މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

(މިސްރާބުކުރެވުނީ މުޙައްމަދު އަމީން އިން)

}

Mohamed Amin Didi
Formal portrait, 1953
ދިވެހިރާއްޖޭގެ 1ވަނަ ރަޢީސުލްޖުމްޙޫރިއްޔާ
މަޤާމުގައި
ޖެނުއަރީ 1, 1953 – އޯގަސްޓް 21, 1953
ނައިބު ރައީސްIbrahim Muhammad Didi
ކުރިން ހުންނެވީOffice established
ފަހުން ވަޑައިގަތީ
Minister of Interior
މަޤާމުގައި
7 އޭޕްރީލް 1943 – 21 އޯގަސްޓް 1953
ރަސްގެފާނު
ނުވަތަ ރާނީ
Hassan Nooraddeen II
Abdul Majeed Didi
ކުރިން ހުންނެވީHassan Fareed Didi
ފަހުން ވަޑައިގަތީ
Minister of Foreign Affairs
މަޤާމުގައި
29 އޮކްޓޯބަރ 1944 – 21 އޯގަސްޓް 1953
ރަސްގެފާނު
ނުވަތަ ރާނީ
Abdul Majeed Didi
ކުރިން ހުންނެވީHassan Farid Didi
ފަހުން ވަޑައިގަތީ
އުފަންވީ20 ޖުލައި 1910
އަތިރީގެ
އަވަހާރަވީ19 ޖެނުއަރީ 1954 (43 އަހަރުގައި)
Vihamanaafushi Island
ޤައުމިއްޔަތުMaldivian
ސިޔާސީ ޕާޓީރައްޔިތުންގެ މުތަގައްދިމް ޕާޓީ
އަނބި ނުވަތަ ފިރިފާތިމަތު ސައީދު
ދަރިންއައްނަބީލާ އަމީނާ މުހައްމަދު އަމީން
ސޮއި

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށާއި، ދިވެހި ދައުލަތަށް އަގުހުރި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އަމިއްލަ ދިރިއުޅުން

އުނިއިތުރު ގެންނަވާ
 
 
އިބްރާހިމް ދޮށިމޭނާ ކިލެގެފާނު
 
މަރިޔަމް ދީދީ
 
ރޯނުގޭ އިބްރާހިމް ދީދީ
 
ގަލޮޅުގޭ އާމިނާ ދީދީ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
އަހްމަދު ދޮށިމޭނާ ކިލެގެފާނު
 
 
 
ރޯނުގޭ އައިޝާ ދީދީ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
މުޙައްމަދު އަމީން ދީދީ
 
 
 
 
 
 
 


މުޙައްމަދު އަމީން ދީދީ އަކީ ހުރާގޭ ޚާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭ އަތިރީގޭ އާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދޮން އަޙުމަދު ދޮށިމޭނާ ކިލެގެފާނާއި މަރިޔަމް މަނިކެގެ ދަރިކަލުން ޢަލީ ދޮށިމޭނާ ކިލެގެފާނާއި، ހޮޅުދޫ ނެވިގޭ ދޮންކޮއްކޮ މަރަދޫ ޝައިޚް އިބްރާހިމް ކަލޭގެފާނުގެ މުހައްމަދު ތަކުރުފާނު (ހެންވޭރުބޮޑު ޚަތީބު)ގެ އާމިނާމަނިކެ އާއި ކައިވެނި ކުރައްވައިގެން ލިބުނު ފާތިމާ މަނިކެ (އަލި ކިލެގެފާނާއި ކައިވެނި ބެއްލެވި ފަހުން ކިޔަނީ ފާތިމާ ދީދީ) އަށް ލިބުނު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ކަކާގޭމަރިޔަމް ދީދީ (ދޮންދީދީ) އާއި ކުރައްވާ ކައިވެނިން ލިބުނު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ ރޯނު ބޮޑު ދީދީގެ ރޯނުގޭ މޫސާ ދީދީގެ އިބްރާހީމް ދީދީގެ ޢައިޝަތު ދީދީ އެވެ. މުޙައްމަދު އަމީން އުފަންވެ ވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭގައެވެ. އެއީ ހިޖުރީގޮތުން 13 ރަޖަބު 1328 ގައެވެ.

މުޙައްމަދު އަމީންގެ ދައްތައަކީ އާމިނަތު އަމީން ދީދީ އެވެ. ކޮއްކޮ އަކީ މަރިޔަމް އަމީން ދީދީ އެވެ. މަރިޔަމް އަމީން ދީދީ އުފަންވެ ވަޑައިގަތީ ހިޖުރައިން 1337 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.

މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދު އާއެވެ. ފާޠިމަތު ސަޢީދުގެ ފަރާތުން މުޙައްމަދު އަމީން އަށް 3 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އޭނާ އަވަހާރަވިއިރު ދުނިޔޭގައި އިންނެވީ އެންމެ ބޭފުޅެކެވެ. އެއީ ފާޠިމަތު ސަޢީދުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އެވެ.

މުޙައްމަދު އަމީން ދެވަނަ އަށް ކައިވެނި ބައްލަވައިގަތީ އަލްވަޒީރު ޙަސަން ފާމުލަދޭރި ތަކުރުފާނުގެ އާމިނާ ދީދީ އާއެވެ. މިބަނޑުފުޅުން ބޭފުޅަކު ލިބިވަޑައި ނުގެން އެއަނބިކަނބަލުން ވަރިކުރެއްވިއެވެ. މުޙައްމަދު އަމީން ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ހެންވޭރުގޭ މުޙައްމަދު ޢަބުދުއް ޞަމަދު ދީދީގެ ޒުބައިދާ މުޙައްމަދު ދީދީ އާއެވެ. މިބަނޑުފުޅުން ވެސް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ.

ހަޔާތުގެ ކުރީކޮޅު

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީންގެ ތުއްޕުޅުއިރު ނުވަތަ ޅައުމުރުފުރާ ހޭދަކުރެއްވީ އޭނާގެ މަންމައާއި ބައްޕަގެ އަރިހުގައި އަތިރީގޭ އާގޭގައެވެ. އެއީ އޭނާގެ ކާފަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެވެ. މުޙައްމަދު އަމީންގެ ފުރަތަމަ ފިލާވަޅުތަކުގެ ބައިވެރިޔަކީ، ކުޅިވަރުތަކުގެ އެހީތެރިޔަކީ، އަދި ދުވަހަކު ވަކިނުވާ ރަފީގާ އަކީ އޭނާގެ ދައްތަ އާމިނަތު އަމީން ދީދީ އެވެ.

މުހައްމަދު އަމީން އާއި، އޭނާގެ ދައްތަ އާމިނަތު އަމީންގެ ޢުމުރުގެ ތަފާތަކީ 11 މަސް ދުވަހެވެ. އެހެންކަމުން އެދެބޭފުޅުން ބޮޑުވަމުން އައީ އެކުއެކީގައެވެ. އާމިނަތު އަމީން އަކީ މުހައްމަދު އަމީންގެ ބައްޕައާއި މަންމަގެ 4 ވަނަ ބޭފުޅާއެވެ. 3 ވަނަ އަށް ލިބުނު ދައްތަ ފާތިމަތު ދީދީ އަވަހާރަވީ އުމުރުން 10 އަހަރުގައެވެ.

މުޙައްމަދު އަމީން ޅަދުވަހު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވަލުތެރޭގައި ރޭސް ދުއްވުން އެވެ. އަނެއް ކަމަކީ އަތިރީ އާގޭގައި އޮންނަ ބާދަގަނޑު އުދުނެއް ދޯންޏަކަށް ހަދައިގެން އެދުއްވުމެވެ. ތިންވަނަ ކަމަކީ ދިރިއުޅުމުގައި ފެންނަ ތަފާތު މަންޒަރުތައް ތަމްސީލެއްގެ ގޮތުގައި ކުޅުމެވެ. އެގޮތުން އެންމެ ގިނައިން ތަމްސީލު ކުރެވޭ މަންޒަރަކީ މާލޭ ޕޯސްޓް އޮފީހުގައި ސިޓީ ބަހާ މަންޒަރެވެ. ބައެއް މަންޒަރުތައް ތަމްސީލް ކުރާއިރު އިގިރޭސި ނުވަތަ ހިންދީ ބަހުން ވާހަކަ ދައްކައި ހަދައެވެ.

މުހައްމަދު އަމީން އާއެކު ތުއްޕުޅު އިރު ކުޅެން އުޅުނު ކުދިންގެ ތެރޭގައި ކަނޑިގޭ ދޮންމަނިކެ، މާބަނޑޭރި އަހުމަދު މަނިކުގެ މަންމަ ނޫރުއް ނަހާރު، މަލިން ކަލޭގެފާނުގެ މުޙައްމަދު ފުޅު، އަދި ދޮން ޙުސައިން ތުއްތުގެ ތިއްތި ކަމަނަ، އަދި ކަނޑިގޭ ޒަކަރިއްޔާގެ އަންހެން ކުއްޖެކެވެ.

މުޙައްމަދު ޚިތާން ކޮށްދެއްވީ މިލަދޫގެ އަލިމަނިކު އެވެ. މުޙައްމަދު އަމީން އާއެކު އެކުގައި ޚިތާން ކުރެއްވި ކުދިންނަކީ ބުޗާގޭ ކަޅުތުއްތުގެ ދޮންމަނިކު އާއި، ސަލާމް ޔޫސުފް ފުޅުގެ އަލިފުޅެވެ.

ތުއްޕުޅު އިރު މުޙައްމަދު އަމީން އެންމެ ބިރުފުޅު ގަންނަނީ ކުރަފި ދެކެއެވެ. އެންމެ ފުރަތަމަ މުޙައްމަދު އަމީން އަރާ ވަޑައިގަތް މަނަވަރަކީ ސިލޯނުގެ އެޗް އެމް އެސް ކޯމަސް ކިޔާ މަނަވަރެކެވެ. މިމަނަވަރު މާލެއައީ 21 ޖެނުއަރީ 1920 ގައެވެ. އެންމެ ފުރަތަމަ ކަނޑުމައްޗަށް އެރީ ވިހަމަނާފުށި ނުވަތަ ކުރުބާ ވިލެޖަށް ދިއުމަށްޓަކައެވެ. ވިހަމަނާފުއްޓަށް ދިޔައީ އަތިރީގޭގައި އޮންނަ ހައްދުއްމަތީ ދޯނިކޮޅު އޭ ކިޔޭ ދޯނިކޮޅުގައެވެ. އެކުގައި ވަޑައިގަތީ ބައްޕަ އަދި ތިއްތި ބޭބެ އެވެ.

ފާހަގަކުރެވޭ ސިފަތައް

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީން އަކީ ހަށިކޮޅު ރީތި، ގައިކޮޅުގެ ކުލަދޮން، މުރާލިފުޅު ކަމުގައި ދިވެހިންގެ ތެރެއިން އެފަދަ މީހަކު ނުފެންނަފަދަ ލާމަސީލު މިސާލެކެވެ. އަމިއްލަފުޅު ގޮތުން އަދަބީ ކަންތައްތަކަށާއި، ތާރީޚަށާއި، ގައުމީ ވިޔަފާރިއަށާއި، އަދި ޒަމާނުގެ އެކިއެކި ކުޅިވަރުތަކަށް، ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މިއުޒިކަށް ލޯބިކުރެއްވި ބޭފުޅެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ހިތްވަރުގަދަ ޒަޢީމެކެވެ. ދިވެހިރާއްޖޭގައި އުފެއްދި އެންމެ އަގުހުރި އަބްޠާލުންގެ ތެރެއިން އެއް ބަޠަލެވެ. މިޒަމާނުގެ ދިވެހި ރަށްވެހިކަމުގެ ހަގީގީ ބައްޕަ އެވެ.

ތަޢުލީމް ޙާޞިލްކުރެއްވުން

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީން އާއި އެބޭފުޅާގެ ދައްތަ އާމިނަތު އަމީން އަށް އެންމެ ފުރަތަމަ ހިސާބު،އުރުދޫ، އަދި ގުރުއާން އުގަންނައިދެއްވީ އަލްފާޟިލް ބުޗާ ކަޅުތުއްތު އެވެ. ގުރުއާން ކިޔެވުން އޮންނަނީ ހެދުނު 9 ޖަހާއިރު އެވެ. ގަޑިއެއް ހާއިރު ވަންދެން ގުރުއާން ކިޔެވުން އޮވެއެވެ. ހަވީރު 4 ޖަހާއިރު އޮންނަނީ އުރުދޫ، އަދި ހިސާބު ކިޔެވުމެވެ. އިގިރޭސި އުނގެނުމަށްޓަކައި ކުޑަކުޑަ އޭބީސީޑީ ފޮތެއް ފުރަތަމަ ހަދިޔާއަކަށް މުޙައްމަދު އަމީން ފޮނުއްވީ އޭރު ބަންގާޅުގައި ތަޢުލީމް ޙާޞިލްކުރެއްވުމަށް ހުންނެވި އިސްމާޢީލް ކަލޭފާނުގެ ތުއްތު އެވެ. މުޙައްމަދު އަމީންގެ އިގިރޭސި ބަހުގެ ފުރަތަމަ އެދުރަކީ ބައްޕާފުޅު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެވެ.

އަލްފާޟިލް ބުޗާގެ ކަޅުތުއްތު އަށްފަހު ދެން މުޙައްމަދު އަމީންގެ އެދުރަކީ އައްޑޫ ހިތަދޫ ޙުސައިން ރަހާ އެވެ. ނުވަތަ އައްޝައިޚް ޙުސައިން ރަހާ އަލްއަޒްހަރީ އެވެ. އޭގެ ފަހުން އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނު އެވެ.

މުޙައްމަދު އަމީންގެ ޢުމުރުން 10 އަހަރުގައި އިގިރޭސި ތަޢުލީމް ހޯއްދެވުމަށް ސްރީލަންކާ އަށް ވަޑައިގެން ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސެންޓް ޖޯސެފް ކޮލެޖަށް ވެދެވަޑައިގެންނެވި އެވެ. ސިލޯނަށް ދިއުމަށް ފުރާވަޑައިގަތީ ހިޖުރައިން 1338 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ސިލޯނަށް ވަޑައިގަތީ ލޭޑީ މެކްކޮލަމް ކިޔާ މަނަވަރެއްގައެވެ. އެކަށީގެންވާ މުއްދަތަކަށް ފަހު ސެންޓް ޖޯންސް ކޮލެޖްގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވި އެވެ. ސްރީލަންކާގައި މުޙައްމަދު އަމީންގެ ބެލެނެވެރިޔަކީ އޭނާގެ ބޮޑުބޭބެ އަދި އޭރު ކޮލަމްބޯގައި ހުންނެވި ދިވެހި ސަފީރު އައްނަބީލް ޢަބުދުލް ޙަމީދު ދީދީ އެވެ. އިގިރޭސި ބަހުގެ ތަޢުލީމް ވަކިވަރަކަށް ޙާޞިލް ކުރެއްވުމަށްފަހު، ދެންވަޑައިގަތީ އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށެވެ. އެތަނުން މެޓްރިކިއުލޭޝަން އިމްތިޙާނުން ފާސްވެ ވަޑައިގަތެވެ. އޭގެ ފަހުން އޭރު ދައުލަތް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލް އަމީރު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅުގެ މަތީން ކިޔަވާ ވިދާޅުވުން އެހިސާބުން ހުއްޓަވައިލައްވާ ރާއްޖެއަށް ވަޑައިގަތީ އެވެ.

ސެންޓް ޖޯސެފްސް ކޮލެޖްގައި

އުނިއިތުރު ގެންނަވާ

ސިލޯނުގެ ސެންޓް ޖޯސެފްސް ކޮލެޖްއަށް މުޙައްމަދު އަމީން ވެދެވަޑައިގަތީ 25 މާރޗް 1921 ގައެވެ. އެއީ އެކޮލެޖަށް 25 އަހަރު ފުރުނުތަނާ އެވެ. މިބުނި ކޮލެޖަކީ އީސާއީ ދީނުގެ ރޯމަން ކެތޮލިކް މަޛުހަބު ގެ ފަރާތުން ހިންގާ ކޮލެޖެކެވެ. އެކޮލެޖް އުފައްދާފައިވަނީ 1896 ވަނަ އަހަރު އެވެ. އެއީ އޭރު ސިލޯނުގައި ހުންނެވި އެމަޛުހަބުގެ އެންމެ ބޮޑުވެރިޔާ އާރޗް ބިޝޮޕްގެ ހިންމަތާއި މިއްނެތް މަސައްކަތުންނެވެ. އެކޮލެޖް ހުޅުވާފައިވަނީ މާރޗް 2 1896 ގައެވެ. ކޮލެޖްގެ ފުރަތަމަ ނާޒިރަކީ ފާދަރ ކޮލިންސް އެވެ.

މުޙައްމަދު އަމީން ސެންޓް ޖޯސެފްސް ދާން ފެއްޓިއިރު އެކޮލެޖްގައި ތިބެނީ 2000 އެއްހާ ކުދިންނެވެ. އޭރު ކޮލެޖްގެ ނާޒިރަކީ ރެވަރަންޑް ފާދަރ އެމްޖޭ ލެގޮކް އެވެ. މުޙައްމަދު އަމީން އަށް ވަދެވުނީ އެއްވަނަ ކްލާސްތަކުގެތެރެއިން ޚާއްޞަ ކްލާސް އަކަށެވެ. ފުރަތަމަ މުދައްރިސާ އަކީ 18 ވަރަކަށް އަހަރުގެ ސިންގަޅަ އަންހެން ކުއްޖެކެވެ. މިސް އެން ކާރނަރ އެވެ. ކްލާހުގައި ގާތްގަނޑަކަށް 30 ކުދިން ތިބެއެވެ.

 
މުޙައްމަދު އަމީން

ސެންޓް ޖޯސެފްސް ކޮލެޖުގައި މުޙައްމަދު އަމީން އާއި ފުރަތަމަ ރަހުމަތްތެރިވި ދެދަރިވަރުންނަކީ އޭރު ސެންޓް ޖޯސެފްސް ކޮލެޖްގެ ކްރިކެޓް ޓީމްގެ ކެޕްޓަން ލޭނާރޑް ޖަޔާ ވަޑޯނާ އެވެ. ފަހުން އޭނާ އަކީ ނިގަންބޫގެ ވަކީލު އެވެ. އަނެއް ރަހުމަތްތެރިއަކީ ބާރޓް ވެންލަން ގަންބާރގް އެވެ. އެއީ ފަހުން ސިލޯނުގެ ތިޖާރާ މަހްކަމާގެ ވެރިޔާ އެވެ.

މުޙައްމަދު އަމީން އުގެނުނު ދުވަސްވަރު އަބަދުވެސް ކްލާހުގެ މަތިން ވަނައެއް ހޯއްދަވައެވެ. އެންމެ ޚާއްޞަ ކަމެއް ދެއްވީ އިގިރޭސި ބަސް، ބޮޓަނީ، ކެމިސްޓްރީ، ކުރެހުން މިމާއްދާތަކުގެ މައްޗަށެވެ. ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިވީ 15 މާރޗް 1926 ވީ ހޯމަ ދުވަހުއެވެ. އެއަށްފަހު ވެދެވަޑައިގަތީ އެއަށްފަހު ވެދެވަޑައިގަތީ ސިލޯނުގެ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖް އަށެވެ.

ސެންޓް ޖޯންސް ކޮލެޖްގައި

އުނިއިތުރު ގެންނަވާ

ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިވީ 15 މާރޗް 1926 ވީ ހޯމަ ދުވަހުއެވެ. އެއަށްފަހު ވެދެވަޑައިގަތީ ސިލޯނުގެ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖް އަށެވެ. ސެންޓް ޖޯންސް ކޮލެޖަކީ ޢީސާއީ ދީނުގެ ޕްރޮޓެސްޓެންޓް މަޛުހަބުގެ ފަރާތުން ހުޅުވި ސުކޫލެކެވެ. ފުރަތަމަ ވަކި 3 ބައެއް ހިގަމުން ދިޔަ މިކޮލެޖް ފަހުން ވެފައިވަނީ ސިލޯނުގައި އަންހެންކުދިންނާއި ފިރިހެންކުދިން އެއްކޮށްގެން ކިޔަވައިދޭން ފެށި ފުރަތަމަ ކޮލެޖް ކަމުގައެވެ. ސެންޓް ޖޯންސް ކޮލެޖްގައި މުޙައްމަދު އަމީން 3 އަހަރު ވަރު ހޭދަކުރެއްވި އެވެ.

ސެންޓް ޖޯންސް ކޮލެޖްގައި ވާހަކަ ދައްކަން ދަސްކޮށްދޭ ޖަމްޢިއްޔާގެ ސެކެޓްރީކަމަށް މުޙައްމަދު އަމީން އިންތިޚާބުކުރީ އެކޮލެޖަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަދި އެކޮލެޖްގެ ކުދިން ނެރޭ ބާޒު ކިޔާ މަޖައްލާއެއްގެ އެޑިޓަރ ކަން ވެސް ލިބިވަޑައިގަތެވެ. އަދި ސެންޓް ޖޯންސް ކޮލެޖް އިން ވަކިވުމުގެ ކުރިން އެސްކޫލްގެ އިސް މުރުޝިދެއްގެ މަގާމް ވެސް ލިބިވަޑައިގަތެވެ.

ސެންޓް ޖޯންސް ކޮލެޖްގައި ފުޓްބޯޅަ، ކްރިކެޓް އަދި ބޮކްސިންގ ގައި މުޙައްމަދު އަމީން ބައިވެރިވެ ލެއްވިއެވެ. ބޮކްސިންގ ގައި ފެހި އަދި ހުދުކުލައިގެ ގަމީސް ލުމުގެ ފަޚްރު ހޯއްދެވިއެވެ. ސުކޫލްގައި ކުޅުނު ކޮންމެ ތަމްސީލެއްގައި އެއް މުމައްސިލަކު ކަމުގައި ވިއެވެ. އެސްކޫލްގެ ބޯއީ ސްކައުޓުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެވެ. ސެންޓް ޖޯންސް ކޮލެޖަށް ވަތްތަނާ މުޙައްމަދު އަމީނަށް ދީނިއްޔާތު ކިޔަވައި ދިނުމަށްޓަކައި އައްޝައިޚް ޢަބުދުއް ޞަމަދު އޭނާގެ ތުއްތުބޭބެ ހޯއްދަވައި ދެއްވި އެވެ.

މުޙައްމަދު އަމީން ކޭމްބްރިޖް ސީނިއަރ އިމްތިހާން ހެއްދެވީ ސެންޓް ޖޯންސް ކޮލެޖްގައި އުޅެމުންނެވެ. ސެންޓް ޖޯންސް ކޮލެޖްގެ ސުކޫލް ބައިގައި އުޅުނު އިރު އެއްއަހަރު ފިޔަވައި ދެން ކޮންމެ އަހަރަކު ޑަބަލް ޕްރޮމޯޝަން މުޙައްމަދު އަމީން ހޯއްދެވި އެވެ. ސެންޓް ޖޯންސް ކޮލެޖް އިން މުޙައްމަދު އަމީން ވަކިވެޑައިގަތީ ހިޖުރައިން 1347 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 15 ދުވަހު އެވެ.

އަލީގަޅު ޔުނިވަސިޓީގައި

އުނިއިތުރު ގެންނަވާ

ސިލޯނުން އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށް ކިޔަވަން ދިއުމަށް ފުރީ ރޭލުގައެވެ. އެއީ 27 ރަބީޢުލް އާޚިރު 1347 ގައެވެ. އިންޑިޔާ އަށް ދިޔައީ ބަންގާޅު މަގުންނެވެ. އޭރުގެ ބަންގާޅުގެ ބައެއްގޮތުގައި އޮތް ކަލްކަތާ އަށް މުޙައްމަދު އަމީން މެން ދަތުރުކުރި ރޭލު ދިޔައީ ހެދުނުގެ ވަގުތެއްގައެވެ. ބަންގާޅުން ދެން ދިޔައީ އިންޑިޔާގެ ލަކަނޫ އަށެވެ.

މުޙައްމަދު އަމީން ދީދީ އަލީގަޅު ޔުނިވަސިޓީއަށް ވަނީ އަލްފާޟިލް އަޙުމަދު ކާމިލްދީދީގެ އެހީތެރިކަމާ އެކުގައެވެ. އަލީގަޅު ޔުނިވަސިޓީގައި އަހަރަކާ އެތަކެއް މަހެން ވަންދެން މުހައްމަދު އަމީން އުޅުއްވި އެވެ. އެއުޅުމުގެ ތެރޭގައި ލަންޑަން މެޓްރިކިޔުލޭޝަން ޓެސްޓުން ފާސްވުމުގެ އިތުރުން، އިންޓަރ ސައިންކްލާހުގެ އިމްތިހާނުންވެސް ފާސްވިއެވެ.

އަލީގަޅު ޔުނިވަސިޓީގައި މުޙައްމަދު އަމީން ވަނީ ތަފާތު ހަރަކާތްތަކުގައި ވެސް ބައިވެރި ވެފައެވެ. އެގޮތުން އިންޑިޔާގެ ޔުނިވަސިޓީ ތަކުގެ މެދުގައި ބޭއްވި ބަހުސް ކުރުމުގެ މުބާރާތުގައި އަލީގަޅު ޔުނިވަސިޓީގެ ފަރާތުން ބައިވެރިވުމުގެ ފަޚްރު ހޯއްދެވިއެވެ. އަދި އެއަހަރު ބަހުސް މުބާރާތުން 1 ވަނަ އެކޮލެޖް ހޯދިއެވެ. ޔުނިވަސިޓީ ތަކުގެ ތަމްސީލް މުބާރާތުގެ 1 ވަނަ މުމައްސިލުގެ މަގާމް ވެސް މުޙައްމަދު އަމީން ހޯއްދެވިއެވެ. އެކަމުގެ މުނާސަބާގައި ރަންމެޑެލްގެ 6 މެޑެއްޔާއި، ރިހި މެޑެލްގެ 2 މެޑެލް ލިބިލެއްވި އެވެ. އަލީގަޅު ޔުނިވަސިޓީގައި މުޙައްމަދު އަމީން ހުންނެވި ދުވަސްވަރު ދިރިއުޅުއްވީ މިންޓޯގެ ކިޔާ ބޯޑިންގ ގައެވެ.

މަތީ ތަޢުލީމް ޙާޞިލްކުރުމަށް މުޙައްމަދު އަމީން ސިލޯނަށް ދިއުމަށް ފުރާވަޑައިގަތީ ހިޖުރައިން 1338 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ސިލޯނަށް ވަޑައިގަތީ ލޭޑީ މެކްކޮލަމް ކިޔާ މަނަވަރެއްގައެވެ. ލޭޑީ މެކްކޮލަމް ކޮޅުނބުގެ ބަދަރަށްވަނީ 1 ޖުމާދިލް އާޚިރު 1338 ގެ ވީ ހޮނިހިރުވިލޭރޭ މެންދަމެއް ހާއިރު އެވެ. އެއީ 21 ފެބުރުއަރީ 1920 އެވެ. މުޙައްމަދު އަމީން ސިލޯން ގައި ފުރަތަމަ ހުންނެވި ގެޔަށް ކިޔަނީ އައިވަންހޯ އެވެ.

ކޮޅުނބުގެ މަގުތައް ބަލާލުމުގެ ފުރުޞަތު މުޙައްމަދު އަމީން އަށް ލިބިވަޑައިގަތީ ކޮޅުނބަށް ދިޔަ ދުވަހުގެ ފަހު ދުވަހު އެވެ. އެދުވަހު މުޙައްމަދު އަމީންގެ ތުއްތުބޭބެ އާއެކު ކާރު ދުއްވާލުމަށް ނިކުމެ ވަޑައިގަތެވެ. އެދުވަހުގެ ވަޑައިގަތީ ސިލޯނުގެ ނުގޭ ގޮޑާ ކިޔާ އަވަށެއްގައި ހުންނަ މިރިހާނާ ވަލައްވާ ކިޔާ ގެއަކަށެވެ. އެދުވަހު އެގެއިން އުމުރުން 19 ދުވަސްވީ ކުއްޖަކު އުރާލެއްވި އެވެ. މިބުނި ކުއްޖަކީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ފާތިމަތު އިބްރާހީމް ދީދީ އެވެ.

ކޮޅުނބުގައި ފުރަތަމަ މުޙައްމަދު އަމީނަށް ކިޔަވާދިނުމަށް އޭނާގެ ތުއްތުބޭބެ ގެނެސްދެއްވި މާސްޓަރ އަކީ ސެންޓް ޖޯސެފްސް ކޮލެޖްގައި ކިޔަވާ ދެއްވާ ބޭފުޅެއްކަމުގައިވާ ސިސިލް އޭ ސްޕްލެޓްސް ވިންޑް އެވެ. ގޭގައި ކިޔަވައި ދޭތާ އަހަރެއްވީތަނާ ސެންޓް ޖޯސެފްސް ކޮލެޖަށް ވަނުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

މުޙައްމަދު އަމީންގެ ޙަޔާތުގެ ކުރީކޮޅަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލުމަށް މަސައްކަތް ކުރެވެމުން ދިޔަ ދުވަސްވަރެކެވެ. 1932 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މުޙައްމަދު އަމީން މަސައްކަތް ކުރައްވާފައި ވެއެވެ. 1943 ވަނަ އަހަރު އޭރު ރަސްކަލަކަށް ހުންނެވި ރަސްކަލުން ރަސްކަމުން ދުރުވެވަޑައިގަތުމާއި، އަދި ދެވަނަ ބޮޑު ހަގުރާމަ ދުނިޔޭގައި ފެށުމާއެކު ދިވެހި ފަސްގަނޑުގައި ވެސް ސިޔާސީ އަރާރުންތަކާއި ކޯޅުންތައް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ދިވެހި ގައުމު އޮތީ ގައުމު ހިންގާނޭ ސިޔާސީ ލީޑަރަކަށް ބޭނުންވެފައެވެ. އޭރު ކޮޅުބުގައި ހުންނެވި އަބުދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަށް ވެސް ވެރިކަމާއި ހަވާލުވުމަށް މާލެ ވަޑައިގަތުމަށް ދައުވަތު އެރުވުނެވެ.

ނާދީ ތަމައްދުން ގައި ބޭއްވުނު އެތަކެއް ބައްދަލުވުން ތަކަށްފަހު ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ރައްޔިތުންގެ މުތަގައްދިމު ޕާޓީ އުފައްދެވި އެވެ. އަދި އެޕާޓީގެ އިސްކޮށް ތިއްބެވި މެންބަރުންނަށް ފެނިވަޑައިގަތީ މުޙައްމަދު އަމީން ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވެ ވަޑައިގަތުމަށެވެ.

އެއަށްފަހު ކުރެވުނު ތަފާތު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެއްގެ ގޮތުން ރައީސްކަން 7 މަހާއި 26 ދުވަސް ވަންދެން މުޙައްމަދު އަމީން ކުރައްވާފައި ވެއެވެ. މުޙައްމަދު އަމީންގެ ދައުރުގައި ނާއިބު ރައީސެއްގެ ގޮތުން ހުންނެވީ ވެލާނާގެ އަލްފާޟިލް އިބްރާހީމް ދީދީ އެވެ.

ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވުން، އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ހަމަޖެއްސެވުން، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ހަމަޖައްސަވާ ޞުލްޙަ ކުރެއްވުން ހިމެނެއެވެ.

އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ވެވިފައިވާ އެއްބަސްވުން (23 އެޕްރީލް 1948 ގައި ވެވިފައިވާ ) އާކުރުމަށް އއިގިރޭސި ދައުލަތުގެ ފަރާތުން ސޮއި ކުރެއްވީ އިގިރޭސި ހައިކޮމިޝަނަރ ސަރ ސިސިލް ސާރޔެސް އެވެ. މިއެގްރީމެންޓަށް ބަދަލުގެންވައި އިސްލާހުގެންނަވައި މިއެއްބަސްވުން އެއްބަސްވީ 1 ޖެނުއަރީ 1953 ގައެވެ. އަދި ފުރަތަމަ ޖުމުހޫރިއްޔަތު އިއުލާން ކުރެވުނެވެ. އެކަން އޮތީ ދާރުލް އުލޫމްގައި އެދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ވެރިކަމުގެ ފެށުމާއި ނިމުން

އުނިއިތުރު ގެންނަވާ

ލިޔެވިފައިވާ ތާރީކުތަކުން ފެންނަގޮތުގައި މުޙައްމަދު އަމީން ދައުލަތް ހިންގެވުމާއި ޙަވާލުވެ ވަޑައިގަތީ އޭރު އޮތް ވަޒީރުންގެ މަޖުލީހުން ޙަސަން ފަރީދު ދީދީއަށް ޗުއްޓީއެއް އެރުއްވުމަށް ފާސްކުރެއްވި ފާސްކުރެއްވުމާއި ގުޅިގެން، ވަޒީރުއް ދާޚިލިއްޔާގެ ގާއިމް މަގާމް ގެ ނަމުގައެވެ. އެއަށްފަހު ޙަސަން ފަރީދު ދީދީ ހުންނެވި ކޮޅުބުގައެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ މިޞްރު ގައެވެ. ބުނެވޭ ގޮތުގައި މުޙައްމަދު އަމީން ވެރިކަން ހިންގަވަން އުޅުއްވީ އެދެބޭފުޅުންގެ ލަފާ ލިބިވަޑައިގަންނަވާ ގޮތެއްގައެވެ.

ކޮންމެ އަކަސް ޙަސަން ފަރީދު ދީދީ އަށް އެވީގޮތެއްވަންދެން ( ދިވެހި ދައުލަތުން ރަސްމީކޮށް ގަބޫލުކޮށްފައިވަނީ ޙަސަން ފަރީދު ދީދީ ދަތުރުކުރެއްވި އެޗްއެމްއެސް މާލޮއީ ޖަޕާނުގެ ސަބްމެރީނަކުން ޓްރޮޕިޓޯ ޖަހައި ހަލާކުކޮށްލީ ކަމަށެވެ. އެހާދިސާގެ ތެރޭގައި ޚަބަރެއް ނެތި އަވަހާރަވީ ކަމުގައެވެ.) މުޙައްމަދު އަމީން ހުންނެވީ އަލްއަމީރު ޙަސަން ފަރީދު ދީދީގެ އަމުރުގެ ދަށުގައެވެ. އެއަށްފަހު އަލްއަމީރު ޢަބުދުލް މަޖީދު ދީދީގެ ނަޞޭހަތާއި ލަފާފުޅު ގަބޫލު ކުރައްވަން ޖެހޭ ގޮތެއްގައެވެ.

ރާއްޖޭގެ ރަސްކަމަށް ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި އެކިލެގެފާނު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ހަގީގީ ބާރާއި މަސްއޫލިއްޔަތު މުހައްމަދު އަމީންގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 21 ފެބުރުއަރީ 1952 ގައި ސިލޯނުގެ ކޮޅުބުގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ.

މުޙައްމަދު އަމީންގެ ވެރިކަމުގެ ނިމުމުގެ ސަބަބެއް ކަމުގައި މަޝްހޫރު ލިޔުންތެރިޔާ އަދި އަދީބު އިބްރާހީމް ޝިހާބު ދެކިލައްވަނީ އަންނަނިވި ކަންތައްތަކެވެ. އޭގެ ތެރޭގައި ވެރިކަމުގެ އެންމެ އެތެރޭގައި އުފެދުނު ނޭއްގާނީ ކަމާއި، ހިތް ނުބައިކަން، އަދި ވެރިކަމުގެ ފަހުކޮޅު މުޙައްމަދު އަމީނަށް ޖެހިވަޑައިގަތް ދެއާލާސްކަންފުޅެއްގެ ތެރޭގައި ދިވެހި ދައުލަތް ހިންގަން ނުކުޅެދުން ހިމެނެއެވެ.

އިބްރާހީމް ޝިހާބު ދެކިލައްވާގޮތުގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އައުމަށް ޢާންމު ބައެއް ސަބަބުތަކާއި ، ޚާއްޞަ ސަބަބުތަކެއް ހިމެނެއެވެ. ޢާންމު ބައެއް ސަބަބަކީ އޭރު ފާސްކުރެއްވި ހިންގާލެވުނު ބައެއް ގާނޫނު ތަކެވެ. އެގާނޫނު ތަކާއި ގުޅިގެން ކަންހިގަމުންދިޔަ ޢަމަލީ ގޮތެވެ. އެކަމަށް ރާއްޖޭގެ ރައްޔިތުން ތަރުޙީބު ދިނުމުގެ ބަދަލުގައި ހިތް ނުބައިވަމުން ދިޔަ ދިޔުމެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ބޮޑު ތަދާއި ދަތިކަމެވެ. އިގްތިޞާދީ މަސްއަލަ ތަކެވެ. ޚާއްޞަ ބައެއް ސަބަބުތަކަކީ ވެރިކަމުގެ އެތެރޭގައި އެކަކު އަނެކަކާ ދެމެދު ހިތް ނުބައިވުމެވެ. ދެވަނަ ސަބަބަކީ ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށްތިބި، ޒުވާނުންގެ ބަޔަކާއި، އެވެރިކަމާ ދެމެދު އޮތް ވިސްނުން ނުބައިވުމަކާއި، ނަފްރަތް ތެރި ކަމެކެވެ.

ކޮންމެ އަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ ނިމިގެންދިޔައީ ރާއްޖޭގެ ސިޔާސީ ޙަޔާތުން އެފަދަ ކުލަތަކެއް ފެނުމަށް ނޭދޭ ފަދަ ގޮތަކަށެވެ. އެކަން ހިނގީ 21 އޮގަސްޓް 1953 ވީ ހުކުރު ދުވަހު ގުޅަކުޅޭ ފަސްގަނޑަށް މާލޭގެ ރައްޔިތުން އެއްވި އެއްވުމަކާއި ގުޅިގެންނެވެ. އެއީ ހިޖުރައިން 1372 ވަނަ އަހަރުގެ ޛުލްޙައްޖާ މަހުގެ 11 ވަނަ ދުވަހު އެވެ. ބައެއް ލިޔުންތަކުގައި އެކަން ހިނގީ 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ދުވަހުގެރޭގައި ކަމަށް ވެސް ލިޔެފައި ވެއެވެ.

ތަކުރާރުކޮށް ދަންނަވާނަމަ މުޙައްމަދު އަމީންގެ ވެރިކަމަށް ނިމުން ގެނައީ އެތައް ސަބަބުތަކެއް އެއްވެގެންނެވެ. ކުރިމަތިވީ ބޮޑު ތަދުގެ ދަތިކަމެވެ. ވެރިކަން ދެމެހެއްޓުމަށް އެއްބާރުލާންޖެހޭ ބައެއްގެ އެއްބާރުލުން ކެނޑުމެވެ. އަދި މުހައްމަދު އަމީންގެ އާލާސް ކަންފުޅާއި ދިވެހިންގެ ރުހުން ގެއްލޭފަދަ ގޮތެއްގައި ހިނގި ބައެއް ކަންތައްތައް އެސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ.

ގައުމީ ޚިދުމަތް

އުނިއިތުރު ގެންނަވާ

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖުލިސްގައި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މެންބަރުކަން 1932 ވަނަ އަހަރު މުޙައްމަދު އަމީން އަށް ލިބިލައްވާފައި ވެއެވެ.އެއީ މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައެވެ. ތާރީޚަކީ 11 ޝައްވާލް 1350ހ އެވެ. މިކަމުގެ އިތުރަށް އޭނާ އަދާކުރެއްވި ވަޒީފާ އަކީ ރަދުންގެ ކާތިބުއްސިއްރުގެ ނާއިބު ކަމާއި، ކަސްޓަމާއި ޕޯސްޓް އޮފީހުގެ ނާއިބުކަމެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ގާނޫނީ ސަރުކާރުގައި މުޙައްމަދު އަމީން ހިމެނިވަޑައިގަތީ އެސަރުކާރުގެ ވަޒީރުއްތިޖާރާ ކަމުގައެވެ. މިދެންނެވި މަގާމްގެ އިތުރަށް އޭނާ ފުރުއްވި ވަޒީފާތަކުގެ ތެރޭގައި ވަޒީރުލް މަޢާރިފްކަން، މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން، ކާތިބުއްސިއްރުކަން، ކަސްޓަމާއި ޕޯސްޓްގެ ވެރިކަން، ރައްޔިތުން މަޖުލީހުގެ މެންބަރުކަމާއި ޒަޢީމްކަން، ވަޒީރުލް ޚާރިޖިއްޔާކަމާއި، ވަޒީރުއް ދާޚިލިއްޔާކަން، މަޙްކަމަތުލް އަމަން ޢާންމުގެ ވެރިކަން، ސިފައިންގެ ވެރިޔާކަމާއި، ވަޒީރުލް އަޢުޒަމްކަން ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމްގައި ވެސް ހުންނެވީ އެކަލޭގެފާނު އެވެ. ކިލެގެކަން ލިބިވަޑައިގަތީ 19 ޖުމާދިލް އާޚިރު 1367 ގައެވެ.

ދައުލަތުގެ ވަޒީފާތައް އަދާކުރެއްވުމުގެ ތެރޭގައި ވަރަށް ބޮޑެތި ގައުމީ ޚިދުމަތްތައް އޭނާ އަދާކުރައްވާ، އޭގެ ކުރީގައި ދުވަހަކުވެސް ރާއްޖެ ނުދެކޭ އިޞްލާޙުތައް ގެންނަވާފައި ވެއެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ދުވަސްވަރު އޭނާ ރާއްޖެއަށް އަދާކުރެއްވި ޚިދުމަތްތަކާއި، ތަޢުލީމަށާއި، ދިވެހި ތާރީޚަށާއި، ބަހަށް އަދާކުރެއްވި ޚިދުމަތްތަކަކީ ދިވެހި ތާރީޚްގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާޅުވެގެންވާ ކަންތައްތަކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ގާނޫނީ ހުކޫމަތެއްގެ ދަށުން ދިވެހި ސަރުކާރު ހިންގަވަން ފެއްޓެވުން، ތަޢުލީމް މުޅިރާއްޖެއަށް ޢާންމު ކުރެއްވުން، ދުނިޔޭގެ މިޒަމާނުގެ ތަހުޒީބުގެ ތެރެއަށް ދިވެހިރާއްޖެ ނެރުއްވުން، ދިވެހި ބަހާއި އަދަބަށް އައު ދިރުމެއް ގެންނެވުން، ބައިނަލް އަޤުވާމީ ދުނިޔެއަށް ދިވެހިރާއްޖެ ނެރެދެއްވުން، ގައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ގެންނެވުން ފަދަ މުހިއްމު ކަންތައްތައް ފާހަގަކޮށްލަން ޖެހެއެވެ.

ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވުން، އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ހަމަޖެއްސެވުން، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ހަމަޖައްސަވާ ޞުލްޙަ ކުރެއްވުން ހިމެނެއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރީތީގެ މުބާރާތެއް ވެސް ބޭއްވީ މުޙައްމަދު އަމީން އެވެ.

އަންހެނުންނަށް ސަރުކާރުގެ ވަޒީފާ ދެއްވާގޮތަށް ހަމަޖައްސަވައި އަންހެނުން ކުރީ ސަފުގައި ހަރަކާތްތެރި ވުމަށް ބާރު އެޅުއްވި އެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެތޭގެ ރަށްރަށަށް ވަޑައިގެން ތަގުރީރު ކުރައްވައި އެކި ކުޅިވަރުތައް ކުޅުއްވައި، އުޅުއްވި އެވެ. އިމްރާނިއްޔަތު ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެވެ. 1951 ވަނަ އަހަރު މުހައްމަދު އަމީންގެ ވެރިކަމުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރިއެވެ. ދުންފަތް އެތެރެކުރުމާއި ބޭރުކުރުން ހުއްދަވީ 20ޛުލްގައިދާ 1373 ގައެވެ. އެއީ މުޙައްމަދު ފަރީދުގެ ރަސްކަމުގައި އޭރު އޮތް ރައްޔިތުންގެ މަޖުލީހުން އިއްތިފާގުން ފާސްވެގެންނެވެ.

ކުރެއްވި ބައެއް ޚިދުމަތްތައް

އުނިއިތުރު ގެންނަވާ
  • ކަރުދާހުގެ ފައިސާ އުފެއްދެވުން
  • މަޖީދީ ކުތުބުޚާނާ އުފެއްދެވުން
  • ނާދީ ތަމައްދުން އުފެއްދެވުން
  • ގައުމީ ނިޝާން އުފެއްދެވުން
  • ގައުމީ ސަލާމް އުފެއްދެވުން
  • ޓެލެފޯންގެ ޚިދުމަތް ތަޢާރަފްކުރުން
  • ވަޔަރލެސް އޮފީހެއް ގާއިމުކުރެއްވުން


  • މާލޭގެ ހަތަރު އަވަށުގައި 4 ފުޓްބޯޅަ ދަނޑު ހެއްދެވުން
  • ދާރުލް އިގާމާގެ ނަމުގައި ހޮސްޓެލް އެއް ބިނާކުރެއްވުން
  • ބޭރަށް ކިޔަވަން ދިއުމަށް ސްކޮލަރޝިޕް ދޭން ފެށުން
  • މާލެއަށް ކަރަންޓު ދޭންފެށުން
  • ދިވެހިރާއްޖޭގެ ގައުމީ ވިޔަފާރި ކުންފުނި ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުން
  • 28 ނޮވެންބަރު 1944 ގައި މަދަރުސަތުއް ސަނިއްޔާގެ ނަމުގައި މިހާރުގެ އަމީނިއްޔާ ސުކޫލް ހުޅުވުން
  • މާލޭގެ ހަތަރު އަވަށުގައި މަދަރުސާތައް އުފެއްދެވުން
  • ބަރުލަމާން އަށް މެންބަރުން އިންތިޚާބުކުރަން ފެށުން
  • ދިވެހި ބޭސް ކުރިއަރުވައި ޑޮކްޓަރީ ފަރުވާ ރާއްޖެއަށް އާންމުކުރުން
  • ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާއެއް އުފެއްދުން
  • ރާއްޖޭގެ ކޮންމެ އަތޮޅަކުން 2 ކުދިން ބޮޑު އަތޮޅަކުން 3 ކުދިން މާލެ ގެންނަވައި ސަރުކާރުގެ ބޯޑިންގައި ބައިތިއްބައިގެން ތަޢުލީމް ދެއްވުން
  • ރާއްޖޭގެ ކޮންމެ ރަށަކުން އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކު ގެންނަވައ މާލޭގައި ބައިތިއްބައިގެން ސަރުކާރުގެ ޚަރަދުގައި ކިޔަވައި ދިނުން
  • ރުއްގަސް ހެދުމަށް އުޞޫލްތަކެއް ތަޢާރަފްކުރުން : ކަނޑާ ކޮންމެ ރުކަކަށް ދެރުއް އިންދުން
  • ރަށްވެރިކަމުގެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުން
  • ކާބޯތަކެތީގެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުން
  • އަތްތެރި މަސައްކަތުގެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުން
  • ރާއްޖޭގައި ފުރަތަމަ އިލެކްޓްރިކް މަސައްކަތް ފައްޓަވާ އާންމުކުރެއްވުން :ފުރަތަމަ ދިއްލީ ނާދީ ތަމައްދުން
  • މަސްވެރިކަމާއި އަތު މަސައްކަތް ކުރިއެރުވުން

އަދާކުރެއްވި ބައެއް ވަޒީފާތައް

އުނިއިތުރު ގެންނަވާ
  • 1932 : ގާނޫނު އަސާސީ އުފެއްދި މަޖުލިސްގެ މެންބަރުކަން
  • 22 ޑިސެމްބަރު 1932 – 22 އެޕްރީލް 1951 : ވަޒީރުއް ތިޖާރާކަން
  • 25 ޑިސެމްބަރު 1933 – 26 ނޮވެމްބަރު 1936 : ވަޒީރުއް މަޢާރިފްކަން
  • 12 ޖެނުއަރީ 1942 – 1 އެޕްރީލް 1942 : ވަޒީރުއް ދާޚިލިއްޔާގެ ގާއިމް މަގާމްކަން
  • 13 ޖެނުއަރީ 1942 – 21 އޮގަސްޓް 1953 : ވަޒީރުލް އަމްނު އާންމުކަން
  • 17 ފެބުރުއަރީ 1942 : މަޙްކަމަތުލް އަމްނު ޢާންމުގެ ވެރިޔާގެ ގާއިމް މަގާމްކަން
  • 18 ފެބުރުއަރީ 1942 - 21 އޮގަސްޓް 1953 : ވަޒީރުލް މާލިއްޔާކަން
  • 18 ޖޫން 1942 : ދައުލަތް ހިންގާ މަޖުލިސްގެ ރައީސްކަން
  • 1942 : ސިފައިންގެ ވެރިޔާކަން
  • 1 އެޕްރީލް 1943 - 21 އޮގަސްޓް 1953 : ވަޒީރުއް ދާޚިލިއްޔާކަން
  • 29 އޮކްޓޯބަރު 1944 - 21 އޮގަސްޓް 1953 : ވަޒީރުލް ޚާރިޖިއްޔާކަން
  • 3 ނޮވެމްބަރު 1945 : ވަލީ ކޮމިޓީގެ މެންބަރުކަން
  • 30 އެޕްރީލް 1948 : ގެވޮށިމޭނާ ކިލެގެކަން
  • 1949 : މަޖީދިއްޔާ ސްކޫލްގެ ނާޒިރުކަން
  • 22 އެޕްރީލް 1951 – 31 ޑިސެމްބަރު 1952 : ބޮޑު ވަޒީރުކަން
  • 13 ޖޫން 1951 : ގާނޫނީ ވަކީލްކަން
  • 20 ޖުލައި 1951 : ދީނީ ރޫހް ކޮމިޓީގެ ރައީސްކަން
  • 26 ޖުލައި 1952 : ވަލިއްޔުލް އަމްރުކަން
  • 15 އޮގަސްޓް 1952 : ނިޝާން ޢިއްޒަތްދީންގެ އިއްޒަތްތެރިކަން
  • 22 ޑިސެމްބަރު 1952 – 15 އޮގަސްޓް 1952 : ވަޒީރުއް ޞިއްޙާކަން
  • 1 ޖެނުއަރީ 1953 – 21 އޮގަސްޓް 1953 : ރައީސުލް ޖުމްހޫރިއްޔާކަން
  • 1932 : ގާނޫނު އަސާސީ ޑްރާފްޓްކުރާ ކޮމެޓީގެ މެންބަރުކަން ލިބުން
  • ރަދުންގެ ކާތިބުއްސިއްރުގެ ނާއިބުކަން
  • ކަސްޓަމްގެ ނާއިބުކަން
  • ޕޯސްޓް އޮފީހުގެ ނާއިބުކަން
  • ވަޒީރުއް ތިޖާރާކަން (22 ޑިސެމްބަރު 1932 -22 އެޕްރީލް 1951)
  • ވަޒީރުލް މަޢާރިފް ކަން (25 ޑިސެމްބަރު 1933 - 26 ނޮވެމްބަރު 1936 )
  • މަޙްކަމަތުލް އަޝްޣާލްގެ ވެރިޔާކަން
  • ކަސްޓަމްގެ ވެރިޔާކަން
  • ޕޯސްޓް އޮފީހުގެ ވެރިޔާކަން


  • ރަދުންގެ ކާތިބުއްސިއްރު ކަން
  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • ރައްޔިތުން މަޖުލީހުގެ ޒަޢީމްކަން
  • ވަޒީރުލް ޚާރިޖިއްޔާ ކަން
  • ވަޒީރުއް ދާޚިލިއްޔާ ކަން
  • މަޙްކަމަތުލް އަމަން ޢާންމުގެ ވެރިޔާކަން
  • ސިފައިންގެ ވެރިޔާކަން
  • ވަޒީރުލް އަޢުޒަމްކަން
  • 1946- 1953 - މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލްކަން

އަދަބީ ޚިދުމަތް

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީން އަކީ ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މުޙައްމަދު އަމީން އަކީ ދިވެހި އަދަބިއްޔާތު ގެ ހިގައިގަނެވުނު ދައުރުގައި އެންމެ ފާހަގަކޮށްލެވުނު އަދީބުންގެ ސަފުގައި ގުނާލެވޭނެ ޚިދުމަތްތެރި އަދީބެކެވެ.

މުހައްމަދު އަމީން އަކީ އެންމެ ހިނގާ އެއް ދުލުގެ ވެރިޔާ އެކެވެ.ކުޅަދާނަ ދިވެހި އަދީބެކެވެ. ލިޔުންތެރި އެކެވެ. ވަރަށް ގިނަ ތާރީޚީ ލިޔުންތަކާއި، ދިވެހި ބަހުގެ ގަވާޢިދު ފޮތްތަކާއި، މަޒުމޫނުތައް ލިޔުއްވައި، ނޫސްތައް އުފައްދަވައި، ލިޔުންތައް ޗާޕުކޮށް ނެރެފައި ވެއެވެ.

