ބޮޑުގަލު އިބްރާހީމް މަނިކު
ބޮޑުގަލު އިބްރާހީމް މަނިކު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ރަބީޢުލް އައްވަލް 1340 ގައި މއ. އުޑުވިލާ ގައެވެ. ބައްޕަ އަކީ އަލްމަރުޙޫމް ބޮޑުގަލު ދޮންމަނިކު އެވެ. މަންމަ އަކީ ކަނދިލި އާމިނާ ފުޅެވެ.
ޅެންވެރިކަން
އުނިއިތުރު ގެންނަވާބޮޑުގަލު އިބްރާހީމް މަނިކު ޅެންވެރިކަމުގެ މަސައްކަތް ފެއްޓެވީ ހިޖުރައިން 1365 ވަނަ އަހަރު އެވެ. ޅެންވެރިކަމުގެ ދުނިޔޭގައި ކުރިއަށް ހިންގެވީ އަމިއްލަ މަސައްކަތުންނެވެ. މައިގަނޑަކަށް ބެއްލެވީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ޅެންތަކެވެ. ޅެންވެރިކަމުގައި އަމިއްލަ ނަމެއްގެ ގޮތުގައި ބޭނުންކުރައްވަނީ ކާހިލް އެވެ. ތަފާތު ރޮނގުތަކުގައި ޅެން ހައްދަވާފައި ވެއެވެ.
އަދާކުރައްވާފައިވާ ވަޒީފާތައް
އުނިއިތުރު ގެންނަވާ- ތަފާތު އޮފީސްތަކުގެ ސެކެޓްރީކަން
- ތަފާތު އަތޮޅުތަކުގެ އަތޮޅުވެރިކަން
- ރައްޔިތުން މަޖުލީހުގެ މެންބަރުކަން
- އަމީނިއްޔާ ސުކޫލްގެ ދިވެހި މުދައްރިސްކަން
ރިފަރެންސް
އުނިއިތުރު ގެންނަވާއަބާރަނަ 1 - މަލަސް1 – 28 ޖެނުއަރީ 1982 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލިސް