ސައިކުރާ އިބްރާހީމް ނަޢީމް

ސައިކުރާ އިބްރާހީމް ނަޢީމް ދިވެހި ގައުމަށާއި އަދަބިއްޔާތަށް ޚިދުމަތްކޮށްދިނުމުގައި ފާހަގަކޮށްލެވޭނެ ޝަޚްޞިއްޔަތެކެވެ. އަދަބިއްޔާތުގައި ނަޢީމްގެ ޚާއްޞަ ރޮނގުތަކަކީ ލިޔުންތެރިކަން، ޅެންވެރިކަން، ބަސްމޮށުންތެރިކަން، އަދި ވާހަކަ ލިޔުއްވުމެވެ. ސައިކުރާ އިބްރާހީމް ނަޢީމް އުފަންވެފައިވަނީ 1 ޖޫން 1935 ގައެވެ.


އަދަބަށްކުރެއްވި ޚިދުމަތްEdit

ދިވެހި އަދަބިއްޔާތުގައި ނަޢީމްގެ ޚާއްޞަ ރޮނގުތަކަކީ ލިޔުންތެރިކަން، ޅެންވެރިކަން، ބަސްމޮށުންތެރިކަން، އަދި ވާހަކަ ލިޔުއްވުމެވެ. އޭނާ އެންމެ މަޝްހޫރުވެ ވަޑައިގެންނެވީ ވާހަކަ ލިޔުއްވުމުގެ ރޮނގުންނެވެ. ޚާއްޞަކޮށް އިޝްޤީ ޖާސޫސީ ވާހަކަ ލިޔުއްވައިގެންނާއި، އިޝްޤީ، ގައުމީ ޅެންތައް ހަދައިގެން ވަރަށް ބޮޑު މަޝްހޫރު ކަމެއް ނަޢީމަށް ލިބިފައި ވެއެވެ.

ނޫސްވެރިކަންEdit

ނޫސްވެރިކަމަކީ ވެސް ސައިކުރާ އިބްރާހީމް ނަޢީމްގެ ވަރަށް ޚާއްޞަ ރޮނގެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރޭޑިޔޯ އެނައުންސަރަކީ ވެސް ސައިކުރާ އިބްރާހީމް ނަޢީމް އެވެ. 1962 ވަނަ އަހަރު ބްރޯޑްކާސްޓިންގ ގެ ޚިދުމަތް ރާއްޖޭގައި ފެށުނު އިރު އެމަސައްކަތުގައި އިސްދައުރެއް ނަޢީމް އަދާކުރެއްވިއެވެ. ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ ރައީސުލް ޖުމްހޫރިއްޔާ ދެއްވި ރަންގަލަން ވެސް ނަޢީމަށް ލިބިލައްވާފައި ވެއެވެ. ހަވީރު ނޫސް ގެ ލިޔުންތެރިއެއްގެ ގޮތުން ވެސް ނަޢީމް މަސައްކަތް ކުރައްވާފައި ވެއެވެ. adhabiyyaaathh

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

މުނިފޫހިފިލުވުންEdit

މުނިފޫހި ފިލުވުމުގެ ދާއިރާ އަކީވެސް ސައިކުރާ އިބްރާހީމް ނަޢީމް ޚިދުމަތްކޮށްފައިވާ ދާއިރާ އެކެވެ. ޝޯ ހުށަހަޅައި ދިނުމާއި، ޑްރާމާތަކާއި ތަމްސީލުތައް ލިޔުއްވައި، ޑައިރެކްޓްކުރައްވައި ހެއްދެވި އެވެ. ރީތިކޮށް ލިޔުމާއި ފަރުމާ ކުރުމުގެ ރޮނގަކީ ވެސް ނަޢީމްގެ ވަރަށް ޚާއްޞަ ރޮނގުތަކެކެވެ. އެރޮނގުންވެސް ނަޢީމްވަނީ ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ޙާޞިލް ކުރައްވާފައެވެ.

ގައުމީ ޚިދުމަތްEdit

ސައިކުރާ އިބްރާހީމް ނަޢީމް ގެ ގައުމީ ޚިދުމަތް ފެއްޓެވީ 15 ފެބުރުއަރީ 1953 ގައެވެ. ސައިކުރާ އިބްރާހީމް ނަޢީމް ގެ ގައުމީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ޚިދުމަތަކީ 1980 ވަނަ އަހަރު ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ނަޢީމް އަދާކުރެއްވި އިސްދައުރާއި، އައިޑެންޓިޓީ ކާޑް ޔުނިޓްގައި އޭނާ ކުރެއްވި ބުރަ މަސައްކަތްތަކެވެ. ސަރުކާރުގެ ޚިދުމަތުގައި 53 އަހަރު ހޭދަކުރެއްވި ނަޢީމް ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ 1 މެއި 2008 ގައި ސިވިލް ސާވިސްގެ ގާނޫނަށް ޢަމަލުކުރަންފެށި ވަޒީފާއިން މުސްކުޅި ކުރެއްވުމުންނެވެ. އޭރު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މުޝީރުގެ މަގާމްގައެވެ.

އަދާކުރެއްވި ވަޒީފާތައްEdit

  • މަޖީދިއްޔާ ސުކޫލްގެ ކާތިބުކަން
  • މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން
  • މަޙްކަމަތުލް އިރުޝާދުގެ ކާތިބުކަން
  • ތާރީޚް ކޮމިޓީގެ ސެކެޓްރީކަން
  • ވުޒާރަތުއް ދާޚިލިއްޔާގެ ސެކެޓްރީކަން
  • ވުޒާރަތުލް މަޢާރިފްގެ މުދައްރިސްކަން
  • ވުޒާރަތުއް ދާޚިލިއްޔާގެ (ފ) ސެކެޓްރީކަން
  • ވުޒާރަތުލް މާލިއްޔާގެ ސެކެޓްރީކަން
  • އަތިރީ މާފަންނުގޭ ސެކެޓްރީކަން


  • ޑިޕާޓްމަންޓް އޮފް އިންފޯމޭޝަން އެންޑް ބްރޯޑް ކާސްޓިންގ ގެ ރިޕޯޓަރުކަން
  • ރެންޓަލް ޑިވިޝަންގެ މެނޭޖަރުކަން
  • ޑިޕާޓްމަންޓް އޮފް ބޯޓްސް އިކްއިޕްމަންޓްގެ ގިއަރު އެކެއްގެ މެނޭޖަރުކަން
  • ދާރުލް އާޘާރުގެ ކިޔުރޭޓަރކަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރުކަން
  • މުލީއާގޭ ޗީފް އެސިސްޓެންޓްކަން
  • މުލީއާގޭ ސެކެޓްރީކަން
  • ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރުކަން
  • އައިޑެންޓިޓީ ކާޑް ޔުނިޓްގެ ރެޖިސްޓްރާރކަން
  • ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑިރެކްޓަރުކަން
  • ރައީސް އޮފީހުގެ ޚާއްޞަ މަސައްކަތްކުރައްވާ ބޭފުޅެއްގެ މަގާމް
  • ރައީސް އޮފީހުގެ ސްޕެޝަލް ޑިއުޓީ އޮފިސަރުކަން
  • ރައީސް އޮފީހުގެ ޑިރެކްޓަރުކަން
  • ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްކަން
  • ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ސްޕެޝަލް ޑިއުޓީކަން
  • ރައީސް އޮފީހުގެ މުޝީރުކަން


ކާމިޔާބީތައްEdit

  • ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް - 1981
  • ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް - 1997
  • ލިޔުމާއި ފަރުމާ ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް - 2003
  • މިނިވަން 25 ގެ އިނާމް - 1990
  • ނޮވެމްބަރު 3 1988 ގެ ހާދިސާގައި ކުރެއްވި ޚިދުމަތަށް ޝަރަފްވެރި ހަދާނީ ލިޔުން - 1988
  • ނޫސްވެރިކަމުގެ ރަންގަލަން -1993
  • ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށްދޭ ޝަރަފްވެރި ފިލާ - 2008

އަވަހާރަވުންEdit

ސައިކުރާ އިބްރާހީމް ނަޢީމް އަވަހާރަވީ އުމުރުފުޅުން 73 އަހަރުގައި 25 ޖުލައި 2008 ގެ ހެދުނު 10:30 ގައި މާލޭ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.


މަރުޖިޢުތައްEdit

  • ހަވީރު ނޫސް
  • މިއަދު ނޫސް