އާމިނަތު ފާއިޒާ އަކީ އަދަބީ ޚިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.


އަމިއްލަ ދިރިއުޅުން

އުނިއިތުރު ގެންނަވާ

އާމިނަތު ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 ސެޕްޓެމްބަރ 1924 ގައި ގ.ބޮޑުފެންވަޅުގޭގައެވެ. އެއީ ހިޖުރައިން 29 ޞަފަރު 1343 ގައެވެ. ބައްޕަ އަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެ. މަންމައަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީ އެވެ. ޑޭޒީމާ ފާއިޒާގެ ދަރިންގެ ތެރެއިން އަލްފާޟިލާ އާމިނަތު ޢައްބާސާ އަކީ ފާހަގަކޮށްލެވޭ ޅެންވެރިއެކެވެ. އަވަހާރަވީ 25 ފެބުރުވަރީ 2011 ގައެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އާމިނަތު ފާއިޒާ ޅެންހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ ޢުމުރުން 20 އަހަރުގައެވެ. އާމިނަތު ފާއިޒާ އަކީ މަދަރުސަތުއް ސަނިއްޔާގެ ދައުރުގެ ދެވަނަ ފޯރމް (އޭރުގެ އެންމެ މަތީ ފޯރމް) އިން ނިމިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ޅެން ހެއްދެވުމުގައި އެންމެ ފާހަގަކޮށްލެވެނީ ޢިޝްޤީ ރޮނގުންނެވެ. އެންމެ ގިނަ ޅެން ހައްދަވާފައިވަނީ ވެސް އެރޮނގުންނެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވަނީ ނަމަކީ ޑޭޒީމާ އެވެ.


އަދާކުރައްވާފައިވާ ވަޒީފާތައް

އުނިއިތުރު ގެންނަވާ
  • މަދަރުސަތުއް ސަނިއްޔާގެ ނާޒިރާގެ ނާއިބާކަން
  • މަދަރުސަތުއް ސަނިއްޔާގެ މުދައްރިސާކަން
  • ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ މެންބަރުކަން
  • ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ އެހީތެރިޔާކަން