މުހައްމަދު އަމީން ލިޔުއްވާފައިވާ ބައެއް ފޮތްތައް

އުނިއިތުރު ގެންނަވާ
  • ކުޅިވަރުގެ ރޫޙު- މާލެ، 1352ހ.
  • ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ - މާލެ، 1364ހ.
  • ފުރިހަމަ ޞިއްޙަތުގެ އަސްލަކީ ކޮބައިތަ-1 - މާލެ، 1366ހ.
  • ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ-1 - މާލެ، 1366ހ.
  • ހިތާއި ސިކުނޑީގެ ލޯބި - މާލެ، 1368ހ.
  • ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ތެރޭގައި - މާލެ، 1368ހ.
  • ހަރުދަނާ އަޚްލާގެއް ލިބިގަންނާނީ ކިހެނަކުން؟ - މާލެ، 1370ހ.
  • ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައެވެ. - މާލެ، 1371ހ.
  • ޖުމުހޫރީ ދަރުބާރުގެ މައްޗަށް އަވަސްކަޅިއެއް - މާލެ، 1372ހ.
  • ކޮންތާކަށްތަ މިދެވެނީ - މާލެ، 1951މ.
  • ސައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް - މާލެ، 1987މ.
  • ތަންގީހު ކުރެވުނު ދިވެހި ތާރީޚްގެ ތަންތަންކޮޅު
  • ޙަޔާތުގެ ނިމުން - މާލެ، 1990މ.
  • އަމީނުގެ މަޒުމޫނުތައް-1 - މާލެ، 1993މ.
  • ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ޙަޔާތް - މާލެ، 2003މ.
  • ދަރިއެއްގެ ޝުކުރު-ސީރަތުލް އަލްއަމީރު އަލްޙާއްޖު އަލްމަރުޙޫމް އަޙުމަދު ދޮށިމޭނާ ކިލެގެފާނު - މާލެ، 2003މ.
  • ކަރުނަ އާއި ނުލައި ކެއްކުން - މާލެ، 2004މ.
  • ކަނޑުން ފިރުކެމުން، ވައިން އުދުހެމުން - މާލެ، 2004މ.
  • ހަމްދަރުދީ - މާލެ.
  • ތަގުދީރުގެ މަގު - މާލެ.
  • ޖޫލިއެޓްގެ ހުވަފެން - މާލެ.
  • އަޅުގަނޑުގެ ހަދާންތައް

ހަދާންތަކާއި ބިނާތައް

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީނުގެ ހަދާނީ ބިނާތަކާއި ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ދެތަނެއް ވެއެވެ. ފުރަތަމަ ތަނަކީ މާލޭގައި ހުރި އަންހެންކުދިންގެ އެންމެ ދުވަސްވީ ސާނަވީ މަދަރުސާ އަމީނިއްޔާ ސުކޫލް އެވެ. 1944 ގައި މަދަރުސަތުއް ސަނިއްޔާގެ ނަމުގައި ފުރަތަމަ ހުޅުވި އަމީނިއްޔާ ސުކޫލްގެ ނަން ނިސްބަތްވަނީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަށެވެ. މީގެ އިތުރުން އަމީނިއްޔާ ސުކޫލްގެ ފަރާތުން ކޮންމެ އަހަރަކު އެސުކޫލްގެ ޚަރަދުގައި އެސުކޫލްގައި ތަޢުލީމު އުގެނުމުގެ ފުރުޞަތު ރާއްޖެތެރޭގެ ކޮންމެވެސް ދަރިވަރަކަށް 'އަމީން ދީދީ އެވޯޑް ގެ ނަމުގައި ދެވެއެވެ.

މުޙައްމަދު އަމީންގެ ނަމާއި ގުޅުވައިގެން މާލޭގެ ބޮޑުމަގަކަށް ނަންދެވިފައިވެއެވެ. އެއީ މާލޭގެ ދެކުނު ފަރާތުގައި އިރުން ހުޅަގަށް އޮންނަ ބޮޑުމަގެއް ކަމުގައިވާ އަމީނީ މަގު އެވެ.


ހަޔާތުގެ ފަހުދުވަސްތައް

އުނިއިތުރު ގެންނަވާ

އަލްއަމީރު މުޙައްމަދު އަމީން ދޫނިދޫގައި ބަންދުކުރެއްވީ އޭނާ ވެރިކަމުން ވަކިކުރުމަށް ރައްޔިތުން ގެނައި އިންގިލާބަކަށްފަހު ސްރީލަންކާގެ ކޮޅުބުގައި ހުންނަވާފައި މާލެ ވަޑައިގަތުމުންނެވެ. އެބަންދުގައި ކ.ދޫނިދޫގައި ހުންނަވަނިކޮށް ރޭއްވުނު ސިއްރު ރޭވުން ތަކެއްގެ މަތިން 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ވިލޭރޭގެ މެންދަމު މުޙައްމަދު އަމީން މާލެ ވަޑައިގަތުމުން އޭނާ އަށް ބައެއް ފަރާތުން ހާނިއްކަ އާއި އަނިޔާ ލިބުނީ އެވެ.

އަވަހާރަކޮށްލުން

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީން އަކީ ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ އަވަހާރަކޮށްލި ރައީސެކެވެ. އެމަނިކުފާނު މިދުނިޔެ ދޫކުރެއްވީ މިޒަމާނަށް އައިސް ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމުގެ ތެރޭގައި ސިޔާސީ މަސްރަޙްގައި ތިބި އަމިއްލަ އެދުމުން ފުރިގެންވާ ބައެއްގެ ކެހިވެރި ރޭވުމެއްގައި ހިންގި ވަރަށް ނުރައްކާތެރި ނާމާން ހަރަކާތް ގަނޑެއްގެ ތެރޭގައި އެމަނިކުފާނުންގެ ހަށިކޮޅަށް ދެވުނު ވަރަށް ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.

ޝަރީޢަތަށް ސާބިތުވި ގޮތުގައި ފާމުދޭރިގޭ އިބްރާހީމް ޙިލްމީ ދީދީގެ ރޭއްވެވުމުގެ މަތިން މުޙައްމަދު އަމީން މާލެ ގެންނަވައި ގުޅަކުޅޭ ފަސްގަނޑުގައި ހިނގި ހަމަ ނުޖެހުމުގައި (21 އޮގަސްޓް 1953 ގައި) އަލްއަމީރު މުޙައްމަދު އަމީންގެ ހަށިކޮޅަށް ވަރަށް ބޮޑު އަނިޔާ އާއި ގެއްލުން ލިބުނެވެ. މުޙައްމަދު އަމީން އަވަހާރަވީ އެރޭ ހިނގި ކަންތައްތަކަށްފަހު ކ.ގާފަރަށް އަރުވާލައްވާފައި ހުންނަވަނިކޮށް، އޭނާގެ ޙާލު ބޮޑުވެގެން ކ.ވިހަމަނާ ފުއްޓަށް ގެންނެވުމަށްފަހު ގައެވެ.

އަވަހާރަވީ ލިބުނު އަނިޔާއަށް އެކަށޭނަ އެއްވެސް ޝިފާއެއް ލިބިވަޑައި ނުގެން، އޮންނަވާން ޖެހިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މުޙައްމަދު އަމީން އަވަހާރަވީ 19 ޖެނުއަރީ 1954 ގައެވެ. އެއީ ހިޖުރައިން 13 ޖުމާދިލް އޫލާ 1373 ގައެވެ. މުޙައްމަދު އަމީން ފަސްދާނު ލެވިފައިވަނީ ކ. ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ ވިލެޖް ޓޫރިސްޓް ރިސޯޓެވެ.

  • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • އަޅުގަނޑުގެ ހަދާންތައް - މުޙައްމަދު އަމީން
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006


ކުރިން ހުންނެވީ:
ސުލްޠާން ޢަބްދުލްމަޖީދު
ދިވެހިރާއްޖޭގެ ރައީސް
1953
ފަހުން ވަޑައިގަތީ:<br./>މުޙައްމަދު ފަރީދުދީދީ

ހަދާނީ ފޮޓޯ ގެލެރީ

އުނިއިތުރު ގެންނަވާ