މުޙައްމަދު ޖަމާލުއްދީން

(މިސްރާބުކުރެވުނީ ނައިބު ތުއްތު އިން)

ދިވެހި އަދަބިއްޔާތުގައި އެންމެ ފުންނާބުއުސް އެއް އަދީބަކީ އައްޝައިޚުލް ފަގީހު މަރްހޫމް މުޙަންމަދު ޖަމާލުއްދީން ބްނު އަައްނައިބު އީސަލް މުލަކީ އެވެ. ނުވަތަ ދިވެހީން އާންމުކޮށް ކިޔާގޮތަށް ނަމަ ނައިބު ތުއްތު އެވެ. އޭނާގެ ލިޔުންތެރިކަން ފެނިފައިވަނީ ދިވެހި އަދަބިއްޔާތުގެ ފިރުކެން ފެށި ދައުރުގައެވެ. ނައިބު ތުއްތު އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ އަލްޤާޟީ މުޙަންމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. އަދި ރާއްޖެއިން ބޭރުން އަރަބި ބަހާއި އިސްލާމްދީން ވަރަށް ރަނގަޅަށް އުނގެނިވަޑައިގަތެވެ. އަދި މިހާރުގެ ސްރީލަންކާއިންނާއި ސަޢުދީ އަރަބިޔާ އިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ނާއިބު ތުއްތު އަކީ ދިވެހި ބަހުގެ އަދީބެކެވެ. ޝާޢިރެކެވެ. ދީނީ ޢިލްމާއި ޢަރަބި ބަހުގެ ޢިލްމަށް އަރައި ހުންނެވި ޢާލިމެކެވެ. އޭނާގެ ޢިލްމީ ޚިދުމަތް އަދި އަދަން ދާންދެން ދިވެހި އުދަރެހުން ފިލައި ނުދެއެވެ.

ނާއިބު ތުއްތު އަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުންގެ ޢީސާ ނާއިބު ތަކުރުފާނުންގެ ދަރިކަލެކެވެ.ޢީސާ ނާއިބު ތަކުރުފާނު އަކީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ޒަމާނުގައި މާލޭގެ ބޮޑު ނާއިބުކަމުގައި ހުންނެވި ބޭކަލެކެވެ. މީނާ މާލޭ ފުއްލާގޭ މަރިޔަމް ފުޅާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރިކަލަކީ ނާއިބު ތުއްތު އެވެ. ޢީސާ ނާއިބު ތަކުރުފާނުންގެ ނިޔާވުމުން މަރިޔަމް ފުޅާއި ކައިވެނި ބައްލަވައިގަތީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނުންގެ ދަރިކަލުން އަޙުމަދު ބަންޑާރަ ނާއިބު މަނިކުފާނެވެ. ނާއިބު ތުއްތު ބޮޑުވީ މިމަނިކުފާނުގެ އަރިހުގައި ހުންނަވައިގެންނެވެ.

ނާއިބު ތުއްތުގެ ފުރަތަމަ އެދުރު ބޭކަލަކީ އަދި ޚާއްޞަކޮށް ރައިވަރުގެ އެދުރު ބޭކަލަކީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނު އެވެ. ރައިވަރު ހަދަން ދަސްވުމަށްފަހު، ބަނޑޭރި ހަސަން މަނިކުފާނު އަދި އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނުގެ ލިޔުންތައް ބައްލަވައި ދިރާސާ ކުރައްވައި ހެއްދެވި އެވެ. އަދި ބަނޑޭރި ހަސަން މަނިކުފާނު ގެ ދިޔޯގެ ރައިވަރަށް ނުލާހިކު ޢިލްމީ ޝަރަހައެއް ލިޔުއްވި އެވެ.އަދި އެތަކެތީގެ މޮޅާއި ދެރަ ވަކިކުރައްވައި އެތަކެއްޗާމެދު ވަރަށް މޮޅަށް ފާނޑު ކިޔާފައި ވެއެވެ. އެގޮތުން ތުއްތު ހިމެނެނީ ދިވެހި ލިޔުންތެރިކަމުގެ ސިލްސިލާ ބޮޑު ގެތެމުން އަންނަ ގޮތުން އޭގެ 3 ވަނަ ބޮޅު ކަމުގައެވެ.ރައިވަރުން ވަރަށް ގިނަ ތަކެތި ނާއިބު ތުއްތު ހައްދަވާފައި ވެއެވެ. އޭގެ ފޭރާންވެސް އެހާ ރަގަޅުމެއެވެ.

