މައްޝޫރު އުސްތާޒުލް ޖީލް އަދި ބަހަށް އަރައިހުންނެވި އަދީބު، ބަހުގެ އެދުރުންނާ ހަވާލާ ދެއްވައި ބަޔާން ކުރައްވާ ގޮތުގައި އަދަބިއްޔާތަކީ، މީހާ ކުރާ ކުށްތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނި ގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް މެދުވެރި ކުރާ ކަންތަކެވެ.

އިލްމަކަށް ކިޔޭ ނަމެއްގެ ގޮތުގައި މިބަހުގެ މާނަކުރައްވަނީ، ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް އަމުނައިލެވިފައި ހުންނަ ޅެން ބަހުރުވައާއި އަމުނައިލުމެއް ނެތި އުކައިލެވިފައި ހުންނަ ލިޔާ ބަހުރުވައިގެ ބަސްތަކަށެވެ. އަދި އެތަކެތި ޝަރަހަކޮށް ބަޔާން ކުރުމަށްޓަކައި ބޭނުން ކުރެވޭ މައުލޫމާތު ތަކަށެވެ. އަދި އެތަކެއްޗާމެދު ފާޑު ކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި ލިޔުންތަކަށެވެ. އެފަދަ ތަކެއްޗަކީ، ކިޔާ މީހާއާއި އަހާމީހާގެ ހިތަށް އުފަލެއް ނުވަތަ ހިތާމައެއް ނުވަތަ އެހެންވެސް ފުން ޝޫރެއް ވައްދައިދޭފަދަ ޅެން ބަހުރުވައާއި ލިޔާ ބަހުރުވަ ތަކެވެ. ބަސް މޮށުންތެރީންގެ އަގުހުރި ހުތުބާ ތަކާއި ތަގުރީރު ތަކެވެ. މަޒުމޫނު ތަކާއި ލިޔުންތަކެވެ. ރީތި ވާހަކަ ތަކެވެ. މިއިން ކޮންމެ އެއްޗަކީ ވެސް އަދަބެވެ.

އަދަބުގެ އިލްމު ލިބިގަތުމަށް ޓަކައި ފިކުރު ކުރަން އެނގޭ ހިތަކާއި، ފައުޅުކޮށް ބަޔާން ކުރަން އެނގޭ ދުލަކާއި، ސިފަކޮށް ދެއްކޭފަދަ ބަސްމަގެއް ބޭނުން ވެއެވެ. އަދަބުގެ އިލްމުގެ ތެރެއަށް ވަންނަ މީހުން މިކަން ހަނދާން ކުރާން ޖެހެއެވެ.

ދިވެހި އަދަބިއްޔާތު ބެހިގެންވާ ބައިތައް އުނިއިތުރު ގެންނަވާ

ދިވެހި އަދަބިއްޔާތު ބެހިގެންވަނީ މައިގަނޑު ދެ ބަޔަށެވެ. އެއީ ލިޔުންތެރިކަމާއި ޅެންވެރިކަމެވެ.

ލިޔުންތެރިކަން އުނިއިތުރު ގެންނަވާ

ޅެންވެރިކަން އުނިއިތުރު ގެންނަވާ

ޅެންވެރިކަމުގައި ހިމެނެނީ 7 ބައެވެ. ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ އަދި ލަވަ އެވެ. ނުވަތަ "ބޮކި ފުރާޅު އަލި" އެވެ.


ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން