އިބްރާހީމް ރުޝްދީ އަލްއަޒްހަރީ

އައްޝައިޚް އިބްރާހީމް ރުޝްދީ (އުފަންވެވަޑައިގަތީ 15 އޮކްޓޯބަރ1897 ، ހއ.ކެލާ ) އަކީ ދިގުމުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި އަގުހުރި ދިވެހި ދަރިއެކެވެ. ޚާއްޞަކޮށް ތަޢުލީމީ ރޮނގުންނާއި، އުގަންނައި ދެއްވުމުގެ ގޮތުން ވަރަށް މަތިވެރި ޝަޚްޞިއްޔަތެކެވެ. ޢަރަބި ބަހާއި ދިވެހި ބަހުގެ ޢިލްމް ވެރިއެކެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އައްޝައިޚް އިބްރާހީމް ރުޝްދީ (އުފަންވެވަޑައިގަތީ 15 އޮކްޓޯބަރ 1897 ، ހއ.ކެލާ ) އަކީ ތިލަދުންމަތީ އުތުރުބުރީ ކެލާގެ ބޭފުޅެކެވެ. ބައްޕަ އަކީ ހއ. ކެލާ މުރަނަ މޫސާގެ މުރަނަ މުޙައްމަދު އެވެ. މަންމައަކީ ކެލާ ހައްވަ އެވެ. ބައެއް ލިޔުންތަކުގައި އުފަންވެ ވަޑައިގަތީ 28 އޮކްޓޯބަރު 1897 ( 18 ޖުމާދިލް އޫލާ 1315ހ ) ގައި ކަމަށް ލިޔެފައި ވެއެވެ.

ތަޢުލީމް ޙާޞިލްކުރެއްވުން

އުނިއިތުރު ގެންނަވާ

އައްޝައިޚް އިބްރާހީމް ރުޝްދީ ގެ އުފަންރަށަކީ ހއ. ކެލާ އެވެ. އޭނާގެ ދިރިއުޅުން ފައްޓަވައިގަތީ ވަރަށް އާދައިގެ ފެންވަރެއްގައެވެ.އޭނާ އަކީ އަމިއްލަ ހިތްވަރާއި މަސައްކަތުން ތައުލީމް ހޯއްދެވި ބޭފުޅެކެވެ. ގޭގެ ނޯކިރީ ކުރެއްވުމާއި ބޯޓް ދަތުރުކުރެއްވުމުންނެވެ. މިދަތުރުތައް ކުރެއްވި ދުވަސްވަރު އޭނާ ޤަޞްދު ކުރެއްވީ އަރަބި ބަހުގެ ތައުލީމް ހޯއްދެވުމަށް މިޞްރަށް ފައިބާ ވަޑައިގަތުމަށެވެ.އޭނާ މިޞްރަށް ވަޑައިގަތީ މީލާދީން 1913 ވަނަ އަހަރު އެވެ. މިވަރުގަދަ އަޒުމް އޭނާ ކާމިޔާބު ކުރެއްވި އެވެ. މިޞްރުގެ ޖާމިޢުލް އަޒްހަރުގައި ގިނަ ދުވަސްތަކެއް ޢިލްމް ހޯއްދެވުމުގައި އޭނާ ހޭދަކުރެއްވި އެވެ. ބުނެވޭގޮތުގައި އަޒްހަރުގައި ގާތްގަނޑަކަށް 13 ވަރަކަށް އަހަރު ކިޔަވާ ވިދާޅުވުމަށް އުޅުއްވި އެވެ. ޣައިރު ނިޒާމް ކިޔަވާ ވިދާޅުވެ ޢާލިމީ ފާސް ހޯއްދެވި އެވެ. ދިވެހި ބަހުގެ ފޮތްތައް ލިޔުއްވައި ޗާޕުކޮށް ޝާއިއުކުރެއްވިއެވެ.

ގައުމީ ޚިދުމަތުގައި

އުނިއިތުރު ގެންނަވާ

މިޞްރުން ތަޢުލީމް ޙާޞިލް ކުރެއްވުމަށް އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ މާލެވަޑައިގަތީ ގާތްގަނޑަކަށް 1927 ވަނަ އަހަރު ހިސާބުގައެވެ. އޭރު ރާއްޖޭގައި އޮތީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން(ތިންވަނަ)އިގެ ރަސްކަމެވެ. މިޞްރުން ކިޔަވައިގެން މާލެ ވަޑައިގަތުމަށްފަހު އައްޝައިޚް އިބްރާހީމް ރުޝްދީ މާލޭގައި އުފެދުނު ފުރަތަމަ މަދަރުސާ މަދަރުސަތުއް ސަނިއްޔާގެ މުދައްރިސަކު ކަމުގައި ހިމެނިވަޑައިގަތެވެ. މިގޮތުގެ މަތީން ގައުމަށް ޚިދުމަތް ކުރެއްވުމުގައި ހުންނަވަނިކޮށް އޭރުގެ ކީރިތި މަހާރަދުން އައްސުލް މުޙައްމަދު ޝަމްސުއްދީން ދައުލަތުގެ މަޝްވަރާ މަޖުލިސެއް އުފެއްދެވި ހިނދު އެމަޖުލީހުގެ މެންބަރަކު ކަމުގައި އައްޝައިޚް އިބްރާހީމް ރުޝްދީ އައްޔަން ކުރެއްވި އެވެ. އަދި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލި މަޖުލީހުގެ މެންބަރަކަށް ވެސް އޭނާ ވެވަޑައިގަތެވެ.

ފުރަތަމަ ގާނޫނީ ސަރުކާރުގައި އައްޝައިޚް އިބްރާހީމް ރުޝްދީ ފުރުއްވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ކަމުގެ މަތިވެރި މަގާމެވެ. މަޝްހޫރު މޮޓަރު ބޯޓް ގަޑުބަޑުގައި އޭނާ ސިލޯނުގެ ވެރިރަށް ކޮޅުނބަށް ފޮނުވާލިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެން އައްޝައިޚް އިބްރާހީމް ރުޝްދީ ފެނިވަޑައިގަތީ މަހުކަމަތުލް އައުޤާފުގެ ވެރިއެއްގެ ގޮތުންނެވެ. އާދެ ވަޒީރުލް އައުޤާފް ގެ މަގާމުގައި ހުންނަވަނިކޮށެވެ. މަޙްކަމަތުއް ޝަރުޢިއްޔާގެ އިސް ބޭކަލެއްގެ ގޮތުންނެވެ.

އައްޝައިޚް އިބްރާހީމް ރުޝްދީ ލިޔުއްވި ސުއްލަމުލް އަރީބު މިފޮތަކީ ދިވެހިބަހަށް އެމަނިކުފާނު ކުރެއްވި ވަރަށް ވެސް ބޮޑު ޚިދުމަތެކެވެ.

