ފެލިދޫ (ވ. އަތޮޅު)
ޚުލާސާ މައުލޫމާތު | |
އަތޮޅު | ފެލިދެ އަތޮޅު |
އޮންނަތަން | |
އަކަމިން | |
އާބާދީ | |
ދިގުމިން | މ |
ފުޅާމިން | މ |
މާލެ އާއި ހުރި ދުރުމިން | ކމ |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | |
ރަށު އޮފީސް ފޯން ނަމްބަރު | 6700028 (960+) |
ރަށު ފެކްސް ނަމްބަރު | 6700028 (960+) |
ފެލިދެ އަތޮޅުގެ ވެރިކަންކުރާ ރަށަކީ ފެލިދޫ އެވެ.ވ. އަތޮޅުގެ ވެރިކަން ކުރަނީ ފެލިދޫގައެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަޒުކަޒާއި އަތޮޅު ޕޮލިސް ސްޓޭޝަނާއި ޓީވީ އެމް ވ. އަތޮޅު ބިއުރޯ ޤާއިމުކުރެވިފައިވަނީ މިރަށުގަ އެވެ. ތައުލީމީ ގޮތުންނާއި ޞިއްޙީގޮތުން އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް މިރަށުން ލިބެން ހުރިކަން ފާހަގަކުރެވެއެވެ. އަދި ފެލިދޫގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެނިހެން ރައްޔިތުން މި ޚިދުމަތްތަކުގެ ބޭނުން ހިފަމުން އަންނަކަން ފާހަގަކުރެވެއެވެ.
ޖޯގްރަފީ
އުނިއިތުރު ގެންނަވާފެލިދުއަކީ ވ. އަތޮޅުގެ މެދުގައި އޮންނަ ރަށެވެ. ބިމުގެގޮތުން ބަލާއިރު މި އަތޮޅުގެ އެންމެ ބޮޑު ރަށަކީ މިރަށެވެ. އެއީ 11.8 ހެކްޓަރ އެވެ.
އިގްތިޞާދު
އުނިއިތުރު ގެންނަވާފެލިދޫ ރައްޔިތުންގެ މާލިއްޔަތަށް އާމްދަނީ ލިބޭ މައިގަނޑު ވަޞީލަތަކީ ކަރަންޓްގެ ޚިދުމަތް ދިނުމެވެ. މިރަށުގެ ރައްޔިތުންނަށް އާމްދަނީ މައިގަނޑު ވަޞީލަތްތަކަށް ބަލާއިރު ރަށުގައި ހުރި ވަޒީފާގެ ފުރުޞަތުތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި މީގެ އިތުރުން ޓްވަރިސްޓް ފިޔަފާރިއާއި މަސްވެރިކަމުގެ ޙިއްޞާވެސް އެބައޮތެވެ. އާމްދަނީ ހޯދުމަށްއަންހެނުން ކުރާ މަސައްކަތްތަކަށް ބަލާއިރު ފަންވިނުމާއި ރޯނުވެށުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެކެވެ. ފެލިދޫއަކީ ބިންގަނޑު ރަނގަޅު ފަސޭހައިން ގަސްގަހާގެހި ހެދޭ ރަށެކެވެ. ފެލިދޫގެ ގިނަގޭގޭގައި ގޯތިތެރޭގައި އެކިބާވަތްބާވަތުގެ ގަސް ހައްދައި އުޅެއެވެ. އަދި މިކަމުން އެކަށީގެންވާ އާމްދަނީ ހޯދާ މީހުންވެސް މަދެއްނޫނެވެ. ސުނާމީ ކާރިސާއަށްފަހު ރަށުގެ މަތިވަރު ރަނގަޅުވެ ރަށަށް އާރޯކަމާއި ފެހިކަން އަންނަމުންދެއެވެ.
ފަޅު ފުންކުރުމާއި ބަނދަރު ހެދުން
އުނިއިތުރު ގެންނަވާފެލިދޫގައި އެންމެ ދަތިވެފައި އޮތް ކަމަކީ ބަނދަރުގެ ކަންތަކެވެ. އެހެންނަމަވެސް 2006 ވަނަ އަހަރު ހެދުނު ބަނދަރުގެ ސަބަބުން މިހާރުއެދަތި ފިލާފައެވެ. އަދި މި ބަނދަރުގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް ހެޔޮ އަސަރުތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
އިތުރުފާލަންތައް
އުނިއިތުރު ގެންނަވާ[ފެލިދެ އަތޮޅުގެ މައި ވެބްސައިޓް]