ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
ދިވެހިރާއްޖޭގެ رئيس الجمهورية އަކީ ދިވެހި دولةގެ އަދި ދިވެހި سركارގެ އެންމެ މަތީ ވެރިޔާއެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ رئيس الجمهورية އެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ رعية އަކީ ވެސް ދިވެހިރާއްޖޭގެ رئيس الجمهورية އެވެ. ދިވެހިރާއްޖޭގެ رئيس މިނަމުން إشارة ކުރެވެނީ ދިވެހިރާއްޖޭގެ رئيس الجمهورية އަށެވެ.
ދިވެހިރާއްޖޭގެ قانون الأساسيُّގެ ހަތަރުވަނަ بابގެ 106 ގެ (ނ) ގައި ވަނީ
" دولة ހިންގުމުގެ އެންމެހައި أصول ތައް ކަނޑައަޅާނީ މި قانون قانون الأساسيން (ދިވެހިރާއްޖޭގެ قانون الأساسيُّ) ކަމަށް ވީ ހިނދު، މި قانون الأساسيދަމަހައްޓައި، دفاع ކޮށް، قانون الأساسيُّއަށް حرمةތެރިކޮށް ހިތުން މަތީ رئيس الجمهورية ދެމިހުންނަވާނެއެވެ. އަދި دولةގެ އެއްބައިވަންތަކަން ދަމަހައްޓާން މަސައްކަތް ކުރަންވާނެއެވެ."
قانون الأساسيُّގައިވާގޮތުގެ މަތިން قانونތައް ހިންގުމުގެ ބާރު ލިބިގެން ވަނީ رئيس އަށެވެ. ދިވެހިރާއްޖޭގެ قانون الأساسيُّ دفاع ކޮށް ދެމެހެއްޓުމުގެ އެންމެ مهم ذمة އެޅޭ ފަރާތަކީވެސް رئيس الجمهورية އެވެ.
މިހާރު ދިވެހިރާއްޖޭގެ رئيس އަކު ނުހުންނަވައެވެ.. ވެރިކަން ކުރަނީ ކުރަމުން ދާނީ رعيةންނެވެ.
ރައީސްކަމުގެ ދައުރު
އުނިއިތުރު ގެންނަވާދިވެހިރާއްޖޭގައި ރައީސްކަމުގައި ހުރެވޭނީ ގިނަ ވެގެން 5 އަހަރުގެ ދެދައުރުގައެވެ. ކޮންމެ ފަސް އަހަރަކުން ރައީސްކަމަށް މީހަކު ހޮވުމަށް އިންތިހާބު ބޭއްވޭނެއެވެ. ރައީސަކު އިންތިހާބުކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ރައީސްކަމަށް މީހަކު ކުރިމަތިލާނަމަ ވަކި ހާއްސަ ސަރުތުތަކެއް އެމީހެއްގެ ގައިގާ ހަމަވާންޖެހެއެވެ. އޭގެތެރޭގައި
1- ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައިވާ ދިވެއްސަކަށްވުން.
2- މުސްލިމަކު ކަމުގައިވުމާއި އޭނާ އަކީ ސުންނީއަކަށްވުން.
3-އުމުރުން 35 އަހަރު ފުރުން.
4-ބުއްދި ސަލާމަތުން ހުރިމީހަކު ކަމުގައިވުން.
5- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތް މީހަކުކަމުގައިވުން.
6- ޖިނާއީ މައްސަލައެއްގެ ހުކުމެއްގައި 1 އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާނަމަ ހުކުން ތަންފީޒުކުރިތާ 5 އަހަރު ހަމަވެފައިވާ މީހަކުކަމުގައިވުން.
7-އިސްލާމް ދީނުގެ ހައްދު ކަޑައެޅިފައިވާ ކުށެއް ކުރިމީހަކުކަމުގައި ނުވުން.
ރައީސަކަށް ޤާނޫނު އަސާސީން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް
އުނިއިތުރު ގެންނަވާ1- ޤާނޫނު އަސާސީ އާއި ޤާނޫނު ހިންގުމުގެ ބާރު 2- ސަރުކާރު ހިންގުން 3- ޤާނޫނުގެ ވެރިކަން ކުރިއަރުވާ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން 4- ބައިނަލް އަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުން 5- ދައުލަތުގެ މައިގަޑު ސިޔާސަތުތައް ކަނޑައެޅުން 6- ރައީސަށްބޭނުންވާނެ މަގާމުތައް އުފެއްދުން މީގެތެރޭގައި ވަޒީރުން ހަމަޖެއްސުން 7- ވަޒީރުންގެ މަޖިލީސްގެ ރިޔާސަތު ބެލެހެއްޓުން 8- ހަގުރާމަ އިއުލާނުކުރުން އަދި ސުލްހަ އިއުލާނުކުރުން 9- ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން 10- ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލާ ހިންގުން 11- ބޭރުގެ ގައުމުތަކާއި ނުވަތަ ބޭރުގެ ޖަމާއަތްތަކާއި އެކު ސިޔާސީ އެއްބަސްވުންތަކުގައި ސޮއިކުރުން 12- ބޭރުގެ ގައުމުތަކަށް ސަފިރުން ކަޑައެޅުމާއި އަބުރާ ގެނައުން 13- އެކިއެކި ތަހުގީގުތައްކުރުމަށް ކޮމެޓީ ހެދުން 14- ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އެހުން 15- ޤައުމީ ބައްދާ ސަރުކާރު ބަންދު ދުވަސްތައް ކަޑައެޅުން 16- އެކިއެކި ފަރާތްތަކަށް ޤާނޫނުގައި ވާގޮތަށް ޝަރަފާ، އިއްޒަތާއި މެޑެލް ދިނުން 17- ކުށް މާފުކުރުމާއި އަދަބު ލުއިކޮށް ދިނުން 18- ސަލާމަތީބާރު ކޮންޓްރޯލް ކުރުމުގެ ބާރު 19- ރައީސަކު އިތުރަށް ހަވާލުވެ އުފުލަންޖެހޭ އެހެނިހެން ޒިންމާތައް
ރައީސްކަމުގެ މަޤާމް ހުސްވުން
އުނިއިތުރު ގެންނަވާރައީސްކަމުގެ މަގާމު ހުސްވާނީ ދައުރު ހަމަވުމުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތްކަމުގެ ވޯޓަކުން ވަކިކުރުން، ނުވަތަ އިސްތިއުފާ ދިނުން، ނުވަތަ ރައީސްކަމުގެ ވާޖިބު ދާއިމީ ގޮތތަކަށް ނުއުފުލޭފަދަ ހާލަތެއް މެދުވެރިވުން، ނުވަތަ މަރުވުމުންނެވެ.
ދިވެހިރާއްޖޭގައި ރައީސް ކަން ކުރެއްވި ބޭފުޅުން
އުނިއިތުރު ގެންނަވާ# | ރައީސުލްޖުމްހޫރިއްޔާ | ލިބިވަޑައިގެންނެވީ | ދުރުވެވަޑައިގެންނެވީ | ސިޔާސީ ޕާޓީ | ނާއިބު | ދައުރު | |||
---|---|---|---|---|---|---|---|---|---|
ނަން | ފޮޓޯ | ||||||||
ފުރަތަމަ ޖުމްހޫރިއްޔާ (1953-1954) | |||||||||
1 | މުޙައްމަދު އަމީން ދީދީ (1910-1954 ) |
1 ޖަނަވަރީ 1953 | 2 ސެޕްޓެމްބަރ 1953 | ރައްޔިތުންގެ މުތަގައްދިމް ޕާޓީ | އިބްރާހިމް މުޙައްމަދު ދީދީ | 1 | |||
— | އިބްރާހިމް މުޙައްމަދު ދީދީ (ވަގުތީގޮތުން) (?-1901 ) |
2 ސެޕްޓެމްބަރ 1953 | 7 މާޗް 1954 | ރައްޔިތުންގެ މުތަގައްދިމް ޕާޓީ | — | — | |||
މަޤާމް އުވާލެވުން | |||||||||
ރަސްކަން (1968-1954) | |||||||||
— | މުޙައްމަދު ފަރީދުދީދީ (ސުލްޠާން) (1901-1969 ) |
7 މާޗް 1954 | 11 ނޮވެމްބަރ 1968 | ހުރާގޭ ދަރިކޮޅު | — | — | |||
މަޤާމް އުފެދުން | |||||||||
ދެވަނަޖުމްހޫރިއްޔާ (1968-) | |||||||||
2 | އިބްރާހިމް ނާޞިރު (1926-2008 ) |
11 ނޮވެމްބަރ 1968 | 11 ނޮވެމްބަރ 1973 | — | — | 2 | |||
11 ނޮވެމްބަރ 1973 | 11 ނޮވެމްބަރ 1978 | 3 | |||||||
3 | މައުމޫން ޢަބްދުލް ޤައްޔޫމް (29 ޑިސެންބަރު 1937) |
11 ނޮވެމްބަރ 1978 | 11 ނޮވެމްބަރ 1983 | — | — | 4 | |||
11 ނޮވެމްބަރ 1983 | 11 ނޮވެމްބަރ 1988 | 5 | |||||||
11 ނޮވެމްބަރ 1988 | 11 ނޮވެމްބަރ 1993 | 6 | |||||||
11 ނޮވެމްބަރ 1993 | 11 ނޮވެމްބަރ 1998 | 7 | |||||||
11 ނޮވެމްބަރ 1998 | 11 ނޮވެމްބަރ 2003 | 8 | |||||||
11 ނޮވެމްބަރ 2003 | 11 ނޮވެމްބަރ 2008 | 9 | |||||||
4 | މުޙައްމަދު ނަޝީދު (17 މެއި 1967) |
11 ނޮވެމްބަރ 2008 | 7 ފެބްރުއަރީ 2012 | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ. އަދި އެހެން ޕާޓީ އިއްތިހާދު) | ޑރ. މުޙައްމަދު ވަހީދު ހަސަން | 10 | |||
5 | ޑރ. މުޙައްމަދު ވަހީދު ހަސަން (3 ޖަނަވަރީ 1953) |
7 ފެބްރުއަރީ 2012 | 17 ނޮވެމްބަރ 2013 | އެމް.ޑީ.ޕީ. ފިޔަވައި އެހެން ޕާޓީ ތަކުގެ އިއްތިހާދު | މުޙައްމަދު ވަހީދުއްދީން | — | |||
6 | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް (21 މެއި 1959) |
17 ނޮވެމްބަރ 2013 | 17 ނޮވެމްބަރ 2018 | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް އާއި ގުޅިފައިވާ ޕާޓީ ތަކުގެ އިއްތިހާދު | ޑރ. މުޙައްމަދު ޖަމީލް އަޙުމަދު
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޢަބްދުﷲ ޖިހާދު |
— | |||
7 | އިބްރާހީމް މުޙައްމަދު ޞާލިޙް (1 މާރިޗު 1962) |
17 ނޮވެމްބަރ 2018 | 17 ނޮވެންބަރު 2023 | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) | ފައިސަލް ނަސީމް | — | |||
8 | ޑރ. މުޙައްމަދު މުޢިއްޒު (15 ޖޫން 1978) |
17 ނޮވެމްބަރ 2023 | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) | ޙުސައިން މުޙައްމަދު ލަޠީފް | — |