ތުއްތު އަކީ ދިވެހި ބަހުގެ އެންމެ އިސް ސަފުގެ އަދީބެކެވެ.ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން ވިދާޅުވާގޮތުގައި ބަނޑޭރި ހަސަން މަނިކުފާނު އަށްފަހު ތުއްތު އާއި އެއްވަރަށް ޅެންކިޔުނު ނުވަތަ ރައިވަރު ހެދުނު ޅެންވެރިއަކު ދިވެހިރާއްޖެއަކު ނެތެވެ.

ޢިލްމު އުގެނުން

އުނިއިތުރު ގެންނަވާ

ނާއިބު ތުއްތުގެ ޢުމުރުން ދާދި ޅަފުރާގައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުންގެ އަރިހުން ޢަރަބި ކިޔެވުމާއިގެން މަޝްޣޫލުވެއްޖެ އެވެ. ތުއްތުގެ ފުރަތަމަ އެދުރު ބޭކަލަކީ އަދި ޚާއްޞަކޮށް ރައިވަރުގެ އެދުރު ބޭކަލަކީ މިމަނިކުފާނުއެވެ.މުހިއްބުއްދީން ފަނޑިޔާރު މަނިކުފާނު އަވަހާރަވެ، އިބްރާހީމް މަޖުދުއްދީން އަށް ފަނޑިޔާރުކަން ލިބުމުން އޭނާ އަރިހުން ކިޔަވާން ފެއްޓެވި އެވެ. އެދުވަސްވަރު ތުއްތު އަށް ބޮޑު ނާއިބުކަން ދެއްވި އެވެ. މަޖުދުއްދީން އަވަހާރަވި އިރު ތުއްތު ހުންނެވީ ފިޤުހު ޢިލްމާއި، ނުޖޫމީ ޢިލްމަށް ކުރިއަރައި މޮޅުވެފައެވެ.

މޫސާ ބަދުރުއްދީން ފަނޑިޔާރު ކަމުގައިވެސް ބޮޑު ނާއިބަކީ ތުއްތު އެވެ. މޫސާ ފަނޑިޔާރު ތަކުރުފާނު ފަނޑިޔާރުކަން ދޫކުރައްވައި ރަށަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ނާއިބު ތުއްތު ސިލޯނަށް ނުވަތަ ސްރީލަންކާ އަށް ވަޑައިގެންނެވި އެވެ. ސިލޯނުގެ ބޭރު ވެލީގައި އޭރު ހުންނެވި، އަލްޢާލިމުލް ޢައްލާމާ އަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަހިމަހުﷲ މިކަލޭގެ ފާނަށް ދަރިވަރު ވިއެވެ.

ނައިބު ތުއްތު އަކީ ވަރަށް ރަގަޅަށް ޢަރަބި ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރި އަދީބެކެވެ. ސިލޯނަށް ދުރުވެ ބޭރުވެލީގައި ހުންނަވައިގެން އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް އޭ ކިޔުނު ބޭކަލަކަށް ދަރިވަރު ވިއެވެ. އޭގެ ފަހުން އަރަބި ކަރަޔަށް ދުރުވެ އައްޝައިޚް އަޙުމަދު ޒައިނީ ދަޙްލާން އޭ ކިޔުނު ބޭކަލަކަށްވެސް ދަރިވަރު ވިއެވެ. އެއީ އެދުވަސްވަރު މުފްތީއެއްގެ ގޮތުގައި ހުންނެވި ވަރަށް ބޮޑު ޢިލްމު ވެރިއެކެވެ.

ކުރިން ބުނެވުނު ދަތުރު އޮޅުދޫކަރަ ނުވަތަ ސްރީލަންކާގައި އުޅުއްވާފައި މާލެ ދުރުވީ ހިޖުރައިން 1300 ވަނަ އަހަރު އެވެ.ހިޖުރައިން 1303 ވަނަ އަހަރު ޙައްޖުވުމުގެ ގަސްތުގައި ސަޢޫދީ އަރަބިއްޔާ އަށް ދުރުވެ، މައްކާގައި ހުންނެވި އިމާމުލް މުތައައްޚިރީން މުފްތިލް ޙަރަމައިނި އަލްޢާލިމް އަލްޢައްލާމާ އަލްޢާރިފްބިﷲ އައްސައްޔިދު އަހުމަދު ޒައިނީ ދިޙްލާން ރަހިމަހުﷲ މިކަލޭގެ ފާނަށް ދަރިވަރުވުމުގެ މާތްކަން ޙާޞިލް ކުރެއްވި އެވެ. މިދަތުރު ކުރައްވާފައި މާލެ ދުރުވީ ކުޑަ ބަންޑާރައިންގެ ރަސްކަމުގައެވެ. ނާއިބު ތުއްތު ފަނޑިޔާރުކަމަށް އިސްކުރެއްވީ މިދަތުރުން މާލެ ދުރުވި ފަހުންނެވެ. އެއް އަހަރު ދުވަސްވަންދެން ފަނޑިޔާރުކަން ކުރެއްވުމަށްފަހު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އެވެ.

އަރުވާލެއްވުން

އުނިއިތުރު ގެންނަވާ

ހިޖުރައިން 1306 ވަނަ އަހަރު އައްސުލްޠާން އިބްރާހީމް ނޫރައްދީން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ ވަޑައިގަތްތަނާ ނާއިބު ތުއްތު ބ.ފެހެންދޫ އަށް އަރުވާލެވުނެވެ. ދެން މާލެ ގެނައީ 1310 ވަނަ އަހަރު އެވެ. 11 ޛުލްޙައްޖާ 1321 ގައި ނާއިބު ތުއްތު ދ.މާއެނބޫދޫ އަށް އަރުވާލެވުނެވެ. އެރަށުގައި ހުންނަވަނިކޮށް 23 ރަމަޟާން 1325 ގައި އުމުރުން 63 އަހަރުގައި ތުއްތު އަވަހާރަވި އެވެ.

ސަރުކާރުގައި އަދާ ކުރެއްވި ބައެއް ވަޒީފާތައް

އުނިއިތުރު ގެންނަވާ
  • އުއްތަމަ ފަނޑިޔާރުކަން
  • ފަނޑިޔާރުގެ އިސް އެހީތެރިޔާ ކަން

ލިޔުއްވާފައިވާ ބައެއް ފޮތްތައް

އުނިއިތުރު ގެންނަވާ
  • ކުޑަ ތަރުތީބު
  • ބޮޑު ތަރުތީބު
  • އަފްޟަލުލް މަރާބިޙު
  • މިންހަތުލް މަންނާނު
  • ތަޤްވީމުއްލިސާން (މި ފޮތް ލިޔެ ނިންމެވި ތާރީޚަކީ 05 ރަމަޟާން 1308 ހ. ވީ އަންގާރަ ދުވަހު އެވެ.)
  • ތާނަ ލިޔުމުގެ ޤަވާއިދު (މި ފޮތް ލިޔެ ނިންމެވީ ހިޖްރައިން 1308 ހ. ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 2 ވީ ބުދަ ދުވަހުއެވެ.)

(އަދި މީގެ އިތުރަށް އޮޑިދޯނިފަހަރުގެ ރިޔާ ކަނޑައި އުޅުނު މިންތަކާއި އެ ކަނޑާގޮތާއި ބެހޭ ފޮތެއްވެސް ތުއްތު ލިޔުއްވިއެވެ.)

ލިޔުއްވާފައިވާ ރައިވަރުތައް

އުނިއިތުރު ގެންނަވާ
  • ދަގަނޑު ދަހަނާ
  • މުޑަނުފޮތް
  • ސުއްކަތުރާ ޚަބަރު (ޚަބަރުފޮތް)

މިފޮތަކީ ހިޖުރައިން 1308 ވަނަ އަހަރު ނައިބު ތުއްތު ބ.ފެހެންދޫ އަށް އަރުވާލާފައި ހުންނެވި ދުވަސްވަރު ލިޔުއްވި ފޮތްތަކުގެ ތެރެއިން ފޮތެކެވެ. އޭރު ތުއްތު ހުންނެވި ދަތި ހިތާމަ ވެރި ޙާލު އެފޮތުގައި ބަޔާން ކުރައްވާފައި ވެއެވެ. އޭގެ ރައިވަރެއް ތިރީގައި މިވަނީ އެވެ.


ހިތިވެފައި ކަންހިތުގެ ހިތި - ( ހިތުގެ ހިތިކަން ހިތިވެފައި )
ޅިތި މަހަ ވެގަދޫ ދެލޮލުގެ ރީކަ - ( ދެލޮލުގެ ކަޅިމަތި ރީނދޫވެ )
ނިތިމެއަޅާ މިހުރީކަ - ( މިނިކަމެތި އަޅާ ހުރީ )

  • ތަޤްވީމުއްލިސާނީ

މިފޮތަކީ ހިޖުރައިން 1308 ވަނަ އަހަރު ނައިބު ތުއްތު ބ.ފެހެންދޫ އަށް އަރުވާލާފައި ހުންނެވި ދުވަސްވަރު ލިޔުއްވި ފޮތްތަކުގެ ތެރެއިން ފޮތެކެވެ. މިފޮތުގައި ވަނީ ދިވެހި ބަހުގެ ގަވާއިދެވެ.

  • ރާޒުވާ

ރައިވަރުގެ މިސިލްސިލާގައި ބޭރު ފުށުން ފެންނަން އޮތީ ރާޒުވާ ކުޅުމުގެ ބައެއް އުކުޅުގެ ވާހަކަ އެވެ. ބައެއް ކުޅީގެ މުހިއްމު ކަމާ ބެހޭ ވާހަކަތަކެވެ. ނަމަވެސް ބޯތުނބުޅި ކޮށުން، މަނާކުޅަ ބޮޑުބޯ، މަނާ ތުބުގައި ނާޅާނޭހޭ ބުނުމުން މީގައި ކޮންމެވެސް އެހެން މާނައެއް ވާކަމަށް ގަބޫލު ކުރެވެއެވެ.

  • ލަކުޑިފޮތް

މިފޮތުގައި ވަނީ ރާއްޖޭގައި ހުރި ލަކުޑީގެ ބާވަތްތަކާއި، ބޭރުން ދިވެހިރާއްޖެއަށް ގެނެވޭ ލަކުޑީގެ ބާވަތްތަކާއި މެދު ވާހަކަ ދައްކަވާފައެވެ. މިފޮތުގައި އެކި ކަހަލަ ލަކުޑި ކޮށޭނީ އެކި ކަހަލަ ފުރޮއިން ކަން ހާމަކުރައްވާފައި ވެއެވެ. އަދި އާދައިގެ ފުރޮއިން ނުކޮށޭ ބާވަތުގެ ލަކުޑި ހުންނަކަން ވެސް ހަދާން ކޮށްދީފައި ވެއެވެ. މިތަނުން އެއްރައިވަރު ތިރީގައި މިވަނީ އެވެ.


ހައިވަކަރު މަސްކަނދާ - ( މަސްކަނދާ ހައިވަކަރު )
ހައިވަކި ނުވަޑިޔަކަށްވާ - ( ވަކިނުވާހައި ވަޑިޔަކަށް )
ހައިރާނު ނުފި ހިތުގެ ލާ - ( ހިތުގެ ހައިރާނު ނުފިލާ )


ހައިހުރި ލަކުޑި ދިނީމާ - ( ހުރިހާ ލަކުޑި ދިނީމާ )
ހައި އެދު ދުބަސްބުނާ ލުންކި - ( އެހައި ކިދުބަސް ދުލުން ބުނާ )
ހައިވާނޭހޭ ގެއްލުންކި - ( ކިހައި ގެއްލުން ވާނޭހެ )

  • ފަހު ޒަމާން

މިފޮތުގައި ފަހުޒަމާނުގެ އަލާމާތް ތައް ކަމަށް ވަރަށް ގިނަ ކަންތައްތައް ލިޔުއްވާފައި ވެއެވެ. މިފޮތުގެ ރައިވަރެއް ތިރީގައި މިވަނީ އެވެ.
އަސްދޫނި އުދުހިދާ
މަސް އައިނު ކޮށަކޮށާ ކައި
ގަސްގަހު ވަތަށް ނިރުފަޅައި
ރަސްކަން ބުޅާ ފިކުރުލައި
ބަސްވިކި ކަނބިލި އުޅެޔޭ މި
ފަސްވި ޒަމާނު ދުނިޔޭ މި

  • އަފްލާޠޫން
  • ސުވޭހު ހަކުރު
  • ނަމެއް ނެތި
  • ސިއްކަ މޮހޮރީ(ނައިބުތުއްތު ފެހެންދުއަށް އަރުވާލާފައި ހުންނެވިއިރު އައްސުލްތާން އަލްމަރުހޫމް މުޙައްމަދު އިމާދުއްދީން މިރަދުންނަށް މަދަޙަ ކިޔުއްވާފައިވާ ފޮތެކެވެ.)
  • ކަންޒުލް އަދަބު - މަލަސް 40 - އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ - 1 އޮކްޓޯބަރ 1992 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު