މަރިޔަމް އަފީފާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް އަފީފާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ

ފައިލު:Niu22.jpg
ޢަފީފާ އަދި ނިއުމާ މިއަދު ކްރިސްޓަލް އެވޯޑާއެކު


  • ފުރިހަމަ ނަން: މަރިޔަމް އަފީފާ
  • އާންމުކޮށް ކިޔާ ނަން: އަފީ
  • ޢުމުރު: 24 އަހަރު
  • އުފަންދުވަސް: 29 ޖުލައި
  • އުފަން ރަށް: ޏ. ފުވައްމުލައް
  • ދާއިމީ އެޑްރެސް: އަލުވިމާގެ / ޏ. ފުވައްމުލައް


  • އިސްކޮޅު: 5 ފޫޓް 2 އިންޗި
  • ބަރުދަން: 45 ކިލޯ
  • ތަޢުލީމް ޙާޞިލްކުރީ: ޏ.އަތޮޅު ތަޢުލީމީ މަރުކަޒު / މާލޭ އިންގްލިޝް ސްކޫލް
  • ތަޢުލީމީ ފެންވަރު: ޖީސީއީ އޯލެވެލް
  • އެންމެ މޮޅު އެކްޓަރ: ޔޫއްޕެ، ސީޒަން، ޝާހުރުކްޚާން
  • އެންމެ މޮޅު އެކްޓްރެސް: ނިޢުމާ، ޝީލާ، ރާނީ
  • އެންމެ މޮޅު ޑައިރެކްޓަރު: ވަރަށް އުދަގޫ ބުނަން
  • އެންމެ އުފާވާނީ: ހާދަހާ ހިތްހެޔޮ ކުއްޖެކޭ ބުނެފިއްޔާ


  • އެންމެ ބޭނުންވާ ހަދިޔާއަކީ: މޯބައިލް ފޯނަކާއި، ސެންޓްފުޅި އެއް
  • ލިބިފައިވާ ކާމިޔާބު: މިއަދު ކްރިސްޓަލް އެވޯޑް 2007ގެ އެންމެ މޮޅު އާތަރި
  • އެންމެ ލޯބިވަނީ: މަންމައާއި ބައްޕަ ދެކެ
  • އެންމެ ދާހިތްވަނީ: އެމެރިކާއަށް

އަމިއްލަ ދިރިއުޅުން

އުނިއިތުރު ގެންނަވާ

މަރިޔަމް އަފީފާ އަކީ ޏ. ފުވައް މުލަކަށް އުފަން ފިލްމީ ތަރިއެކެވެ. ޒަވާޖީ ޙަޔާތެއް އަދި ފަށާފައެއް ނުވެއެވެ. މާލޭ އިންގްލިޝް ސުކޫލުން ތަޢުލީމް ޙާޞިލްކޮށްފައިވާ މަރިޔަމް އަފީފާ ނުވަތަ އަފީ އަކީ މިއަދު ގިނަބަޔެއްގެ ތަރުހީބު ހޯދާފައިވާ ކުޅަދާނަ ފިލްމީ ތަރިއެކެވެ. ޏ. ފުވައްމުލަކަށް އުފަން އަފީއަކީ ސުކޫލް ދައުރުގައި ވެސް މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރި ފަރާތެކެވެ. އެމް އީ އެސް އިން ކުރިން ބާއްވަމުން ދިޔަ ކްރެސެންޑޯ ޝޯ ތަކުގައި އަފީވަނީ ބައިވެރި ވެފައެވެ. މީގެ އިތުރުން އަފީއަކީ ސުކޫލްގައި އުޅުނުއިރު ލަވަ ކިޔުންތެރިއެކެވެ. އިންޓަރ ސުކޫލް ލަވަ މުބާރާތުގައި އެމްއީއެސްގެ ފަރާތުން ލަވަ މުބާރާތުގައި އަފީ ބައިވެރި ވެފައި ވެއެވެ. ނަމަވެސް ލަވަ މުބާރާތުގައި އަފީ ފާހަގަވެގެން ގޮސްފައެއް ނުވެއެވެ.

ފިލްމީ ދާއިރާ އަށް ނިކުތުން

އުނިއިތުރު ގެންނަވާ

މަރިޔަމް ޢަފީފާ ފިލްމީ ދާއިރާއަށް ނިކުތީ 2006 ވަނަ އަހަރު ފިލްމީ ތަރި ލުފުޝާން ޝަކީބް އާއި އެކުކުޅުނު ކީއްވެހޭ ކަލާ ކިޔާ ވީޑިއޯ ލަވަޔަކުންންވެ. އެއަށް ފަހު ތަފާތު ފިލްމް ޑުރާމާ ސިލްސިލާ ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. ސުކޫލް ދައުރު ނިންމާލުމަށްފަހު ދެން އަފީ ނިކުތީ އަމިއްލަ ތަނެއްގެ ވަޒީފާ އަށެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްކުރާ އަމިއްލަ އޮފީހެއްގައި އަފީ މަސައްކަތް ކުރިއެވެ. އެއަށްފަހު ދެން އޭނާ ނުކުތީ ފިލްމީ ދާއިރާއަށެވެ. އަފީ ބުނި ގޮތުގައި ފިލްމީ ދާއިރާއަށް ނިކުތުމުގައި އޭނާއަށް އެންމެ ފުރަތަމަ ފުރުޞަތު ހޯދައިދިނީ އޭނާގެ މިއުޒިކް ޓީޗަރެއް ކަމަށްވާ ރަޝީދު ސަރ އެވެ.

މަރިޔަމް އަފީފާ ފުރަތަމަ ކުޅުނީ ވީޑިޔޯ ލަވައެކެވެ. އެއަށްފަހު ފިލްމް ނުކުޅެން ޚިޔާލުކޮށްގެން އަހަރެއް ހާ ދުވަހު ހުރިއެވެ. ނަމަވެސް އަލުން ފިލްމީ ދާއިރާއަށް ނިކުތީ ސުނާމީ އާއި ގުޅިގެން އެހީހޯދަން ބޭއްވި ޝޯތަކުންނެވެ. އަފީ ފުރަތަމަ ފެންނަމުން ދިޔައީ ހަމައެކަނި ވީޑިޔޯ ލަވަތަކުން ކަމަށް ވިޔަސް މިހާރު ފިލްމާއި ޑްރާމާ ތަކުން ވެސް އަފީ ފެންނަމުން ދެއެވެ.

ކުޅެފައިވާ ފިލްމްތައް

އުނިއިތުރު ގެންނަވާ

އަފީ މިހާތަނަށް ކުޅެފައިވާ ބޮޑެތި ފިލްމް ތަކުގެ ތެރެއިން ރިލީޒް ވެފައިވަނީ އެންމެ ފިލްމެކެވެ. އެއީ ޑައިރެކްޓަރ އަބުދުލް ފައްތާހްގެ ކުންފުނި ރެޑްވޭވް ޕްރޮޑަކްޝައިން ޕްރޮޑިއުސް އަހުމަދު ނިމާލު ޑައިރެކްޓްކޮށްފައިވާ ވާލޯބި އެގޭނަމަ އެވެ. މިފިލްމް ވެފައިވަނީ އަފީގެ ހުނަރު ވަރަށް ފުރިހަމަޔަށް ދައްކުވައިދިން ފިލްމަކަށެވެ. މީގެ އިތުރުން އަފީވަނީ ކުރު ދެފިލްމެއް ކުޅެފައެވެ. އެއީ ޕްރޮޑިއުސަރ އަހުމަދު އަޝްރަފްގެ އިރު އޮއްސުމުން، އަދި ނުދާށޭ ދޫކޮށްފާ ލޯބިވާ ކިޔާ ކުރުފިލްމެކެވެ.

އަފީ ކުޅެފައިވާ މަޝްހޫރު ޑްރާމާ ތަކުގެ ތެރޭގައި ޑައިރެކްޓަރު ޢަބުދުލް ފައްތާހުގެ 4 ޑްރާމާ އެއް ހިމެނެއެވެ. އެއީ ކުރަމޭ ވަދާޢީ ސަލާމް، ހިނިތުން ވެލާށޭ ކަލާ، ވަމޭ ކައިރީގާ ކަލާ، އަދި އަހަރެންގެ ޅަ ޑެޑީ ހިމެނެއެވެ. މީގެ އިތުރުން މޫވީ ޕީޕަލް އިން ސަމާޢީލް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ސާރާ، އަދި އުމުރަށްއެކީ އުޅެން ބުނެފާ ފާހަގަ ކޮށްލެވެއެވެ. އަފީ ކުޅެފައިވާ އެހެން ޑްރާމާ ތަކުގެ ތެރޭގައި އިޚްތިޔާރު، އަދި މަންޒިލަކީ ތީޔޭ މަގޭ ހިމެނެއެވެ.


މަރިޔަމް ޢަފީފާ ކުޅެފައިވާ ފިލްމްތައް ތިރީގައި މިވަނީ އެވެ.

ފައިލު:Afee04.jpg
އަފީފާ ކުޅުނު ވާލޯބި އެގޭނަމައިގެ އިޝްތިހާރު

ކުޅެފައިވާ ފިލްމްތައް

އުނިއިތުރު ގެންނަވާ
  • ވާލޯބި އެގޭނަމަ - 2006
  • އިރު އޮއްސުމުން - 2007
  • ވިގަނި - 2007
  • ނުދާށޭ ދޫކޮށްފާ ލޯބިވާ - 2007
  • ޚަލާސް - 2008
  • ނޫނެކޭ ނުބުނާށޭ
  • އުމުރަށް ސަލާމް - 2008
  • ޕިންކް ފެއަރީ - 2009
  • ޖިންނި - 2010
  • ކުޑަ ފޫޅުގެ ވަސްވާސް - 2006
  • މިހިތް ކީއްކުރާނީ- 2010

ވީސްޓްރީމުން ހަދަން މަސައްކަތްކުރި ވަންހަނާގައި ވެސް އަފީފާ ހަރަކާތްތެރި ވިއެވެ. ނަމަވެސް މިފިލްމް ނިކުމެފައެއް ނުވެއެވެ.

ކުޅެފައިވާ ޓީވީ ޑްރާމާ، ސިލްސިލާތައް

އުނިއިތުރު ގެންނަވާ
  • ކުރަމޭ ވަދާޢީ ސަލާމް - 2005
  • ސާރާ - 2006
  • ހިނިތުން ވެލާށޭ ކަލާ- 2007
  • އުމުރަށްއެކީ އުޅެން ބުނެފާ - 2007
  • އިޚްތިޔާރު - 2006
  • ވަމޭ ކައިރީގައި ކަލާ - 2007
  • މަންޒިލަކީ ތީޔޭ މަގޭ - 2007
  • އަހަރެންގެ ޅަޑެޑީ - 2007

ލިބިފައިވާ އެވޯޑްތައް

އުނިއިތުރު ގެންނަވާ

ފިލްމީ ދާއިރާގައި މަރިޔަމް އަފީފާ އަށް ލިބުނު އެންމެ ޝަރަފްވެރި އެވޯޑަކީ މިއަދު ކްރިސްޓަލް އެވޯޑް 2007 ގައި އަަލަށް ތަޢާރަފްވި އެންމެ މޮޅު އަންހެންތަރީގެ އެވޯޑެވެ. މިއެވޯޑް ވެފައިވަނީ އަފީއަށް ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކަށެވެ.

  • އާމޫނު - ވާލޯބި އެގޭނަމަ - މިއަދު ކްރިސްޓަލް އެވޯޑް - 2007


މޮޅު ބަތަލާގެ މަގާމް ހޯދުމަށް ކުރާ އުއްމީދު

އުނިއިތުރު ގެންނަވާ

ޖީސީއީ އޯލެވެލް ފެންވަރަށް ތަޢުލީމް ޙާޞިކޮށްފައިވާ އަފީ ބުނާގޮތުން ފިލްމީ ދާއިރާގެ އެންމެ މޮޅު ބަތަލާ މަގާމް ހޯދަން ބޭނުންނަމަ އަފީ ވާދަކުރަންޖެހޭ ދެމީހަކު ވެއެވެ. އެއީ ނިޢުމާ އަދި ޝީލާ އެވެ. އަފީ ބުނާގޮތުގައި އެދެމީހުންނާއި ވާދަކޮށްގެން ފިލްމީ ދާއިރާގެ އެންމެ މޮޅު ބަތަލާގެ މަގާމް ހޯދުމަކީ އޭނާ ކުރާ އުއްމީދެކެވެ. ދެކޭ ހުވަފެނެކެވެ.

އިތުރު ފޮޓޯތައް

އުނިއިތުރު ގެންނަވާ

އަދިވެސް ބައްލަވާ ލައްވާ

އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް

އުނިއިތުރު ގެންނަވާ