުރީން ކަމުގައި ބެލެވެއެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް