ފަންވަތް:Short description ފަންވަތް:Use British English

Ibrahim Mohamed Solih
އިބްރާހީމް މުޙައްމަދު ޞާލިޙް
ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސް
In office
17 November 2018 – 17 November 2023
ނައިބު ރައީސްފައިސަލް ނަސީމް
ކުރިން މަގާމްގައި ހުންނެވީޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް
Succeeded byމުހައްމަދު މުއިއްޒު
Member of Parliament for Hinnavaru constituency
In office
28 May 2009 – 16 November 2018
ކުރިން މަގާމްގައި ހުންނެވީConstituency created
Succeeded byJeehan Mahmood
Member of Parliament for Lhaviyani Atoll constituency
In office
1994 – 27 May 2009
Succeeded byConstituency abolished
Personal details
އުފަން ތާރީހް (1964-05-04) 4 މޭއި 1964 (59 އަހަރު )
Hinnavaru Island, Lhaviyani Atoll, Maldives
Political partyMaldivian Democratic Party (after 2003)
Spouse(s)Fazna Ahmed
Children2
ResidenceMulee'aage (official)
އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިހް (އިބޫ) އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.

ރައްޔިތުންގެ މަޖުލީހަށް އިބްރާހިމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަ އިންތިހާބުވީ 1994 ވަނަ އަހަރު، އުމުރުން 30 އަހަރުގައި، އޭނާގެ އުފަން އަތޮޅު ފާދިއްޕޮޅު މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ. 2003 އިން 2008 އަށް ކުރިއަށް ދިޔަ ސިޔާސީ އިސްލާހީ ހަރަކާތުގައި އޭނާ އިސް ދައުރެއް އަދާކުރި އިރު، އެކަމުގެ ސަބަބުން ރާއްޖޭގައި އާ ގާނޫނު އަސާސީއެއް ތަސްދީގުކޮށް، ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ހިމެނޭ ޑިމޮކްރަސީއެއް ގާއިމް ކުރެވުނެވެ. އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގައި ވެސް އިބޫ އިސް ދައުރެއް އަދާކުރިއެވެ. އިބޫ ވަނީ ދިގު މުއްދަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމަށް އިބްރާހިމް މުޙައްމަދު ޞާލިޙް އިންތިހާބު ކުރެވުނީ 2018 ވަނަ އަހަރު ސެޕްޓެމްބަރ 23 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި މޯލްޑިވިއަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓެޓްގައެވެ.

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

އިބްރާހިމް މުޙައްމަދު ޞާލިހް އުފަންވީ ފާދިއްޕޮޅު ހިންނަވަރުގައެވެ. އަދި ވަރަށް ހަގު އުމުރުގައި، ތައުލީމު ހާސިލް ކުރުމަށް ވެރިރަށް މާލެއަށް ހިޖުރަކުރިއެވެ. އޭނާ ސާނަވީ ތައުލީމު ހާސިލްކުރީ މަޖީދިއްޔާ ސްކޫލުންނެވެ. ސްކޫލު ދައުރުގައި ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދީ، ގިނަ ހަަރަކާތްތަކެއްގައި ބައިވެރިވިއެވެ. އޭގެ ސަބަބުން އޭނާ ވީ ގިނަ ބައެއްގ ެމެދުގައި މަގުބޫލު ދަރިވަރަކަށެވެ.

އިބޫ ކައިވެނި ކުރީ ފަޒްނާ އަޙްމަދު އާއެވެ. މި ކައިވެނިން 2 ކުދިން ލިބިފައި ވެއެވެ.

މަޝްހޫރު ޕޮލިޓީޝަން އަދި އިބޫގެ އަންހެނުންނާ ދެބެންގެ ދެދަރި މުޙައްމަދު ނަޝީދު އާ އިބޫ އަކީ ގާތް ރަހުމަތްތެރިންނެވެ. މަލްޓިޕާޓީ ޑިމޮކްރަސީ ގާއިމްކުރުމުގައި ސޯލިހާއި ނަޝީދުގެ ދައުރު ވަރަށް ބޮޑެވެ. ރިޔާސީ ދައުރުގެ ތިން އަހަރު ފަހުން ސޯލިހާއި ނަޝީދުގެ ގުޅުން ގޯސްވީ އެމީހުންގެ ޕާޓީގެ ތެރޭގައި އުފެދުނު ފިކުރީ މައްސަލަތަކުގެ ސަބަބުންނެވެ. އިބްރާހިމް މުހައްމަދު ސޯލިހު އަކީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ކުރެވެންދެން އެ ޕާޓީގެ އިސް ފަރާތެއްގެ އިތުރުން 2009 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ.

ސިޔާސީ ކެރިއަރ އުނިއިތުރު ގެންނަވާ

އިބޫ އަކީ 2011 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރެވެ. އަދި 2017 ވަނަ އަހަރުގެ މާޗް މަހު އިދިކޮޅު ކޯލިޝަން އުފެދުނު ފަހުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.

2018 ވަނަ އަހރުގެ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހޮވުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާތީ، އޭނާއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުމުންނެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި، ވާދަވެރި ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލް ޣައްޔޫމް ބަލިކުރީ %58.4 ވޯޓުން ކުރި ހޯދައިގެން ނެވެ. އެއީ 38،500 ވޯޓުގެ ތަފާތަކެވެ. މި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް، އިންތިހާބުގެ ނަތީޖާ އޮޅުވާލާނެ ކަމަށް ބޭރުގެ އޮބްޒާވަރުން ލަފާކުރި ނަމަވެސް، ނަތީޖާ އިއުލާނު ކުރުން ނިމުމަކާ ގާތްވެފައި ވަނިކޮށް، ބަލި ގަބޫލުކޮށް އިންތިހާބުގެ ނަތީޖާ ގަބޫލުކުރާކަން އިއުލާނުކުރިއެވެ.

ރައީސްކަމުގެ ދައުރު އުނިއިތުރު ގެންނަވާ

އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސުލް ޖުމުހޫރިއްޔާގެ ހުވާ ކުރީ، ރައީސް ޔާމިން ގެ 5 އަހަރުގެ ދައުރު ނިމުމުން، 17 ނޮވެމްބަރ 2018 ގައެވެ. ރައީސް އިބޫ އަކީ ދިވެހިރާއްޖޭގެ 7 ވަނަ ރައީސެވެ. އަދި ޑީމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރެވުނު 3 ވަނަ ރައީސް އެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމި، 2008 ވަނަ އަހަރު ފުރަތަމަފަހަރަށް ޑިމޮކްރެޓިކް ހަމަތަކުން އިންތިހާބު ކުރެވުނު ރައީސް އަކީ މުޙައްމަދު ނަޝީދު އެވެ.

ރައީސް އިބޫ އަކީ ރާއްޖޭގެ ރައީސުންގެ ތެރެއިން ވެރިރަށް މާލެ ނޫން ރަށަކަށް އުފަން ފުރަތަމަ ރައީސެވެ. ރައީސް ކަމަށް އިންތިހާބު ވީ އުމުރުން 54 އަހަރުގައެވެ.

އިބޫ ވެރިކަމާ ހަވާލުވުމަށް ފަހު، ކެބިނެޓުން ދީފައިވާ ލަފައާ އެއްގޮތަށް، އަލުން ކޮމަން ވެލްތް އޮފް ނޭޝަންސް ގައި ދިވެހިރާއްޖެ ބައިވެރިވާނެކަން 19 ނޮވެމްބަރު ގައި އިއުލާނުކުރިއެވެ. ދިވެހިރާއްޖެ އަކީ 1982 އިން 2016 އާ ހަމައަށް ކޮމަްވެލްތް މެންބަރު ގައުމެކެވެ.

ކުރީގެ ރައީސް ޔާމިން ގެ ވެރިކަމުގައި ޗައިނާ އާ ގާތް ގުޅުމެއް ބޭއްވުމުގެ ސަބަބުން އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް، ރައީށް އިބޫ ވަނީ އިންޑިޔާ އާ ގާތް ގުޅުމެއް ދަމަހައްޓާފައެވެ. އަދި ހާރިޖީ ދާއިރާގައި ކުރިންވެސް ދަމަހައްޓަމުން އައި "އިންޑީޔާ-ފަސްޓް" ސިޔާސަތު ހިފެހެއްޓިއެވެ.