އައްޝައިޚް ޢުމަރު ޢީސާ އަކީ ދިވެހި ބަހުގެ އަދީބެވެ. އޭނާއަކީ ކުޅަދާނަ ޅެންވެރި އެކެވެ. ޢަރަބި ބަސް ރަގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ސަރުކާރަށް ޚިދުމަތްކުރެއްވި މުވައްޒަފެކެވެ. ޢުމަރު ޢީސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 9 ޖުމާދަލްއާޚިރާ 1333 ވީ ހުކުރު ދުވަހު (1915 ވަނަ އަހަރުގެ އެޕްރީލު މަހުގެ 23 ވަނަ ދުވަހު) ދިވެހިރާއްޖޭގެ ފުރަމާލޭގައެވެ. އަވަހާރަވީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވީ ހޯމަ ދުވަހުއެވެ.

އަމިއްލަދިރިއުޅުން އުނިއިތުރު ގެންނަވާ

ބައްޕައަކީ ގުޅީ ޢަލިކަލޭފާނުގެ ގުޅީ ޢީސާ ކަލޭފާނެވެ. އައްޝައިޚް ޢުމަރު ޢީސާއަށް ދެ ބަނޑަށް 7 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ފުރަތަމަ ބަނޑުން ލިބިވަޑައިގަތީ މުޙައްމަދު މަނިކުއެވެ. ދެވަނަ ބަނޑުން ލިބި ވަޑައިގަތީ ނިސްރީނާ މުބާރަކް، އަޙްމަދު މުބާރަކް، ޢަލީ މުބާރަކް، އިސްމާޢީލު މުބާރަކު، ޢަލީލާ މުބާރަކް، އިބްރާހީމް މުބާރަކް މި 6 ބޭފުޅުންނެވެ. ޢުމަރު ޢީސާއަކީ ވަރަށް ސާދާ ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ. ގާތްމީހުން އޭނާ ދަންނަނީ ގުޅީ ޢީސާ ކަލޭގެފާނުގެ ދޮންމަނިކުގެ ނަމުންނެވެ.

ތަޢުލީމް ޙާޞިލްކުރެއްވުން އުނިއިތުރު ގެންނަވާ

ޢުމަރު ޢީސާ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ މަދްރަސަތު މުޙައްމަދު ޢަލީ އަލްޚައިރިއްޔާ އިންނާއި ޖާމިޢަތުލް އަޒްހަރުންނެވެ. ދިވެހި ބަހާއި ޢަރަބި ބަހުގެ އިތުރުން އުރުދޫ ބަހާއި އިނގިރޭސި ބަހާއި ފާރިސީ ބަސް ދެނެވަޑައިގަންނަވައެވެ. އަދި ކޮންމެވެސް ވަރަކަށް ފަރަންސޭސި ބަހާއި ސިންގަޅަ ބަސް ދެނެވަޑައިގަންނަވައެވެ. އުސްތާޛުލްޖީލް މުޙައްމަދު ޖަމީލު ދީދީއަކީ ޢުމަރު ޢީސާއާ އެކު މިޞްރުގައި ތަޢުލީމު ޙާސިލު ކުރެއްވި ބޭފުޅެކެވެ.

ސަރުކާރު ޚިދުމަތުގައި އުނިއިތުރު ގެންނަވާ

ސަރުކާރުގެ ތަފާތު ވަޒީފާތަކުގައި އައްޝައިޚް ޢުމަރު ޢީސާ އުޅުއްވާފައިވެއެވެ. އެގޮތުން އަދާކުރައްވާފައިވާ ބައެއް ވަޒީފާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  • މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން
  • މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
  • މަޖީދިއްޔާ ސުކޫލްގެ ނާޒިރުގެ ނާއިބުކަން
  • ބަންޑާރަ ނާއިބު އޮފީހުގެ މުޢާވިންކަން
  • ޕީއާރްއެފް ޑިވިޝަންގެ އިމާމްކަން
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ބަހަށްކުރެއްވި ޚިދުމަތް އުނިއިތުރު ގެންނަވާ

 
ޢުމަރު ޢީސާ ލިޔުއްވި ތަންޤީޙު ފޮތް

ތަރުޖަމާ ކުރެއްވުން އުނިއިތުރު ގެންނަވާ

އައްޝައިޚް ޢުމަރު ޢީސާ ވަނީ ތަފާތު ފޮތްތަކެއް ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްދީފައެވެ. އެގޮތުން ތަރުޖަމާކޮށްދީފައިވާ ބައެއް ފޮތްތަކުގެ ނަންތައް ތިރީގައި މިވަނީއެވެ.

  • ފަރުޟު ފަސް ނަމާދު
  • ހަނގުރާމައިގެ ރަންހާރު
  • ޖޯން އާއި ޖޭން
  • ރަތް ބުރު
  • ކަލީލާ ވަ ދިމްނާ
  • ފޫހިފިލުވާ ގުލްޒާރުގެ ނަމުގައި ނެރުނު ވާހަކަތައް
  • ކައުންޓް އޮފްދަ މައުންޓް ކްރިސްޓޯ
  • އަމީރު ޙަމްޒާ ވާހަކަ

ޅެންވެރިކަން އުނިއިތުރު ގެންނަވާ

އައްޝައިޚް ޢުމަރު ޢީސާ އަކީ ދިމާވި ކޮންމެ މައިގަނޑު ނަމަކަށް ޅެންހެދުމުގެ ގާބިލިއްޔަތު ލިބިފައިވާ ބޭފުޅެކެވެ. އައްޝައިޚް ޢުމަރު ޢީސާ އަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރު ސީނި އަސުރުމާ އެވެ. އޭނާގެ ޅެންތައް ބޮޑަށް އަމާޒުކުރެވިފައި ހުރީ ނުވަތަ ޅެން ހެއްދެވުމުގައި ޚާއްޞަ ރޮނގެއްގެ ގޮތުން ގެންގުޅުއްވީ ލޯބީ ޅެންތައް ހެއްދެވުމެވެ.

އަވަހާރަވުން އުނިއިތުރު ގެންނަވާ

އަވަހާރަވީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވީ ހޯމަ ދުވަހުއެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ފަތްތޫރަ - ނޮވެމްބަރ 1988 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު