އަލްފާޟިލް އަޙުމަދު ޝަފީޤު (އުފަންވީ 15 މެއި 1928 ގައި ) އަކީ މަދަރުސަތުލް މަޖީދިއްޔާގެ މުސްކުޅި ދަރިވަރެކެވެ. އަޙުމަދު ޝަފީޤު (މެދުގޭ އަޙުމަދު ޝަފީޤު ) ގެ ބައްޕާފުޅަކީ މެދުގަނޑުވަރު ތުއްތު މަނިއްޕުޅު އެވެ. މަންމައަކީ ހ.ހާޖަރާގޭ ދޮންދީދީ ނުވަތަ ޞޮފިއްޔާ ދޮންދީދީ އެވެ. އަޙުމަދު ޝަފީޤު އަކީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމް 1980 ވަނަ އަހަރު ލިބިލައްވާފައިވާ ބޭފުޅެކެވެ. އަދި ލިޔުންތެރިކަމުގެ އިނާމާއި، ނޫސްވެރިކަމުގެ ރަންގަލަން ވެސް ސަރުކާރުން ދެއްވާފައިވެ އެވެ. ދިވެހި ބަހުގެ ކުޅަދާނަ ލިޔުންތެރި އެކެވެ. ދިވެހި ބަހުން 22 ފޮތް ލިޔެ ޗާޕުކޮށް ނެރުއްވާފައި ވެއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ފުރުއްވި މަގާމްތައް

އުނިއިތުރު ގެންނަވާ
  • 1948 : ކާތިބުކަން – ވުޒާރަތުއް ދާޚިލިއްޔާ
  • 1951 : އަތޮޅުވެރިކަން – ފެލިދެ އަތޮޅު
  • 1956 : ވަކީލުކަން – ވުޒާރަތުލް މަޢާރިފް
  • 1954 : އަތޮޅުވެރިކަން – ރ. އަތޮޅު
  • 1957 : އަތޮޅުވެރިކަން – ފާދިއްޕޮޅު
  • ޑިރެކްޓަރުކަން : ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • އަންޑަރ ސެކެޓްރީ : މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • ރައްޔިތުން މަޖުލީހުގެ މެމްބަރުކަން : ހުވަދު އަތޮޅުގެ
  • ރައްޔިތުން މަޖުލީހުގެ މެމްބަރުކަން : ފ. އަތޮޅުގެ
  • ސެކެޓްރީ : ރައްޔިތުން މަޖުލީސް
  • މުދައްރިސް : މަދަރުސަތުލް އަމީރު އަޙުމަދު
  • މުދައްރިސް : މަޖީދިއްޔާ ސްކޫލް
  • މުދައްރިސް : އަމީނިއްޔާ ސްކޫލް
  • މެމްބަރުކަން : ބަސްކޮމިޓީ

އަޚުންނާއި އުޚުތުން

އުނިއިތުރު ގެންނަވާ
  • ޢާއިޝަތު ދީދީ މުންނާރުދޮށުގެ
  • އާމިނަތު ދީދީ މާފަންނުގެ
  • ފާތިމަތު ދީދީ ގިރީތެރޭގެ
  • މަރިޔަމް ނާޒްނީން އިބްރާހީމް މެދުގެ
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006