އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ވަނީ 13 އެޕްރީލް 1952 ން ފެށިގެން 21 އޮކްޓޯބަރ 1953 ގެ ނިޔަލަށެވެ.
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނަކީ ދީނީ ތަޢުލީމު ރާއްޖޭގައި ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެނާއަކީ ދިވެހި ބަހުގެ އަދީބެކެވެ. މުޞައްނިފެކެވެ. ވާހަކަ ލިޔުއްވައި ރައިވަރު ހެއްދެވި ޝާޢިރެކެކެވެ. އޭނާ ވަނީ އަލްއީޤާޡުގެ ނަމުގައި ޢަރަބި-ދިވެހި ރަދީފެއް ނެރުއްވާފައެވެ. ދިވެހި ދައުލަތުގެ ތަފާތު ފެންވަރުގެ މަގާމުތައް މަލިމް މޫސާ މާފަތްކަލޭގެފާނު އަދާކުރައްވާފައި ވެއެވެ.
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު އަކީ މަދަރުސަތުއް ސަނިއްޔާގައި އެންމެ ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ނަސަބު
އުނިއިތުރު ގެންނަވާމަލިމް މޫސާ މާފަތްކަލޭގެފާނުގެ ބައްޕައަކީ އައްޑޫމީދޫއަށް ނިސްބަތްް ވާ އައްޝައިޚް ކުޑަ ޙަސަންތަކުރުފާނެވެ. މަންމައަކީ ކ. ހުރާ ބޭކަނބަލެކެވެ.
ފުރުއްވި މަގާމްތައް
އުނިއިތުރު ގެންނަވާ- 1900 - އެތެރެކޮއިލު މިސްކިތު މަލިންކަން
- 1904 - ފަތްލިޔާކަން
- 1947 - މަޙްކަމަތުއް ދާޚިލިއްޔާގެ ވަކީލުކަން
- 1948 - ވަޒީރުއް ދާޚިލިއްޔާގެ ނާއިބުކަން
- 13 އެޕްރީލް 1952 - 21 އޮކްޓޯބަރ 1953 - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން
ބޭފުޅުން
އުނިއިތުރު ގެންނަވާ- މަލިމް މުޙައްމަދު ފުޅު
- މަލިމް އިބްރާހީމް ކަލޭފާނު
- މަލިމް ފާތިމާ ފުޅު
އަވަހާރަވުން
އުނިއިތުރު ގެންނަވާއަވަހާރަވީ 18 ނޮވެމްބަރު 1970 ގައެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަލްފާޟިލް އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒަކީ • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • އަބްދުالله ޝާހިދު • އަބްދުﷲ މަސީހު މުހައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
އަބްދުއްރަހީމް އަބްދުالله •