އާމިނަތު އަމީލާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް އަމީލާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

އާމިނަތު އަމީލާ

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

އަމީލާ އަކީ މަޖާ މިޒާޖެއްގެ ރައްޓަހިންނާ ގުޅޭ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

އާމިނަތު އަމީލާ ބެލުންތެރިންނަށް ފުރަތަމަ ފެނިގެން ގޮސްފައިވަނީ ސީޒަނަލް މޫވީޒް އިން އުފެއްދި ކިސް ޖަޒުބާތު މިކުރު ފިލްމް އިންނެވެ. މިފިލްމްގައި އަމީލާ އާއެކު ހަރަކާތްތެރިވަނީ ފިލްމީ ތަރި ޢަލީ ސީޒަން އެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

ބޮޑު އެއްވެސް ފީޗަރ ފިލްމަކުން އަދި އާމިނަތު އަމީލާ އަކަށް ޖާގަ ލިބިފައެއް ނުވެއެވެ. ކުރިން ބުނި ކިސް ޖަޒްބާތު ގެ އިތުރުން އެހެން ކުރު ފިލްމެއް ވެސް ކުޅެފައި ވެއެވެ. އެއީ ދެކެދެކެ ޕްރޮޑަކްޝަން އިން އުފެއްދި ހިތް އެކަނިވީމާ އެވެ. ނަމަވެސް ބައެއް ޑްރާމާ ސިލްސިލާ ތަކުގައި އަމީލާގެ ހުނަރު ފެނިގެން ގޮސްފައި ވެއެވެ. އެގޮތުން ކުޅެފައިވާ ބައެއް ޑްރާމާ ސިލްސިލާތައް ތިރީގައި މިވަނީ އެވެ.

ކުޅުނު ފިލްމްތައް އުނިއިތުރު ގެންނަވާ

  • ކިސް-ޖަޒުބާތު
  • ހިތް އެކަނިވީމާ
  • ދަގެސްޓް ހައުސް ރޫމް ނަމްބަރ 201
  • ޔޫސުފް
  • ހިތޭދޭނީ ފުރޭ ލޯބިން - 2010
  • މާފެއްނެތް - 2010

ކުޅުނު ޑްރާމާ ސިލްސިލާތައް އުނިއިތުރު ގެންނަވާ

  • ވަމޭ ކައިރީގައި ކަލާ - 2007
  • ކަލާދެކެ ވަރަށް ލޯބިވޭ - 2007
  • ޖަސްޓް ފްރެންޑްސް - 2008
  • ވަކިނުވާން ބުނެފާ ވައުދެއް ނުވަންހޭ - 2009
  • ކުށަކާނުލާ
  • އަސަރުގާ - 2009

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