އަދާކުރެއްވި ވަޒީފާތައް

އުނިއިތުރު ގެންނަވާ
  • 20 އެޕްރީލް 1927 - މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން (އައްވަލް އުސްތާޛުކަން)
  • ބަންޑާރަ ނައިބުކަން
    • 16 ޑިސެމްބަރު 1932 : ފުރަތަމަ ފަހަރު
    • 27 ފެބުރުއަރީ 1940 : ދެވަނަ ފަހަރު
  • ގާނޫނު އަސާސީ އުފެއްދުމަށް އައްޔަންކުރެއްވި މަޖުލީހުގެ މެންބަރުކަން
  • ޝަމުސުއްދީން ހޮއްވެވި މަޝްވަރާ މަޖުލީހުގެ މެންބަރުކަން
  • 24 އެޕްރީލް 1937 - މަދަރުސާގެ މުދައްރިސްކަން
  • މަހުކަމަތުލް މަޢާރިފްގެ ވެރިކަން
    • 2 ޑިސެމްބަރު 1939 : ފުރަތަމަ ފަހަރު
    • 30 ސެޕްޓެމްބަރު 1940 : ދެވަނަ ފަހަރު
  • މަޙްކަމަތުލް އައުޤާފްގެ ޤާއިމް މަޤާމްކަން
    • 27 ފެބުރުއަރީ 1940 : ފުރަތަމަ ފަހަރު
    • 30 ސެޕްޓެމްބަރު 1940 : ދެވަނަ ފަހަރު
  • 29 ޖެނުއަރީ 1941 : މަޙްކަމަތުލް މާލިއްޔާގެ ވަކީލްކަން
  • ވަޒީރުލް އައުގާފް ކަން
    • 28 އެޕްރީލް 1951 : ފުރަތަމަ ފަހަރު
    • 15 ޑިސެމްބަރު 1957 : ދެވަނަ ފަހަރު
    • 10 ޖުލައި 1954 : ތިންވަނަ ފަހަރު
  • 3 ސެޕްޓެމްބަރު 1953 : ގާނޫނު އަސާސީ އެކުލަވާލާ މަޖުލީހުގެ މެންބަރުކަން
  • 5 ސެޕްޓެމްބަރު 1953 : މަޙުކަމަތުއް ޝަރުޢިއްޔާގެ ވެރިކަން
  • ނިޔާ ކަނޑައަޅާ ކޮމިޓީގެ މެންބަރުކަން
  • މަޙްކަމަތުއް ޝަރުއިއްޔާގެ އިސް ނާއިބުކަން
    • 1 އޮގަސްޓް 1956 : ފުރަތަމަ ފަހަރު
    • 18 ޖެނުއަރީ 1958 : ދެވަނަ ފަހަރު
  • 28 ނޮވެމްބަރު 1957 : ދަންނަ ބޭކަލުންގެ ކޮމިޓީގެ މެންބަރުކަން
  • 10 މާރޗް 1958 : ވުޒާރަތުލް މަޢާރިފްގެ ބަސްކޮމިޓީގެ މެންބަރުކަމާއި ރައީސްކަން
  • 17 ޖެނުއަރީ 1959 : ރައްޔިތުން މަޖުލީހުގެ ރަދުންގެ މެންބަރުކަމާއި ރައީސްކަން
  • 11 އޮގަސްޓް 1959 : މަޢާރިފްގެ މުދައްރިސްކަން
  • 11 ސެޕްޓެމްބަރު 1959 : މަޢާރިފްގެ 2 ނަންބަރު މުދައްރިސްކަން
  • 25 ނޮވެމްބަރު 1959 : ފަނޑިޔާރު މަނިކުފާނުގެ މުޢާވިންކަން
  • ދީނީ ރޫހުގެ މުހައްރިރުކަމާއި މުޙައްރިރުގެ ނާއިބުކަން

އައްޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވެ ވަޑައިގަތީ 29 އޮކްޓޯބަރ 1961 ، 19 ޖުމާދިލް އޫލާ 1381 ވީ އާދިއްތަ ދުވަހުގެ ހަވީރު 04:15 ގައެވެ. އައްޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވި އިރު ހުންނެވީ ވަޒީރުލް އައުޤާފްގެ މަގާމްގައެވެ. އޭނާ އަކީ ރާއްޖޭގެ ރައްޔިތުން މަޖުލީހުގެ މެންބަރެކެވެ. އެމަޖުލީހުގެ ނާއިބު ރައީސްކަންވެސް ދިގުމުއްދަތަކަށް ކުރެއްވި އެވެ. އައްޝައިޚް އިބްރާހީމް ރުޝްދީގެ ސަންދޯއްފުޅު އޭނާ ހުންނެވި ގެއިން ނެރެއްވުމުގައި އޭރުގެ ކީރިތި މަހާރަދުންނާއި، ބޮޑުވަޒީރާއި، ވަޒީރުން މަޖުލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

  • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006