މުޙައްމަދު ޒާހިރު ޙުސައިން
ތައުލީމީ ދައުރުEdit
ޑރ މުޙައްމަދު ޒާހިރު ޙުސައިން އަކީ ދިވެހި ސަރުކާރުގައި ވަރަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ. ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިންނެވެ.
1979 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ނެރެމުން އަންނަ ދުވަހު ނޫސް ހަވީރު ނޫހުގެ މަސްއޫލް ވެރިޔަކީ ވެސް ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. ޑރ މުޙައްމަދު ޒާހިރު ޙުސައިން އަކީ ތަފާތު މައުޟޫތަކަށް ތަފާތު މަޖައްލާތަކަށް ލިޔެހައްދަވާ ބޭފުޅެކެވެ.
އަދާކުރައްވާފައިވާ ވަޒީފާތައްEdit
- ކޮލެޖްގެ ރައީސް
- މިނިސްޓަރ އޮފް އެޑިޔުކޭޝަން
- މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް
އަމިއްލަ ދިރިއުޅުންEdit
ޑރ މުޙައްމަދު ޒާހިރު ޙުސައިން ގެ އަނބިކަނބަލުންނަކީ ނާއިލާ އިބްރާހީމް ދީދީ އެވެ. ޒާހިރު ޙުސައިންގެ ދަރިންގެ ތެރެއިން ލުބުނާ ޒާހިރު ޙުސައިން އަކީ ގާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާއިގެން ހުންނެވި ބޭކަނބަލެކެވެ. އަދި މިވަގުތު ދިވެހި ރައްޔިތުން ޕާޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސާ އަކީ ވެސް ލުބުނާ ޒާހިރު ހުސައިން އެވެ.