ދަރަނބޫދޫ (ފ. އަތޮޅު)

ދިވެހިރާއްޖޭގެ ރަށެއް

ދަރަނބޫދޫ ދަރަނބޫދޫ

ޚުލާސާ މައުލޫމާތު
އަތޮޅު ނިލަންދެއަތޮޅު އުތުރުބުރި
އޮންނަތަން
އަކަމިން
އާބާދީ 405
ދިގުމިން 1300މ
ފުޅާމިން 400މ
މާލެ އާއި ހުރި ދުރުމިން 138ކމ
އިދާރީ މައުލޫމާތު
ރަށު ކަތީބު އަބުދުލް ޙަމީދު އާދަމް
ރަށު އޮފީސް ފޯން ނަމްބަރު 6740521 (960+)
ރަށު ފެކްސް ނަމްބަރު 6740521 (960+)

މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ކައިރީގައި އޮންނަ އަދި އަތޮޅުގެ އާބާދީ އެންމެ މަދު ރަށެވެ. މިރަށަކީ ފަސްގަނޑު އުސް ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ. މިރަށުގެ މީހުން 1969ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލުކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން އެއިރު އެރަށުގައިތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. 34 މީހުން މަގޫދޫއަށް ނުގޮސް އެރަށުގައި ތިއްބެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި އެރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.

ޖޯގްރަފީ އުނިއިތުރު ގެންނަވާ

ދަރަނބޫދޫ އަކީ އަތޮޅުގައި އޮތް ބިމުގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ރަށެވެ. އާބާދީގެ ގޮތުން އެންމެ މީހުން މަދު ރަށް ވެސް މެއެވެ. އަދި ވެރިރަށް ނިލަންދޫ އާއި އެންމެ ކައިރީގައި އޮތް ރަށެވެ. ދިގުމިނުގެ ގޮތުން އަތޮޅުގައި އޮތް އެންމެ ދިގު ރަށެވެ. ދިގުމިނުގައި 1300 މީޓަރު ހުރެއެވެ ފުޅާމިނުގައި 400 މީޓަރު ހުރެއެވެ. މިރަށަކީ ފަސްގަނޑު އުސް ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ.

އާބާދީ އުނިއިތުރު ގެންނަވާ

2007 ޖުލައި މަހާއި ހަމައަށް މިރަށުގެ އާބާދީ އަކީ 405 އެކެވެ. މިރަށުގެ މީހުން 1969ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލުކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން އެއިރު އެރަށުގައިތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. 34 މީހުން މަގޫދޫއަށް ނުގޮސް އެރަށުގައި ތިއްބެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި އެރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.

އިގްތިޞާދު އުނިއިތުރު ގެންނަވާ

ދަރަނބޫދޫގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމާއި، އަދި ފާނައިގެ މަސްވެރިކަން، ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކާއި، މާލޭގެ އެކި އެކި ވަޒީފާތަކުގައި ވެސް ދަރަނބޫދޫ މީހުން އުޅޭކަން ފާހަގަ ކުރެވެއެވެ. ރަށުގައި އާމްދަނީ ހޯދުމުގެ ވިޔަފާރި ހިންގުމުގެ މަސައްކަތް މަދު ބަޔަކު ނަމަވެސް ކޮށް އުޅެއެވެ. ދަރަނބޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

ތައުލީމް އުނިއިތުރު ގެންނަވާ

ރާއްޖެތެރޭގައި ރައްޔިތުން ހިންގަމުން ދިޔަ ސްކޫލްތައް ސަރުކާރުގެ ތަންތަނަށް ބަދަލުކުރުމާއި ހަމައަށް ދަރަނބޫދޫ ސްކޫލް ހިންގާފައިވަނީ ރައްޔިތުންނެވެ. އަދި އެދުވަސްވަރުގެ ތެރޭގައި މިސްކޫލްގައި ކިޔަވާދެވިފައިވަނީ ގްރޭޑް 7 އާއި ހަމައަށެވެ. ދަރަނބޫދޫ ސްކޫލްގައި ސާނަވީ ތަޢުލީމް ތަޢާރަފް ކުރެވިފައިވަނީ 2005 ވަނަ އަހަރު އެވެ. އެހެން ކަމުން އަދި މިސްކޫލްގެ ފަރާތުން ޖީސީ އޯލެވެލްގައި އަދި ބައިވެރިވެފައެއް ނުވެއެވެ. އަދި މިސްކޫލްގައި ކިޔަވައިދެވެނީ ހަމައެކަނި ކޮމާރސް ސްޓްރީމަށެވެ.

1 އޮކްޓޯބަރ 2005 ގައި ދަރަނބޫދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވުމާއި ހަމައަށް މިސްކޫލު ހިންގަމުން ގޮސްފައިވަނީ ދަރަނބޫދޫ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. މިރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން 2006 ވަނަ އަހަރު ސެކަންޑްރީއަށް ކިޔަވައިދޭންފެށި މިސްކޫލުގައި މިހާރު ގްރޭޑް 09 އަށް ކިޔަވައިދެމުން ދެއެވެ. އޭގެ ކުރިން މިސްކޫލުގައި ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށް އެކި ދުވަސްވަރު ކިޔަވައިދެމުން ގޮސްފައި ވެއެވެ. ދަރަނބޫދޫގައި ޕްރީސްކޫލް ހިންގަމުން ގެންދަނީ މިރަށުގެ ސްކޫލުގެ ފަރާތުންނެވެ. މީގެ އިތުރުން މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ.

ޞިއްޙީ ޚިދުމަތް އުނިއިތުރު ގެންނަވާ

ދަރަނބޫދޫގައި ހެލްތު ޕޯސްޓެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރު ވެސް ދަރަނބޫދޫ ގައި ފެމިލީ ހެލްތު ވޯކަރެއް މަސައްކަތް ކުރައްވައެވެ. ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް ދޭން ފުރަތަމަ ފަށާފައިވަނީ އަމިއްލަ ފަރާރަކުންނެވެ. ދަރަބޫދޫގައި މިހާރު ޞިއްޙީޚިދުމަތް ދެމުންގެންދަނީ ދަރަނބޫދޫ ހެލްތް ޕޯސްޓް ގައެވެ. ކުރިން ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ޢާއިލާގެ އެހީތެރިޔަކު މެދުވެރިކޮށް ދަރަނބޫދޫ އޮފީހުގައި 02 އޯގަސްޓް 1983 ން ފެށިގެންނެވެ. ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް މިހާރު ދެމުންދާ ޢިމާރާތަކީ ރައްޔިތުންގެ އިޖުތިމާޢި މަރުކަޒެވެ. އެރަށުގައި ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި މިމަރުކަޒު ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށް ފެމިލީ ހެލްތް ސެކްޝަންގެ ނަމުގައި ޞިއްޙީ ޚިދުމަތް ދޭންފެށީ 2006 ވަނައަހަރުންގެ ފެށިގެންނެވެ. ދަރަނބޫދޫގައި ސަރުކާރުން ޢިމާރާތް ކޮށްދެއްވާ ހެލްތްޕޯސްޓް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދެއެވެ. ދަރަނބޫދޫ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ބޭސްހޯދައި ދިނުމުގެ ގޮތުން މިރަށުގެ ރައްޔިތުން ހިންގާ ބޭސްފިހާރައެއް ހުރެއެވެ.

ފަޅު ފުންކުރުމާއި ބަނދަރު ހެދުން އުނިއިތުރު ގެންނަވާ

ސަރުކާރުގެ ފަރާތުން ދާދިފަހުން ވަނީ ފަޅުކޮނުމުގެ މަޝްރޫޢު ފައްޓަވާފައެވެ. އަދި ފަޅުކޮނެ ނިމުމުން ދަރަނބޫދޫ އަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުވެ، ދަރަނބޫދޫގެ ރައްޔިތުންނަށް ފަސޭހަ ތަކެއް ލިބިގެންދާނޭ ކަމަށް އުއްމީދު ކުރެވެއެވެ. ދަރަނބޫދޫއަކީ ފަޅުގެ ދަތިކަންބޮޑު ލަފާފުރުންދަތި ރަށަކަށްވުމާއިއެކު އެރަށުގައި ސަރުކާރުން ހައްދަވަމުން ގެންދަވާ ބަނދަރުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ. މިބަނދަރުގެ މިސައްކަތްފެށީ 26 ޖުލައި 2006 ގައެވެ. ބަނދަރުގެ ބޮޑުމިނަކީ 175 × 315 ފޫޓެވެ.

ކަރަންޓް އުނިއިތުރު ގެންނަވާ

މިރަށުގައި އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ ރައްޔިތުންގެ ގޮތުން 16 ނޮވެމްބަރ 1984 ގައެވެ. އޭރު ކަރަންޓް ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ރައްޔިތުންނަށ ދެމުންދިޔަ ޚިދުމަތް އިތުރަށް ފުޅާކޮށް 1996 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުން ދެއެވެ.

ދަރަނބޫރޫ އޮފީސް އުނިއިތުރު ގެންނަވާ

މިހާރު ދަރަނބޫދޫ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. ދަރަނބޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވިފައިވަނީ 12 ނޮވެމްބަރ 1992 ގައެވެ. އޭގެ ކުރިން ދަރަނބޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ އާދައިގެ ގޮތަކަށްހަދާފައިވާ އެރަށުގެ ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު އެރަށު ކޯޓުވެސް ހުންނަނީ އެ ޢިމާރާތުގައެވެ.

ފޮޓޯ ގެލެރީ އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް