ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1969 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ޑރ މުޙައްމަދު ޖަމީލް އަހުމަދު އަކީ ޤާނޫނީ ދާއިރާއިން އިނގިރޭސި ވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހި ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވިއެވެ. ޖިނާއީ ޢަދުލުގެ ދާއިރާއިން ޑރ ޖަމީލް ޕީއެޗްޑީ ޙާޞިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ޔުނިވަސިޓީ އޮފް ލަންޑަންގެ ސުކޫލް އޮފް އެފްރިކަން އޮރިއެންޓަލް ސްޓަޑީސް ގައެވެ.

ޑރ މުޙައްމަދު ޖަމީލް އަހުމަދު ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގައި ގާތްގަނޑަކަށް 5 ވަރަކަށް އަހަރު ޚިދުމަތް ކުރައްވާފައެވެ. އެމުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުގެ މަގާމް ގާތްގަނޑަކަށް 2 އަހަރު ދުވަހު އަދާކުރައްވާފައި ވެއެވެ. ޑރ ޖަމީލް ޕީއެޗްޑީ ހެއްދެވުމަށް ތީސިސް ލިޔުއްވި މައުޟޫ އަކީ އިންވެސްޓިގޭޝަން އޮފް ކްރިމިނަލް ޖަސްޓިސް ސިސްޓަމް އިން ދަ މޯލްޑިވްސް އެވެ. ޕީއެޗްޑީ އަށް ފަހު ހަވީރު ނޫހަށް ދެއްވި ފުރަތަމަ އިންޓަވިއު ގައި ޖަމީލް ވިދާޅުވީ އޭނާ ތީސިސް ލިޔުއްވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން މީހުން ހައްޔަރުކުރުމާއި، ޝަރީޢަތްކުރުމާއި، ތަހުގީގު ކުރުމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެއީ ޚާއްޞަކޮށް ރާއްޖެއާއި ގުޅުވައިގެން ލިޔުއްވި ތީސިސް އެއް ކަމަށެވެ.

ޑރ ޖަމީލް ދިވެހި ސަރުކާރުން އިސްތިއުފާ ދެއްވީ 5 އޮގަސްޓް 2007 ގައެވެ. ޑރ ޖަމީލް އަކީ ނިއު މޯލްޑިވްސް އޭ ކިޔޭ މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ. ޖަސްޓިސް މިނިސްޓަރުކަން ޖުލައި 2005 ން ފެށިގެން އޮގަސްޓް 2007 އަށް ކުރައްވާފައި ވެއެވެ. ޖުލައި 2007 ގައި ޑރ ޖަމީލްގެ މިނިސްޓަރުކަމުގައި ރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި މަސައްކަތްކުރެއްވުމަށް ފުރަތަމަ ފަހަރަށް އަންހެން ބޭކަނބަލުންނަށް ހުއްދަ ދެއްވައި ޤާޟީ ކަމަށް 3 އަންހެން ބޭފުޅުން އިސްކުރެއްވި އެވެ.

އަދާކުރެއްވި ވަޒީފާތައް އުނިއިތުރު ގެންނަވާ

  • ސްޓޭޓް އެޓާނީ އެޓާނީ ޖެނެރަލްގެ އޮފީސް
  • މިނިސްޓަރ އޮފް ޖަސްޓިސް
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ނޮވެމްބަރ 2008
  • ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން - 2013

ކާމިޔާބީތައް އުނިއިތުރު ގެންނަވާ

  • ބެޗެލަރސް އޮފް ލޯސް- ޕާކިސްތާން
  • ކޮމްޕެރޭޓިވް ލޯސް - މާސްޓަރ ޑިގްރީ - އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ - މެލޭޝިޔާ
  • ކްރިމިނަލް ޖަސްޓިސް -ޕީއެޗްޑީ - ޔުނިވަސިޓީ އޮފް ލަންޑަން - ސުކޫލް އޮފް އެފްރިކަން އޮރިއެންޓަލް ސްޓަޑީސް