މުޙައްމަދު މުޢިއްޒު

ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމު 2023 ވަނަ އަހަރުން ފެށިގެން ފުރުއްވަމުންދާ ބޭފުޅާ
(މިސްރާބުކުރެވުނީ މުހައްމަދު މުއިއްޒު އިން)

މުހައްމަދު މުއިއްޒު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
ނައިބު ރައީސްޙުސައިން މުޙައްމަދު ލަތީފް
ކުރިން ވެރިކަން ކުރެއްވީއިބްރާހީމް މުޙައްމަދު ޞާލިޙް
އުފަންވީ15 ޖޫން 1978
މާލެ، ދިވެހިރާއްޖެ
އަނބިކަނބަލުންސާޖިދާ މުހައްމަދު
ދަރިންޔަސިމީނު • އުމައިރު • ޒައިދު
މައިންބަފައިންޝެއިޚް ހުސައިން އަބްދުއްރަހްމާން
ހުސްނާ އާދަމް އިސްމާއިލް މަނިކު
ސިޔާސީ ޕާޓީޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ސޮއި

މުހައްމަދު މުއިއްޒު (އިނގިރޭސި: Mohamed Muizzu) އަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. މުއިއްޒު އުފަންވެޑައިގަތީ 1978ގައެވެ. މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކައިވެނިން 3 ކުދިން ލިބިލެއްވި އެވެ. މުއިއްޒު އައް އެ މަގާމު ލިބުނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބަލިކޮއްގެންނެވެ.

މުއިއްޒު ތަޢުލީމް ހާސިލްކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލް އިންނެވެ. ޔުނިވާސިޓީ އޮފް ލަންޑަނުން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލަރސް އަދި މާސްޓާސް ޑިގްރީ ހާސިލް ކުރެއްވި އިރު، ޔުނިވާސިޓީ އޮފް ލީޑްސް އިން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވި އެވެ.

ސިޔާސީ ކެރިއަރ

އުނިއިތުރު ގެންނަވާ

ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން މުޙައްމަދު މުޢިއްޒު ވަނީ އިމާރާތް ކުރުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށް، ޕްރައިވެޓް ސެކްޓާ ގެ އިތުބާރު ހޯދާފައެވެ. މުޢިއްޒުގެ ސިޔާސީ ކެރިއަރ ފެށުނީ 2012 ވަނަ އަހަރު އެވެ. ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ގެ ސަރުކާރުގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ގެ މަގާމު މުޢިއްޒު އާ ހަވާލުކުރިއެވެ. އޭރު ޑރ. މުޢިއްޒު އަކީ އަދާލަތު ޕާޓީގެ މެންބަރެކެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު އުފެދުނު ރައީސް ޔާމިންގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ގެ ވަޒީރު ގެ މަގާމު އަދާކުރިއެވެ. އެއިރު ޑރ. މުޢިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް ޑީ އޭ) ގެ މެންބަރެއްގެ ގޮތުގައެވެ. އެމް ޑީ އޭ އަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) ގެ ކޯލިޝަން ބައިވެރިއެކެވެ.

މި 5 އަހަރުގެ ދައުރުގައި ޑރ. މުޢިއްޒުގެ ބެލުމުގެ ދަށުން ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ރަސްފަންނު ތަރައްގީ ކުރުމާއި، ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 2013 އިން 2018 އާ ހަމައަށް މިފަދަ ގިނަ މަސައްކަތް ތަކެއް ކުރެވުނުެވެ. އޭގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމާއި، ޕާކްތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި މާލޭގެ މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. ކުރިންސުރެ މާލޭގެ މަގުތައް ހަދަމުން އައީ ގާ އަތުރައިގެންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މާލޭގައި ތާރު އަޅައިގެން މަގުހެދީ ޑރ. މުޢިއްޒުގެ މިނިސްޓަރކަމުގެ ދައުރުގައެވެ. މީގެ އިތުރުން އެ ދައުރުގައި ހިންގުނު ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ސިނަމާލެ ފާލަން ގެ މަސައްކަތް ކުރިއަށް ދިޔައީ ޑރ. މުޢިއްޒުގެ ހާއްސަ ބެލުމުގެ ދަށުންނެވެ. މި ބްރިޖު ވަނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، ޑރ. މުޢިއްޒު އެމް ޑީ އޭ އިން ވަކިވެ ޕީޕީއެމް އާ ގުޅުނެވެ. އަދި 2019 ވަނަ އަހަރު އެ ޕާޓީގެ ނައިބު ރައީސް ގެ މަގާމަށް އިންތިހާބު ވެ، ޕާޓީގެ އިލެކްޝަން ޑިޕާޓްމަންޓް ބެލެހެއްޓިއެވެ.

2012 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލު އިންތިހާބުގައި މާލެސިޓީގެ މޭޔަރުކަމަށް ވާދަކޮށް، ބޮޑު އަގުލަބިއްޔަތަކާ އެކު ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިވީއިރު، ޕީޕީއެމްގެ ރައީސް ވަނީ ވައްކަމާއި ހިޔާނާތުގެ ކުށުގައި ޖަލުގައި ބަނދުކުރެވިފައެވެ. އަދި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓް ހަވާލުކުރި ނަމަވެސް އިންތިހާބުގައި ވާދަ ކުރެވޭނެ ފުރުސަތު ނެތުމުން، ޕީއެންސީގެ ކެންޑިޓޭޓަކަށް ޑރ. މުޢިއްޒު ނޮމިނޭޓް ކުރިއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސަތަ ވޯޓު ކާމިޔާބު ކުރިއެވެ. އަދި 30 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހް އާ ވާދަކޮށް 54.04 އިންސައްތަ ވޯޓް ހޯދައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރިއެވެ. ޑރ. މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރީ 17 ނޮވެމްބަރ 2023 ގައި ޖުމުހޫރީ މައިދާނުގައި ބޭއްވުނު ހުވާކުރުމުގެ ދަރުބާރުގައެވެ.

ޑރ. މުޢިއްޒު އަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ 8 ވަނަ ރާއިސް އެވެ. ރައީސުލް ޖުމުހޫރިއްޔާގެ ނައިބަކީ ޙުސައިން މުޙައްމަދު ލަތީފް އެވެ.