ނާދިޔާ ޙަސަން ނުވަތަ ސިތޫ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ސިތޫގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

ނާދިޔާ ޙަސަން ނުވަތަ ސިތޫ

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ސިތޫ ވަނީ ޒަވާޖީ ޙަޔާތެއް ފަށާފައެވެ. އަދި ސިތޫ އަށް ދަރިޔަކު ވެސް ވަނީ ލިބިފައެވެ. ސިތޫ އަކީ އަމީނިއްޔާ ސުކޫލް ގްރޭޑް 10 ނިންމުމަށްފަހު ފިލްމީ ދާއިރާ އަށް ނިކުތް ހުނަރުވެރި ފަންނާނެކެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ސިތޫ ފިލްމީ ދާއިރާއަށް ނިކުތީ ވީޑިއޯ ލަވަޔަކުންނެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

ސިތޫ ކުޅުނު ފުރަތަމަ ފީޗަރ ފިލްމަކީ ދެކެދެކެ ވެސް ޕްރޮޑަކްޝަންގެ ފަރާތުން އުފެއްދި އެދަތުރު އެވެ. އޭގެ ފަހުން ބައެއް ފިލްމްތަކާއި ޑްރާމާ ތަކުން ސިތޫ ފެނިފައިވެއެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

  • އެދަތުރު
  • ހިތް ރޮއްވާނުލާ - 2009
  • ފަރިހިބެ
  • ސީދިބޭ - 2009
  • ކަރުނަވީ ބޭވަފާ - 2009
  • ޚަލާޞް - 2008
  • ހިތޭދޭނީ ފުރޭލޯބިން - 2010
  • ކަފުން -2009
  • ޕިންކް ފެއަރީ -2009
  • ބަނޑިއެދުރު
  • ދެކެދެކެވެސް -1
  • ދެކެދެކެވެސް -2
  • ދެކެދެކެވެސް -5 - 2009

ކުޅެފައިވާ ޑްރާމާ ސިލްސިލާތައް އުނިއިތުރު ގެންނަވާ

  • ކުށަކާނުލާ
  • ތިޔަ ލޯބީގައި

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