ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސެވެ. ވެރިކަމާ ހަވާލުވެލެއްވީ 7 ފެބްރުއަރީ 2012 ގައި މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުންނެވެ. އެއީ ކުރީގައި މުޙައްމަދު ނަޝީދުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ހުރުމަށްފަހު އެވެ.
Mohammed Waheed Hassan | |
---|---|
5th President of the Maldives | |
In office 7 February 2012 – 17 November 2013 | |
ނައިބު ރައީސް | Mohammed Waheed Dean |
ކުރިން ހުންނެވީ | Mohamed Nasheed |
ފަހުން ވަޑައިގަތީ | Abdulla Yameen |
2nd Vice President of the Maldives | |
In office 11 November 2008 – 7 February 2012 | |
President | Mohamed Nasheed |
ކުރިން ހުންނެވީ | Ibrahim Muhammad Didi |
ފަހުން ވަޑައިގަތީ | Mohammed Waheed Deen |
އުފަންވީ | Malé, Maldives | 3 ޖެނުއަރީ 1953
ސިޔާސީ ޕާޓީ | National Unity Party |
އަންބިކަނބަލުން | Ilham Hussain |
ދަރިން | Widhadh Fidha Jeffrey Salim |
Alma mater | American University of Beirut Stanford University |
ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވި ފަރާތަކީ ޑރ. މުޙައްމަދު ވަޙީދު ޙަސަން އެވެ. ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޕީއެޗްޑީ ޙާޞިލްކުރެއްވީ އެމެރިކާގެ ސްޓެންފޯރޑް ޔުނިވަސިޓީގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެޑިޔުކޭޝަން ގެ ދާއިރާއިން 1987 ވަނަ އަހަރު އެވެ.
ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އަށް 1970 ވަނަ އަހަރު ލުބުނާންގައި ހުންނަ އެމެރިކަން ޔުނިވަސިޓީ އިން ބެއިރޫތު އިން ޖާގަލިބުނެވެ. އެތާނގައި އިނގިރޭސި ބަހުން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވި އެވެ. އެއަށްފަހު 1978 ވަނަ އަހަރު އެމެރިކާގެ ސްޓެންފޯރޑް ޔުނިވަސިޓީއިން މާސްޓާރސް ހެދުމަށް ފުރުޞަތު ލިބުނެވެ. އެފަހަރު މާސްޓާރސް ހެއްދެވީ އެޑިޔުކޭޝަން ޕްލޭނިންގ ދާއިރާއިންނެވެ. އެއަށް 1985 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އިން މާސްޓާރސް ސްޓެންފޯރޑް ޔުނިވަސިޓީގައި ފުރިހަމަ ކުރެއްވި އެވެ.
ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ ދިވެހި ސަރުކާރުގެ އެކި ފެންވަރުގެ ވަޒީފާތައް ފުރުއްވާފައެވެ. ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ޔުނިސެފްގެ މުޝީރެއްގެ މަގާމްގައި ކުރީގައި ޑރ. މުޙައްމަދު ވަޙީދު ޙަސަން ހުރިއެވެ. އެއަށްފަހު ރާއްޖޭއަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވުމާގުޅިގެން، 2008ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ އިލެކްޝަންގައި ދިވެހިރާއްޖޭގެ ކުރީގައި ރައީސްއަކަށް ހުންނެވި އަލްފާޟިލް މުޙައްމަދު ނަޝީދުގެ ރަނިންމޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވިއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ނާއިބު ރައީސަކަށް ހުންނެވިއެވެ.
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލި މީހުންގެ ތެރެއިން މީހެކެވެ. އެދުވަސްވަރު ޑރ. ވަހީދަކީ ރައްޔަތުންގެ މަޖިލީހުގެ ގޮނޑިއަކަށް އެންމެ މަތީ އަޢްލަބިއްޔަތަކުން ހޮވުނު މީހާއެވެ. މީގެ އިތުރުން ޔުނިސެފްގެ އެންމެ މަތީ ވަޒީފާގައިވެސް މަސައްކަތް ކޮށްފައި ވެއެވެ. ބަންގްލާދޭޝް، ޓެންޒޭނިއާގައި މަސައްކަތް ކުރެއްވިއެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ޔަމަން، އަފްޣާނިސްތާން، މެސެޑޯނިއާ، މޮންޓިނީގްރޯ އަދި ތުރުކްމަނިސްތާނުގައި ހުންނަވާ ޔުނިސެޕްގެ ރެޕްރެޒެންޓޭޓިވް އެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވެއެވެ. ޔޫއެންގެ ޑެވެލޮޕްމެންޓް ގްރޫޕްގެ އަދި އަފްޢާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީގެ އެޑްވައިޒަރަކަށްވެސް ހުންނެވިއެވެ
ކުރިން ހުންނެވީ: މުޙައްމަދު ނަޝީދު |
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ -2012 |
ފަހުން ވަޑައިގަތީ: - |
ކުރިން ހުންނެވީ: |
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު 2008-2012 |
ފަހުން ވަޑައިގަތީ: މުޙައްމަދު ވަހީދުއްދީން |