އިންނަމާދޫ (ރ. އަތޮޅު)
މި ރަށަކީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.
މީހުން
އުނިއިތުރު ގެންނަވާމި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާރ.އަތޮޅު އިންނަމާދޫ ގެ އިގްތިސާދް ބިނާވެފައި އޮންނަނީ ވަޑާމުގެ މަސައްކަތުގެ މައްޗަސެވެ.މި ގޮތުން މުޅި ދިވެހި ރާއްޖެ އަށް ބަލާލިއަސް ކިއްސަރު ވަޑާމުގެ ފަންނުވެރިން އެންމެ ގިނައީ އިންނަމާދޫގައެވެ.ކުދި ކުދި މަސް ދޯނިން ފެށިގެން ބޮޑެތި ސަފާރީ ބޯޓް ފަހަރު ބަނުމުގެ މަސައްކަތް މި ރަށުގައި ކުރެވެއެވެ.ތަންކޮޅެއް އިހު ޒަމާނެއްގައި ބިންބި ފަދަ އެްޗެހި ހައްދައި އުޅުނަސް ފަހަކަށް އައިސް ދަނޑުވެރިކަމަކީ މި ރަށުގައި ފުޅާދާއިރާއެއްގެއި ކުރެވޭ މަސައްކަތެއް ނޫނެވެ.މަސްވެރިކަމަށް ބަލާއިރު، ނުވަދިހައިގެ އަހަރު ތަކާ ޖެހެހންދެން ރަށަކީ މަސްވެރި ރަށެކެވެ.މި ގޮތުން ފުޅާ ދާއިރާއްގައި މަހުގައި ލޮނު އެޅުމުގެ މަސަްކަތް ކުރިއެވެ.ނަމަވެސް މިހާރު މި ދާއިރާ ހީނަރު ވަމުން ގޮސް މަހަށް ދާ މީހުން ނާ ، މަސް ލާރި އަށް ހަދާ މީހުން ރަށުގައި މަދެވެ.ސަބަބެއް ކަމަށޤ ބެލެވެނީ ވަޑާން ކޮށްގެން ލިބޭ އާމްދަނީ ރަނގަޅުވުމެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރަށު ރައްޔިތުން ސީދާ ގޮތުން ބައިވެރި ވާކަމަށް ފާހގަ އެް ނުކުރެވެއެވެ. ރަށް ކައިރީގައި ރިސޯޓް އެއް ނެތުމުން ކަމަށް ވެސް ވެދާނެއެވެ، ނަމަވެސް ރިސޯޓް ތަކަށް ބޭނުންވާ ޑައިވިންގް ދޯނި ފަހަރާއި،ބޮއްކުރަޔާއި،ފެރީ އޮޑި ފަހަރު ގިނ އަދަދކަށް މި ރަށުގައި ބަނދެވޭ ކަން ފާހަގަ ވެއެވެ.